ކ. މާލެ
|
23 ސެޕްޓެންބަރ 2019 | ހޯމަ 13:00
މިނިސްޓަރ އޮފް އާރޓްސް ކަލްޗަރ އެންޑް ހެރިޓޭޖް
މިނިސްޓަރ އޮފް އާރޓްސް ކަލްޗަރ އެންޑް ހެރިޓޭޖް
ވަން އޮންލައިން
ޑިޕާޓްމަންޓް އޮފް ހެރިޓޭޖް
ޑިޕާޓްމަންޓް އޮފް ހެރިޓޭޖްގެ ނަން ސަގާފީ ތަރިކަ ރައްކާތެރިކުރާ ޤައުމީ މަރުކަޒުގެ ނަމަށް ބަދަލުކޮށްފި
 
ސިޓީގައި ޖައްސަވާނީ މިހާރުވެސް ބޭނުންކުރާ ނަންބަރު ކަމުގައިވާ 222
 
ބަދަލު ގެންނެވީ މިހިނގާ ސެޕްޓެންބަރު މަހުގެ 12 ވަނަ ދުވަހު

ޑިޕާރޓްމަންޓް އޮފް ހެރިޓޭޖްގެ ނަން "ސަގާފީ ތަރިކަ ރައްކާތެރިކުރާ ޤައުމީ މަރުކަޒު" ގެ ނަމަށް ބަދަލުކޮށްފިއެވެ.

އާދިއްތަ ދުވަހު ރައީސް އޮފީހުން ބުނީ، މިނިސްޓްރީ އޮފް އާރްޓްސް ކަލްޗަރ އެންޑް ހެރިޓޭޖްގެ ނަން ސަގާފީ ތަރިކަ ރައްކާތެރިކުރާ ޤައުމީ މަރުކަޒުގެ ނަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ބަދަލުކުރައްވާފައިވާ ކަމަށާއި، އެ ބަދަލު ގެންނެވީ މިހިނގާ ސެޕްޓެންބަރު މަހުގެ 12 ވަނަ ދުވަހު ކަމަށެވެ.

އެގޮތުން ޤާނޫނު ނަންބަރު 2019/12 (ދިވެހިރާއްޖޭގެ ސަގާފީ ތަރިކައިގެ ޤާނޫނު) ގެ 14 ވަނަ މާއްދާގެ (ށ) ގައި ބަޔާންކުރާ ގޮތުގެ މަތިން "ޑިޕާޓްމަންޓް އޮފް ހެރިޓޭޖް" ގެ ނަން، "ސަގާފީ ތަރިކަ ރައްކާތެރިކުރާ ޤައުމީ މަރުކަޒު" ގެ ނަމަށް ބަދަލު ކުރައްވާފައިވީނަމަވެސް ދައުލަތުގެ އިދާރާތަކުން ސަގާފީ ތަރިކަ ރައްކާތެރިކުރާ ޤައުމީ މަރުކަޒަށް ލިޔުއްވާ ސިޓީގައި ޖައްސަވާނީ މިހާރުވެސް ބޭނުންކުރާ ނަންބަރު ކަމުގައިވާ 222 ކަމަށް ބުނެފައިވެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: އަމަން ހަލީމް
0%
0%
0%
0%
0%
0%
ކޮމެންޓް