ކ. މާލެ
|
20 ސެޕްޓެންބަރ 2019 | ހުކުރު 15:28
އާމިރް ހާން
އާމިރް ހާން
ސްޓްރެއިޓް ޓައިމްސް
ލާލް ސިންގް ޗައްޑާ
ލާލް ސިންގް ޗައްޑާ 100 ތަނެއްގައި ޝޫޓް ކުރަނީ
ފިލްމު ރިލިޒް ކުރަނީ އަންނަ އަހަރު ކްރިސްމަސްގައި
މީގެ ކުރިން އާމިރް ޝޫޓްކޮށްފައިނުވާ ސަރަހައްދު ތަކުގައި މަންޒަރު ނަގާނެ
ބަރުދަން 20 ކިލޯ އިތުރު ކުރާނެ

ހޮލީވުޑްގެ ކްލާސިކް ފިލްމު ފޮރެސްޓް ގަމްޕްގެ މައްޗަށް ހަދާ ހިންދީ ފިލްމު ''ލާލް ސިންގް ޗައްޑާ'' އަސްލު ފިލްމާ އެއްގޮތް ކުރުމުގެ މަސައްކަތް ފިލްމުގެ ޕްރޮޑަކްޝަން ޓީމުން ދަނީ ވަރަށް ބާރަށް މަސައްކަތް ކުރަމުންނެވެ.

އެންމެ ފަހުގެ ރިޕޯޓްތައް ބުނާ ގޮތުން އާމިރް ހާން ހަރަކާތްތެރިވާ އެ ފިލްމު 100 ތަނެއްގައި ޝޫޓްކުރަން ވަނީ ހަމަޖެހިފައެވެ. އާމިރް ފިލްމަށްވަމުންދާ ތައްޔާރިތަކާއި ބެހޭ ގޮތުން އެކި ގޮތްގޮތަށް މީޑިއާގައި ދަނީ ވާހަކަ ދެކެވެމުންނެވެ. ބައެއް ރިޕޯޓްތައް ބުނާ ގޮތުން އާމިރް ދަނީ ފިލްމަށް 20 ކިލޯގެ ބަރުދަން އިތުރުކުރުމުގެ މަސައްކަތް ކުރަމުންނެވެ.

ލާލް ސިންގް ފިލްމުގައި އާމިރްހާން އެކި ކެރެކްޓާރ ތަކުން ފެނިިގެންދާއިރު ކޮންމެ މަންޒަރެއްވެސް ނަގަން ޖެހޭނީ ތަފާތު ލޮކޭޝަންތަކުގައެވެ. ސްޓޫޑިއޯ ސެޓަޕްގައި ހުރިހާ މަންޒަރުތައް ނެގުމުގެ ބަދަލުގައި އާމިރް ބޭނުންވަނީ އިންޑިއާގެ 100 ސަރަހައްދެއްގައި މަންޒަރުތައް ނެގުމަށެވެ. އެގޮތުން ދިއްލީ، ގުޖުރާތް، މުމްބާއި، ކޮލްކަތާ އަދި ބެންގަލޫރުގެ އިތުރު މީގެ ކުރިން އާމިރް ޝޫޓްކޮށްފައިނުވާ ސަރަހައްދުތަކުގައި ފިލްމުގެ މަންޒަރުތައް ނެގުމަށް ވަނީ ހަމަޖެހިފައެވެ.

ފިލްމުގެ މައުލޫމާތު އެނގޭ ފަރާތަކުން އިންޑިއާގެ ނޫހަކަށް މައުލޫމާތު ދެމުން ބުނީ، އެ ފިލްމުގައި ކުޑައިރުން ފެށިގެން އުމުރުން 50 އަހާރައި ދެމެދު ހިނގާ ކަންތައްތައް ފިލްމުން ފެނިގެންދާނެ ކަމަށެވެ. އެ ފިލްމުގެ ލިޔެފައިވަނީ އަތުލް ކުލްކަނީ އެވެ. އަދްވައިތް ޗަންދަން ޑައިރެކްޓް ކުރާ އެ ފިލްމު ޕްރޮޑިއުސްކުރާނީ ވިއަކޮމް 18 އާއި އާމިރްހާން ޕްރޮޑަކްޝަނާއި ގުޅިގެންނެވެ. ލާލްސިންގް ޗައްޑާ ރިލީޒް ކުރަން ހަމަޖެހިފައިވަނީ އަންނަ އަހަރުގެ ކްރިސްމަސްގައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 ދުވަަސް ކުރިން
ރިވިއު ކުރީ: ސިމާހާ ނަސީމް
- ކޮމެންޓް