ކ. މާލެ
|
24 ސެޕްޓެންބަރ 2019 | އަންގާރަ 18:56
2017 ވަނަ އަހަރު އެންމެ ގިނަ އެވޯޑް ހޯދީ ޑާކްރެއިން އެންޓަޓައިންމެންޓުން
2017 ވަނަ އަހަރު އެންމެ ގިނަ އެވޯޑް ހޯދީ ޑާކްރެއިން އެންޓަޓައިންމެންޓުން
ރާއްޖެއެމްވީ
ދިވެހި ފިލްމު
ދިވެހި ފިލްމު އެވޯޑް މި އަހަރު ބާއްވަނީ
އަންދާސީ ހިސާބު ހުށައެޅޭނީ އޮކްޓޫބަރު މަހުގެ ތިންވަނަ ދުވަހު

މިދިޔަ އަހަރު ބާއްވަން މަސައްކަތްކުރުމަށްފަހު، ކެންސަލްކުރި ނުވަ ވަނަ ދިވެހި ފިލްމު އެވޯޑް މި އަހަރު ބާއްވަން ހަމަޖައްސައިފިއެވެ.

ނޭޝަަލް ސެންޓަރ ފޯ ދި އާޓްސް (އެންސީއޭ) އިން ކޮންމެ އަހަރަކުން ދެމުން އަންނަ ދިވެހި ފިލްމު އެވޯޑަކީ ދިވެހި ފިލްމީ އުފެއްދުންތަކާއި، ފިލްމީ ދާއިރާގައި މަސައްކަތްކުރާ ފަރާތްތަކަށް ހިތްވަރުދީ މަސައްކަތްތައް އަގުވަޒަންކުރުމުގެ ގޮތުން ގައުމީ ފެންވަރުގައި ދެމުން އަންނަ އެވޯޑެކެވެ. އެގޮތުން މި އަހަރު ބާއްވާ ނުވަވަނަ ފިލްމު އެވޯޑަށް ޓްރޮފީ ހަދާދޭނެ ފަރާތެއް ހޯދަން އެންސީއޭ އިން ވަނީ އިއުލާން ކޮށްފައެވެ.

އެންސީއޭއީން ކޮށްފައިވާ އިއުލާނެއްގައި ބުނީ، އެވޯޑާއި ބެހޭ ގޮތުން މައުލޫމާތު ސާފުކުރަން ބުރާސްފަތި ދުވަހު ހުޅުވާލާނެ ކަމަށާއި، އަންދާސީ ހިސާބު އޮކްޓޫބަރު މަހުގެ ތިން ވަނަ ދުވަހު އެންސީއޭއަށް ހުށައެޅޭނެ ކަމަށެވެ.

2017 ވަނަ އަހަރު ބޭއްވި ފިލްމުއެވޯޑު ތަކުގެ ތެރެއިން އެންމެ ގިނަ އެވޯޑް ލިބިފައިވަނީ ޑާކް ރެއިން އެންޓަޓެއިންމަންޓްއަށެވެ. އެ ޕްރޮޑަކްޝަނަށް 22 އެވޯޑެއް ލިބިފައިވާއިރު އެންމެ މޮޅު ފިލްމަކަށް ހޮވިފައިވަނީ ޑާކްރެއިންގެ "ފިލްމު ވަށޭ މަށާ އެކީ" އެވެ.

2017 ވަނަ އަހަރު ނިކުތް ދިވެހި ފިލްމު ތަކުގެ ތެރޭގައި ހައްދު، ބޮސް، ނޯޓީ40، މިއީ ލޯތްބަކީ، ނޭދެން ވަކިވާކަށް، މަލިކާ، އިލް ނޮއިސް ހިމެނެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 ދުވަަސް ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
- ކޮމެންޓް