ކ. މާލެ
|
24 ސެޕްޓެންބަރ 2019 | އަންގާރަ 08:57
އަކްޝޭ ވަނީ މީގެ ކުރިންވެސް ބީ ޕްރާކްއާ އެކު މަސައްކަތް ކޮށްފައި
އަކްޝޭ ވަނީ މީގެ ކުރިންވެސް ބީ ޕްރާކްއާ އެކު މަސައްކަތް ކޮށްފައި
ފޭސްބުކް
ފިލްހާލް
އަކްޝޭގެ ''ފިލްހާލް'' ވީޑިއޯ ލަވައިގެ ޝޫޓިން ބީ ޕްރާކްއާ އެކު
ފިލްހާލް ގައި އަކްޝޭއާއި އެކު ހަރަކާތްތެރިވާނީ ނުޕުރް ސެނަން ފެނިގެންދާނެ
ލަވަ ކިޔާފައިވަނީ ބީ ޕްރާކް
އަކްޝޭ އާއި ބީ ޕްރާކް ވަނީ މީގެ ކުރިން ކޭސަރީ ފިލްމުގައި މަސައްކަތް ކޮށްފައި

އަކްޝޭ ކުމާރް އާއި ޕަންޖާބީ ލަވަކިޔުންތެރިޔާ ބީ ޕްރާކްއާ އެކު މަސައްކަތް ކުރާ ލަވަ ''ފިލްހާލް''ގެ މިއުޒިކް ވީޑިއޯގެ ޝޫޓިން ފަށަިއފިއެވެ.

އަކްޝޭގެ މިއުޒިކް ލަވައިގެ ޝޫޓިން ފަށާފައިވަނީ އެކްޓްރެސް ކްރިތީ ސަނޯންގެ ކޮއްކޮ ނުޕުރް ސަނޯންއާ އެކު އާދިއްތަ ދުވަހު މުމްބާއިގެ ސެއިންޓް ޒަވިއެރް ކޮލެޖުގައެވެ.

އެލަވާގައި ޕަންޖާބީ އެކްޓަރު އެމީ ވިކްއެވެ. ފިލްމުގެ މަންޒަރުތައް ކޮލެޖްގައި ނެގުމަށް އަކްޝޭ، ނުޕުރް އަދި ބީ ޕްރާކްގެ އިތުރުން އެމީ ވިކް ހަރަކާތްތެރިވާ ސެޓްގެ ފޮޓޯތަކެއް ވަނީ އާއްމުކޮށްފައެވެ. މިއީ އަކްޝޭގެ ކޭސަރީ ފިލްމަށް ފަހު ބީ ޕްރާކްއާ އެކު މަސައްކަތް ކުރާ ދެވަނަ ފަހަރެވެ. އެ ފިލްމުގެ ''ތޭރީ މިއްޓީ'' ލަވަ ކިޔާދީފައިވަނީ ބީ ޕްރާކްއެވެ.

ޕްރަތީކް ބައްޗަން ނުވަތަ އާއްމު ނަމުންނަމަ ބީ ޕްރާކް އަކީ ޕަންޖާބު ފިލްމު އިންޑަސްޓްރީގައި ލަވަ ކިޔުމުގެ އިތުރުން މިއުޒިކް ޑައިރެކްޓް ކުރުމާއި، މިއުޒިކް ކޮމްޕޯޒްވެސް ކުރާ ފަންނާނެކެވެ. 2018 ވަނަ ބީ ޕްރާކް ކިޔާފައިވާ ލަވަ ''މަންބަރްޔާ'' އަކީ ބެލުންތެރިންގެ ތެރޭގައި ވަރަށް މަޝްހޫރު ލަވައެކެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 ދުވަަސް ކުރިން
ރިވިއު ކުރީ: އަމަން ހަލީމް
- ކޮމެންޓް