ކ. މާލެ
|
23 ސެޕްޓެންބަރ 2019 | ހޯމަ 19:13
ޓެލެތޯނުން ރާއްޖެޓީވީން އެއްކުރި ފައިސާ ރެޑްކްރެސެންޓާއި ހަވާލުކުރުން
ޓެލެތޯނުން ރާއްޖެޓީވީން އެއްކުރި ފައިސާ ރެޑްކްރެސެންޓާއި ހަވާލުކުރުން
ކެމިކަލް ގުދަނުގެ ބޮޑު އަލިފާން
ރާއްޖެޓީވީ ޓެލެތޯންއިން އެއްކުރެވުނު ފައިސާ ރެޑްކްރެސެންޓާއި ހަވާލުކޮށްފި
 
ރެޑްކްރެސެންޓުން ވަނީ މި ފައިސާ އިހްލާސްތެރިކަމާއެކު ރައްދުކޮށްދެއްވާނެ ކަމުގެ ޔަގީންކަން އަރުވާފަ
 
ރެޑްކްރެސެންޓާއި ފައިސާ ހަވާލުކޮށްދެއްވީ ރާއްޖެޓީވީގެ މެނޭޖިންގ ޑިރެކްޓަރ ސަލީމް އާއި ޗެއަރމަން އަކްރަމް

ހުކުރު ދުވަހުގެރޭ ކެމިކަލް ގުދަނެއްގައި ރޯވެ ހިނގި އަލިފާނުގެ ހާދިސާގައި ގެއްލުން ލިބުނު އާއިލާތަކަށް އެހީވުމުގެ ގޮތުން ރާއްޖެޓީވީއިން ކުރިއަށްގެންދިޔަ ހާއްސަ ޓެލެތޯނުގައި އެއްކުރެވުނު ފައިސާ ދިވެހި ރެޑްކެރެސެންޓާއި ހަވާލުކޮށްފިއެވެ.

ހޯމަ ދުވަހުގެ ހަވީރު ރާއްޖެޓީވީގައި ބޭއްވުނު ހާއްސަ ހަފްލާއެއްގައި ރެޑްކްރެސެންޓްގެ ސެކްރެޓަރީ ޖެނެރަލް އައިޝަތް ނުރާ މުހަހްމަދުއާއި ފައިސާ ހަވާލު ކޮށްދެއްވީ ރާއްޖެޓީވީގެ މެނޭޖިންގ ޑިރެކްޓަރ (އެމްޑީ) އަހްމަދު ސަލީމް އާއި ޗެއަރމަން އަކްރަމް ކަމާލުއްދީންއެވެ.

ފައިސާ ހަވާލު ކޮށްދެއްވާ ވާހަކަދައްކަވަމުން ސަލީމް ވިދާޅުވީ ރާއްޖެޓީވީން އަދާކުރީ މެދުވެރިއެއްގެ ރޯލު ކަމަށާއި ފަންޑަށް ފައިސާ ހަދިޔާކޮށް ޓެލެތޯންގައި ބައިވެރިވި ހުރިހާ ބޭފުޅުންނަށް ވަރަށް ބޮޑަށް ޝުކުރު ދައްނަވާކަމަށެވެ. އަދި އަލިފާނުގެ މިފަދަ ހާދިސާއަކުން ލިބިގެންދާ ގެއްލުން ރާއްޖެޓީވީއަށް އިހްސާސް ކުރެވޭ ކަމަށާއި މި ޓެލެތޯންއަކީ މިފަދަ ކަމެއް ހިގައިގެން ދާއިރު ރާއްޖެޓީވީއަށް ވެވުނު ވަރަކުން އެހީވުމުގެ ގޮތުން ކުރިއަށް ގެންދެވުނު ޓެލެތޯންއެއް ކަމަށް ސަލީމް ވިދާޅުވިއެވެ.

މިކަހަލަ ކަމެއް އަޅުގަނޑުމެންގެ ލޯމަތީ ހިނގައި ދާއިރުގަ، އަޅުގަނޑުމެންގެ މުއައްޒަފުން ނިންމީ އަޅުގަނޑުމެންނަށް ކުރެވުނު ކޮންމެ މަސައްކަތެއް މިކަމުގަ ކުރަން. 24 ގަނޑިއިރު ވަންދެން ކުރިއަށް ގެންދިޔަ މި ޓެލެތޯން ވަރަށް ގިނަ އާންމު ރައްޔިތުން ވަޑައިގެން އެކި ވަރު ވަރުން އެހީތެރިކަން ފޯރުކޮށްދެއްވި، އެކަން އަޅުގަނޑުމެން ވަރަށް ޝުކުރުވެރިކަމާއެކު ބަލައިގަންނަން. އަޅުގަނޑުމެން ހަމައެކަނި މެދުވެރިއެއްގެ ރޯލު މި އަދާކުރީ،
ރާއްޖެޓީވީގެ މެނޭޖިންގ ޑިރެކްޓަރ އަހްމަދު ސަލީމް

ސަލީމް އިތުރަށް ވިދާޅުވީ މިއީ ކުޑަ ކުޑަ އެހީއެއް ކަމަށާއި އެހެންނަމަވެސް މިކަމުގަ ރާއްޖެޓީވީގެ ހިތް އޮތްގޮތް މިކަމުން ދައްކައިދޭކަމުގައެވެ. އަދި އެދުމަކީ މި ފައިދާ އޭގެ އެންމެ ހައްގުވެރި ފަރާތްތަކަށް ރެޑްކްރެސެންޓް މެދުވެރިކޮށް އަވަސް މުސްތަގްބަލެއްގައި ފޯރުކޮށްދެއްވުން ކަމަށް ވިދާޅުވިއެވެ.

ކުޑަ ކުޑަ އެހީއެއް. އެހެން ނަމަވެސް ރަމްޒީގޮތުން އަޅުގަނޑުމެންގެ ހިތް މިކަމުގަ އޮތްގޮތް ހާމަކޮށްދެން ބޭނުންވީ.
ރާއްޖެޓީވީގެ މެނޭޖިންގ ޑިރެކްޓަރ އަހްމަދު ސަލީމް

ފައިސާއާއި ހަވާލުވުމަށްފަހު ވާހަކަދައްކަވަމުން ރެޑްކްރެސެންޓްގެ ސެކްރެޓަރީ ޖެނެރަލް ނޫރާ ވިދާޅުވީ، ހުކުރު ދުވަހުގެ މި އަލިފާނުގެ ހާދިސާއަކީ ބިރުވެރި ހާދިސާއެއް ކަމަށާއި އެ ވަގުތު ދިވެހި ރައްޔިތުން ދެއްކެވި ލާމިސާލު ނަމޫނާއަށް ޝުކުރު ދައްނަވާކަމުގައެވެ. އަދި ރާއްޖެޓީވީއިން އިސްނަގައިގެން ކުރެއްވި މި މަސައްކަތަށް ވެސް ނޫރާ ވަނީ ޝުކުރު އަދާކުރައްވާފައެވެ.

ނޫރާ ވިދާޅުވީ، މިފަދަ ކޮންމެ ދަޑިވަޅެއްގައި ވެސް ރެޑްކްރެސެންޓުން މަސައްކަތް ކުރަނީ ހާލުގައި ޖެހިފައިވާ ފަރާތްތަކަށް އިންސާނިއްޔަތު ކަމުގެ އެހީ ފޯރުކޮށްދެއްވުން ކަމަށާއި ހުކުރު ދުވަހުގެ ރޭވެސް މަސައްކަތް ކުރީ ހަމަ އެގޮތުގައި ކަމަށެވެ. ރެޑްކްރެސެންޓުން މަސައްކަތް ކުރަނީ ސަރުކާރުގެ ފަސްޓް ރެސްޕޮންޑާރސް އާއިއެކު އެއްވެސް ފަރާތަކުން ކުރާ މަސައްކަތް ޑުޕްލިކޭޓް ނުވެ ބުރުނާރާގޮތަށް ކަމުގައި ނޫރާ ވިދާޅުވިއެވެ. އަދި ހަވާލުކުރެވުނު ފައިސާ ވީހާވެސް ދެފުއްފެންނަ ގޮތަކަށް އިހްލާސްތެރިކަމާއެކު ފައިސާ ބޭނުންކޮށް ރިޕޯޓް ކުރާނެ ކަމުގެ ޔަގީންކަން ނޫރާ ދެއްވި އެވެ.

އަޅުގަނޑުމެން ވީހާވެސް ޓަރާންސްޕޭރެންޓްކޮށް ވީހާވެސް ދެފުއްފެންނަ ގޮތަކަށް އިހްލާސްތެރިކަމާއެކު މިފައިސާ ބޭނުންކޮށް ރިޕޯޓް ކޮށް މިކަމުގަ އެފެކްޓްވި ފަރާތތްތަކަށް އެހީތެރިކަން ފޯރުކޮސްދެއްވާނަން.
ރެޑްކްރެސެންޓްގެ ސެކްރެޓަރީ ޖެނެރަލް އައިޝަތް ނޫރާ މުހައްމަދު

ހޮނިހިރ ދުވަހުގެރޭ 21:00 އިން ފެށިގެން އާދިއްތަ ދުވަހުގެރޭ 00:00 އަށް ކުރިއަށް ޓެލެތޯންއިން ދެ ލައްކައަށް ވުރެ ގިނަ ރުފިޔާ ވަނީ ލިބިފަ އެވެ. މި ޓެލެތޯންގެ ޒަރިއްޔާއިން ރާއްޖެޓީވީން ވަނީ ހާދިސާގައި ގެއްލުން ލިބުނު ފަރާތްތަކުގެ އިންޓަވިއުތަކާއި ހާދިސާއާއި ގުޅިގެން ކުރިމަތިވި ކަންތައްތަކުގެ އެންމެ ފަހުގެ މައުލޫމާތު ރައްޔިތުންނާއި ހަމައަށް ފޯރުކޮށްދީފައެވެ.

މި ޓެލެތޯން ކުރިއަށް ގެންދިއުމަށް ރާއްޖެޓީވީގެ އެންމެ އިސް ފަރާތްތަކުން ފެށިގެން ހުރިހާ މުއައްޒަފުން ވެސް ވަނީ ބައިވެރިވެފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
5%
91%
0%
0%
0%
4%
ކޮމެންޓް