ކ. މާލެ
|
23 ސެޕްޓެންބަރ 2019 | ހޯމަ 10:25
ޝާތިރު ވަނީ ނޫސްވެރިކަމުގެ ދާއިރާއިން ތަޢުލީމާ ތަމްރީނުގެ ގިނަ ޕްރޮގްރާމްތަކެއް ފުރިހަމަ ކުރައްވާފައި
ޝާތިރު ވަނީ ނޫސްވެރިކަމުގެ ދާއިރާއިން ތަޢުލީމާ ތަމްރީނުގެ ގިނަ ޕްރޮގްރާމްތަކެއް ފުރިހަމަ ކުރައްވާފައި
މިނިސްޓަރ އޮފް ކޮމިއުނިކޭޝަންގެ ނައިބު
މިނިސްޓަރ އޮފް ކޮމިއުނިކޭޝަންގެ ނައިބުގެ މަގާމަށް މުހައްމަދު ޝާތިރު
 
ޝާތިރަށް ވަނީ 2017 ވަނަ އަހަރު ހިތްވަރު ދިނުމުގެ ގައުމީ އިނާމު ލިބިވަޑައިގެންފަ
 
ޝާތިރު ވަނީ ދިވެހިރާއްޖޭގެ އަޑުގެ ސީނިއަރ އެޑިޓަރ ކަމުގެ މަގާމު އަދާކުރައްވާފަ
 
ޝާތިރު އެންމެފަހުން އަދާކުރައްވާފައި ވަނީ ގައުމީ އަރުޝީފުގެ ޑިރެކްޓަރ ޖެނެރަލްގެ މަގާމު

މިނިސްޓަރ އޮފް ކޮމިއުނިކޭޝަން، ސައިންސް އެންޑް ޓެކްނޮލޮޖީގެ ނައިބުގެ މަގާމަށް، ތ. ހިރިލަންދޫ، ތިރިންގަލި، މުހައްމަދު ޝާތިރު އައްޔަނު ކުރައްވައިފިއެވެ.

ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް، ޝާތިރު މި މަގާމަށް އައްޔަނު ކުރައްވައިފައިވާއިރު، ޝާތިރު އެންމެފަހުން އަދާކުރައްވާފައި ވަނީ ގައުމީ އަރުޝީފުގެ ޑިރެކްޓަރ ޖެނެރަލްގެ މަގާމެވެ.

ޝާތިރު ވަނީ ދިވެހިރާއްޖޭގެ އަޑުގެ ސީނިއަރ އެޑިޓަރ ކަމުގެ މަގާމާއި އެ ދާއިރާގެ އެކިއެކި މަގާމުތައް ފުރައްވާފައެވެ. އެމނިކުފާނު ވަނީ ތާރީހު ދިރާސާކުރުމާއި މީޑިޔާގެ ދާއިރާއިން އެކިވުޒާރާތަކަށް ފަންނީ ލަފާދެއްވުމާއި ލިޔުންތެރިކަމުގެ ދާއިރާގައި ފާހަގަކޮށްލެވޭ ގިނަ މަސައްކަތްތަކެއް ކުރައްވާފައެވެ. އަދި ނޫސްވެރިކަމުގެ ދާއިރާއިން ތަޢުލީމާ ތަމްރީނުގެ ގިނަ ޕްރޮގްރާމްތަކެއް ވެސް ޝާތިރު ވަނީ ފުރިހަމަ ކުރައްވާފައެވެ.

ޝާތިރަށް ވަނީ 2017 ވަނަ އަހަރު، ދިވެހި ތާރީހުގެ ދާއިރާއިން، ދިވެހި ތާރީހާ ބެހޭގޮތުން ހޭލުންތެރިކުރުވުމުގެ ރޮނގުން ހިތްވަރު ދިނުމުގެ ގައުމީ އިނާމު ލިބިވަޑައިގެންފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: އަމަން ހަލީމް
0%
0%
0%
0%
0%
0%
ކޮމެންޓް