ކ. މާލެ
|
23 ސެޕްޓެންބަރ 2019 | ހޯމަ 15:54
ސާންޔާ މަލްހޯތްރާ
ސާންޔާ މަލްހޯތްރާ
ބޮލީވުޑް ލައިފް
ސާންޔާ މަލްހޯތްރާ
ޝަކުންތަލަ ދޭވީގައި ސާންޔާ ފެނިގެން ދާނީ ވިދްޔާގެ ދަރިފުޅުގެ ރޯލުން
ފިލްމު ރިލީޒް ކުރަނީ އަންނަ އަހަރުގެ ހޫނު މޫސުމުގައި

ވިދްޔާ ބާލަން އެންމެ އަވަހަށް ފެނިގެންދާ ފިލްމު ''ޝަކުންތަލަ ދޭވީ ހިއުމަން ކޮމްޕިއުޓަރ'' ފިލްމުގެ ކާސްޓާއި ސާންޔާ މަލްހޯތުރާ ގުޅިއްޖެއެވެ.

ފިލްމު އުފައްދާ ފަރާތުން އެކަން ހާމަކޮށްފައިވަނީ ހޯމަ ދުވަހު ''ޑޯޓަރސް ޑޭ'' ގައެވެ. އެ ފިލްމުގައި ސާންޔާ ކުޅޭނީ ޝަކުުންތަލަ ދޭވީގެ އަންހެން ދަރިފުޅު އަނުޕަމާ ބެނަރްޖީގެ ރޯލެވެ.

ބަދާހީ ހޯ ފިލްމުގައި ހަރަކާތްތެރިވެފައިވާ ސާނިޔާ ބުނީ، ވިދްޔާ އެއްކޮށް ފުރަަތަމަ ފަހަރަށް ފިލްމެއް ކުޅެން ފުރުސަތު ލިބިފައިވާތީ ވަރަށް ބޮޑަށް ޝައުގުވެރިވެފައިވާ ކަމަށެވެ.

އެ ފިލްމަކީ ހިސާބަށް މޮޅު މީހެއް ކަމަށްވާ ޝަކުންތަލަ ދޭވީގެ ހަޔާތުގެ މައްޗަަށް ބިނާކޮށްފައިވާ ފިލްމެކެވެ. އޭނާ އަކީ ހިސާބު ބޮޑެތި އަދަދުތައް ކަލްކިއުލޭޓަރު ބޭނުންނުކޮށް ހިތުން އެއްކޮށް ގުނަކުރުމަށް ކުޅަދާނާ މީހެކެވެ. މީހުން އޭނާ ސިފަކުރަނީ '' ހިއުމަން ކޮމްޕިއުޓަރ'' ގޮތުގައެވެ.

ފިލްމުގެ ޕޯސްޓަރު މިދިޔަ ހަފްތާގެ ހުކުރު ދުވަހު ރިލީޒް ކޮށްފައިވާއިރު ވިދްޔާ ދަނީ ފިލްމުގެ މަންޒަރުތައް ލަންޑަނުގައި ނަގަމުންނެވެ. ސާންޔާ އެ ފިލްމާއި ގުޅޭނީ އަންނަ މަހުގެއެވެ. ޝަކުންތަލަ ދޭވީ ހިއުމަން ކޮމްޕިއުޓަރު ރިލީޒް ކުރަން ހަމަޖެހިފައިވަނީ އަންނަ އަހަރުގެ ހޫނު މޫސުމުގައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 ދުވަަސް ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
- ކޮމެންޓް