ކ. މާލެ
|
23 ސެޕްޓެންބަރ 2019 | ހޯމަ 15:53
ސައިފް އަލީ ހާން
ސައިފް އަލީ ހާން
ޕިންކު ވިލާ
ބަންޓީ އޯރް ބަބްލީ 2
ސައިފް ''ބަންޓީ އޯރް ބަބްލީ 2'' ދޫކޮށްލައިފި
ފިލްމި ދޫކޮށްލި ސަބަބެއް ހާމައެއް ނުކުރޭ

ސައިފްގެ އަތުގައި މިހާރުވެސް ގިނަ ފިލްމުތަކެއް ހުރިއިރު، އޭނާ ދަނީ ބައެއް ފިލްމުތަކަށް ޝޫޓް ކުރަމުންނެވެ. ދާދީ ފަހުން ރިޕޯޓްކޮށްފައިވާގޮތުން ބަންޓީ އޯރް ބަބްލީގެ ސިކުއަލްވެސް ސައިފް ވަނީ އޭނާގެ ލިސްޓަށް އިތުރުކޮށްފައެވެ.

އެ ސީކުއަލް ގައި ސިދާތް ޗަތުރްވޭދީގެ ރީލް ކުޅެން ނިންމުމަށްފަހު މިހާރު އެ ފިލްމާއިގެން ކުރިޔަށް ނުދާން ސައިފް ވަނީ ނިންމާފައެވެ.

މީގެކުރިން އެ ފިލްމުގެ ލީޑް ރޯލް ކުޅެން ހުށައަޅާފައިވަނީ އޮރިޖިނަލް ފިލްމުގެ އެކްޓަރު އަބީޝޭކް ބައްޗަންއަށެވެ. އެހެން ނަމަވެސް އޭނާވެސް ވަނީ އެ ރޯލް ދޫކޮށްލާފައެވެ. ސައިފް ފިލްމު ދޫކޮށްލިު ސަބަބު މިހާތަނަށް ހާމާކޮށްފައިނުވާއިރު، ފިލްމުގެ އުފައްދާ ފަރާތުން ޖެހޭނީ ފަހު މިނިޓްގައި ފިލްމުގެ ލީޑްރޯލް ކުޅޭނެ އެކްޓަރެއް ހޯދާށެވެ.

ރާނީ މުކަރްޖީއާ އަމީތާބް ބައްޗަން ހަރަކާތްތެރިވެފައިވާ ފިލްމު '' ބަންޓީ އޯރް ބަބްލީ'' ރިލީޒް ކޮށްފައިވަނީ 2005 ވަނަ އަހަރުއެވެ. އެ ފިލްމުގެ ސީކުއަލް ޑައިރެކްޓް ކުރަނީ ވަރުން އެސް ޝަރްމާއެވެ. ފިލްމުގެ އަންހެން ތަރިއެއް ގޮތުގައި ފެނިގެންދާނީ ފިލްމީ ދާއިރާ އަށް މުޅިން އަލަށް ތައާރަފް ވެގެންސާ ޝަރްވާރީ ވަގްއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 ދުވަަސް ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
- ކޮމެންޓް