ކ. މާލެ
|
24 ސެޕްޓެންބަރ 2019 | އަންގާރަ 19:01
ސައިފް އާއި ސޮނާކްޝީ
ސައިފް އާއި ސޮނާކްޝީ
އިންޑިޔާ ޓުޑޭ
ލާލް ކަޕްތާން
ލާލް ކަޕްތާންގައި ސޮނާކްޝީގެ ހާއްސަ ފެނިލުމެއް
ފިލްމު ޓްރެއިލާ ވަނީ އާއްމުކޮށްފައި

ސައިފްގެ ފިލްމު ''ލާލް ކަަޕްތާން'' ގައި ސޮނަކްޝީ ސިންހްގެ ހާއްސަ ފެނިލުމެއް ފެނިގެންދާނެ ކަމަށް ރިޕޯޓްތައް ބުނެފިއެވެ.

އާނަންދު އެލްރާއިގެ ޔެލޯ ޕްރޮޑަކްޝަނުން އުފައްދާ އެ ފިލްމުގެ ޓްރެއިލާރ އާއްމުކޮށްފައިވާއިރު، ކުރިން އެ ފިލްމު ނެރެން ހަމަޖެހިފައިވަނީ އޮކްޓޫބަރު މަހުގެ 11 ވަަނަ ދުވަހުއެވެ.

ފިލްމު ބިނާކޮށްފައިވަނީ ދެބެއިންގެ ތޭރެގައި ހިނގާ ކަންތައްތަކެއްގެ މައްޗަށެެވެ. އެގޮތުން ސޮނާކްޝީގެ އެ ފިލްމުގައި އަދާކުރާނީ ސައިފް ކުޅެފައިވާ ރޯލް ''ނަގާ ސަންދޫ'' އަށް ބަަދަލު ހިފުމަށް އެހީތެރިވާ މީހެެއްގެ ރޯލުންނެވެ.

ފިލްމުގެ އާ ޕޯސްޓަރު ގައި ސައިފް ފެނިގެންދަނީ އިސްތަަށިގަނޑު ދިގުކޮށް ތުނބުޅިލާފައި ހުންނަ ހިންދޫ ދީނުގެ ފާދިރީއާ ވައްތަރު ޖަހާ މީހެއްގެ ގޮތުގައެވެ.

ފިލްމު ޑައިރެކްޓް ކޮށްފައިވަނީ ''އެންއެޗް 10'' ވެސް ޑައިރެކްޓް ކޮށްފައިވާ ނަވްދީޕް ސިންހް އެވެ. ދީޕަކް ދޮބްރިޔާލް، ޒޯޔާ ހަސަން އަދި މަނާވް ވިޖް އެ ފިލްމުގެ ކާސްޓުންގެ ތެރޭގައި ހިމެނެއެވެ.

- ކޮމެންޓް