ކ. މާލެ
|
24 ސެޕްޓެންބަރ 2019 | އަންގާރަ 00:13
ކްލައިމެޓް އެކްޝަން ސަމިޓްގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް ބައިވެރިވެވަޑާއިގެން
ކްލައިމެޓް އެކްޝަން ސަމިޓްގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް ބައިވެރިވެވަޑާއިގެން
ރައީސް އޮފީސް
ކްލައިމެޓް އެކްޝަން ޝަމިޓް
މޫސުމަށް ކުރާ އަސަރުތައް ކުޑަކުރުމަށް އެންމެ ރަނގަޅު ޕްލޭނަކީ ރާއްޖޭގެ މޮޑެލް: ރައީސް ސޯލިހް
 
މިފަދަ މޮޑެލެއް ހިޔާރު ކުރުމުގެ މަގްސަދަކީ ގުދުރަތީ ވެށްޓާއި ގުޅި ލާމެހިފައިވާ ދެމެހެއްޓެނިވި މުޖުތަމައެއް ބިނާކުރުން
 
މޮޑަލް ބިނާކޮށްފައި ވަނީ ކުދި ޖަޒީރާ ގައުމުތަކަށް ވެސް މޫސުމަށް އަންނަމުންދާ ބަދަލުތަކާއި ކުރިމަތިލުމުގެ ކުޅަދާނަކަންދޭ ގޮތަށް
 
ރާއްޖެއިން މިހާރު އަމަލު ކުރަމުން ގެންދަނީ "ކްލައިމެޓް ސްމާޓް ރެޒިލިއަންޓް އައިލެންޑް އިނިޝިއޭޓިވް" މޮޑެލް އަށް

މޫސުމަށް ކުރަމުން އަންނަ ނޭދެވޭ އަސަރުތައް ކުޑަކުރުމަށް އެންމެ ރަނގަޅު ޕްލޭނަކީ ދިވެހި ރާއްޖޭގެ "ކްލައިމެޓް ސްމާޓް ރެޒިލިއަންޓް އައިލެންޑް އިނިޝިއޭޓިވް" މޮޑެލް ކަމަށް ރައީސުލްޖޫމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެއެވެ.

އެމެރިކާގެ ނިއުޔޯކްގައި ކުރިޔަށްދާ 74 ވަނަ އދ.ގެ އާންމު މަޖިލީހުގެ ހަވާސާގައި އދ.ގެ ސެކްރެޓަރީ ޖެނެރަލް، އެންޓޯނިއޯ ގުޓާރޭޒް ކުރިއަށް ގެންދެވި ކްލައިމެޓް އެކްޝަން ސަމިޓްގައި ވާހަކަފުޅުދައްކަވަމުން، ރައީސް ސޯލިހް ވިދާޅުވީ، ރާއްޖެއިން އަމަލުކުރާ "ކްލައިމެޓް ސްމާޓް ރެޒިލިއަންޓް އައިލެންޑް އިނިޝިއޭޓިވް" މޮޑެލަކީ ތަރައްގީވަމުން އަންނަ ކުދި ޖަޒީރާ ގައުމުތަކަށް ވެސް މޫސުމަށް އަންނަމުންދާ ބަދަލުތަކާއި ކުރިމަތިލުމުގެ ކުޅަދާނަކަންދޭ ވަށާޖެހޭ ފިޔަވަޅުތަކެއްގެ މައްޗަށް ބިނާވެފައިވާ މޮޑެލެއް ކަމުގައެވެ. އަދި މިފަދަ މޮޑެލެއް ހިޔާރުކުރުމުގެ މަގްސަދަކީ ގުދުރަތީ ވެށްޓާއި ގުޅި ލާމެހިފައިވާ ދެމެހެއްޓެނިވި މުޖުތަމައެއް ބިނާކުރުން ކަމުގައި ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ، މި މޮޑެލަކީ ހިމާޔަތްކޮށްފައިވާ ސަރަހައްދުތަކެއް ކަނޑައެޅުމާއި، އެއްފަހަރު ބޭނުންކޮށްފައިވާ އުކާލެވޭ ޕްލާސްޓިކުގެ ބޭނުންކުރުން ހުއްޓާލުމާއި، އައު އީޖާދުތަކުގެ އެހީހޯދުމާއި، އެއް ރަށާއި އަނެއް ރަށާ ދަތުރުފަތުރުން ގުޅުވާލުމާއި، ކާބޯތަކެތީގެ ރައްކާތެރިކަން ކަށަވަރު ކުރުމާއި، ތިމާވެއްޓާ ރަހުމަތްތެރި ފަތުރުވެރިކަން ކުރިއެރުވުމާއި، މޫސުމަށް އަންނަ ބަދަލުތަކުގެ ގެއްލުންތައް ކުޑަވާނެގޮތަކަށް އުމުރާނީ ތަރައްގީ ގެނައުމާއި، އިޔާދަކުރަނިވި ހަކަތައިގެ ބޭނުން ހިފުމާއި، ދެމެހެއްޓެނިވި ގޮތެއްގައި ކުނި މެނޭޖްކުރުމުގެ ނިޒާމާއި އަދި މިފަދަ އިތުރު ކަންކަމުގެ މައްޗަށް ބިނާކޮށް ހަދާފައިވަ މޮޑަލެއް ކަމުގައެވެ.

"ކްލައިމެޓް ސްމާޓް ރެޒިލިއަންޓް އައިލެންޑް އިނިޝިއޭޓިވް" މޮޑެލްގެ ބޭނުން ތަރައްގީވަމުން އަންނަ ކުދި ޖަޒީރާ ގައުމުތަކުންވެސް ހިފައި އިގްތިސާދު ބިނާކޮށް މޫސުމަށް އަންނަމުންދާ ބަދަލުތަކުގެ ނުރައްކާތެރިކަން ކުޑަ ކުރުމަށް ހަރުދަނާ ފިޔަވަޅުތައް އެޅިދާނެކަމަށް ރައީސް ސޯލިހް ވަނީ ވިދާޅުވެފައެވެ. އަދި ކުދި މޫސުމަށް އަންނަ ނޭދެވޭ ބަދަލުތަކުން ސަލާމަތް ވުމަށް ރާއްޖެ ފަދަ ކުދި ގައުމުތަކުން ކުރަމުން އަންނަ މަސައްކަތްތައް ކާމިޔާބު ކުރުމަށް ތަރައްގީވެފައިވާ ބޮޑެތި ގައުމު ތަކުގެ އެހީ ބޭނުންވާނެ ކަމަށް ރައީސް ވަނީ އެމަނިކުފާނުގެ ވާހަކަފުޅުގައި ފާހަގަ ކުރައްވާފައެވެ.

ކްލައިމެޓް އެކްޝަން ސަމިޓަކީ ޕެރިސް އެގްރީމެންޓުގެ ދަށުން މޫސުމަށް އަންނަ ބަދަލުތަކާގުޅޭ ކަންކަން ހަރުދަނާގޮތެއްގައި ތަންފީޒުކުރެވިގެންދާނެ ގޮތްތައް ހޯދުމާއި ދެމެހެއްޓެނިވި ތަރައްގީގެ އަމާޒަށް ވާސިލުވުމަށް ގައުމުތައް ގުޅިގެން ކުރަންހުރި ކަންކަން ދެނެގަތުމަށް ބޭއްވެވި ސަމިޓެކެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
0%
67%
0%
0%
33%
0%
ކޮމެންޓް
24 ސެޕްޓެންބަރ 2019 | އަންގާރަ 10:01
ކަނބުލޮ
މޫދަށާއި ދިމާވި ކޮންމެ ތަނަކަށް ޕްލާސްޓިކް އަޅާ ބައެއް ދިވެހީންނަކީ