Advertisement
ކ. މާލެ
|
21 ސެޕްޓެންބަރ 2019 | ހޮނިހިރު 14:18
ހުކުުރު ދުވަހުގެ ރޭ ހިނގި އަލިފާނުގެ ހާދިސާގެ ތެރެއިން
ހުކުުރު ދުވަހުގެ ރޭ ހިނގި އަލިފާނުގެ ހާދިސާގެ ތެރެއިން
ރާއްޖެއެމްވީ
އަލިފާނުގެ ހާދިސާ
އަލިފާނުގެ ހާދިސާއާ ގުޅިގެން ހުސްކުރި ގެއަކުން ވައްކަންކޮށްފި
ދެ ފަންގިފިލާއިން ވައްކަންކޮށްފައިވޭ
700 ޑޮލަރާއި، އައިވޮޗެއްގެ އިތުރުން އެއަރޕޮޑެއް ވަގަށް ގެންގޮސްފައިވޭ
ދެ މައްސަލަވެސް ފުލުހުން ދަނީ ތަހުޤީޤު ކުރަމުން

ހުކުރު ދުވަހުގެރޭ ހިނގި އަލިފާނުގެ ހާދިސާއާ ގުޅިގެން އެ ސަރަހައްދު ބަންދުކޮށް، ހުސްކުރި ގެތަކުގެ ތެރެއިން ގެއަކުން ވައްކަން ކޮށްފައިވާ ކަމަށް ފުލުހުން ބުނެފިއެވެ.

އެކަމާ ގުޅޭގޮތުން ފުލުހުން ބުނީ، އަލިފާނުގެ ހާދިސާ ހިނގައިގެން އުޅުނު ވަގުތު ގޭގެއިން މީހުން ހުސްކޮށްފައިވަނިކޮށް އެ ސަރަހައްދުގައި ހުރި ގެއެއްގެ 7 ވަނަ ފަންގިފިލާއިން ވައްކަން ކޮށްފައިވާ މައްސަލައެއް ހޮނިހިރު ދުވަހު 10:34 ހާއިރު ފުލުހުންނަށް ރިޕޯރޓް ކޮށްފައިވާ ކަމަށެވެ.

އެގޮތުން އެގޭގެ 7 ވަނަ ފަންގިފިލާއިން 700 ޑޮލަރާއި، އައިވޮޗެއްގެ އިތުރުން އެއަރޕޮޑެއް ވަގަށް ގެންގޮސްފައިވާއިރު، އެގޭގެ 8 ވަނަ ފަންގިފިލާއިން ވައްކަންކޮށް 37،200 އަށްވުރެ ގިނަ ފައިސާ ވަގަށް ނަގާފައިވާ ކަމުގެ ރިޕޯރޓް ހޮނިހިރު ދުވަހު 11:52 ހާއިރު ލިބިފައިވާ ކަމަށް ފުލުހުން ބުނެއެވެ.

Advertisement

މި ދެ މައްސަލަވެސް ފުލުހުން ދަނީ ތަހުޤީޤު ކުރަމުންނެވެ.

ހުކުރު ދުވަހުގެރޭ ހިނގި ނުރައްކާތެރި އަލިފާނުގެ ހާދިސާއާ ގުޅިގެން 7 ގެއަކަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާއިރު، އެކެއްގެ ފުރާނަވެސް ވަނީ ގެއްލިފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: އަމަން ހަލީމް
- ކޮމެންޓް