ކ. މާލެ
|
20 ސެޕްޓެންބަރ 2019 | ހުކުރު 12:53
ހުކުރު ޚުތުބާ
ހުކުރު ޚުތުބާ
ރާއްޖެ އެމްވީ
ހުކުރު ޚުތުބާ
ދިވެހިންގެ ތެރޭގައި އޮތް ދީނީ އެއްބައިވަންތަކަން ނަގާ ނުލުމަށް މިއަދުގެ ހުކުރު ޚުތުބާގައި ގޮވާލައިފި
 
ދިވެހިންގެ ތެރޭގައި ދީނީ ބައިބައިވުމެއް ނެތުމުން ބައެއް ފަރާތްތަކުން ހަސަދަވެރިވާނެ
 
އިސްލާމް ދީނަކީ މީސްތަކުން އެކުވެރިކުރުވާ އެންމެ މުހިއްމު އެއް އަސާސް
 
ދިވެހިންނަށް ލިބިފައިވާ އެންމެ އަގުބޮޑު އެއް ނިއުމަތަކީ މުސްލިމުންނަށް ވުން

ދިވެހިންގެ ތެރޭގައި ޒަމާނުއްސުރެ އޮތް ދީނީ އެއްބައިވަންތަކަން ނަގާ ނުލުމަށް މިއަދުގެ ހުކުރު ޚުތުބާގައި ގޮވާލައިފިއެވެ.

"އިސްލާމީ އުޚުއްވަތްތެރިކަން ދެމެހެއްޓުން" މި މައުޟޫގެ މައްޗަށް ބިނާކޮށްފައިވާ ޚުތުބާގައި ބުނީ، ދިވެހިންނަށް ލިބިފައިވާ އެންމެ އަގުބޮޑު އެއް ނިއުމަތަކީ ދިވެހިންނަކީ މުސްލިމުންނަށް ވުން ކަމަށާއި، ޤައުމުގެ އަމަންއަމާންކަން ދެމެހެއްޓުމަށްޓަކައި ދިވެހިންގެ ތެރޭގައި ޒަމާނުއްސުރެ އޮންނަ ދީނީ އެއްބައިވަންތަކަން ދެމެހެއްޓުމަކީ މުހިއްމު ކަމެއް ކަމަށެވެ.

އެގޮތުން އިސްލާމް ދީނަކީ މީސްތަކުން އެކުވެރިކުރުވާ އެންމެ މުހިއްމު އެއް އަސާސް ކަމަށާއި، މިއަދާއި ހަމައަށްވެސް ދިވެހި ޤައުމު އެއްބައިވަންތަ ޤައުމެއްގެ ގޮތުގައި އޮތީ އެ އަސާސްގެ ސަބަބުން ކަމަށް ޚުތުބާގައި ބުނެފައިވެއެވެ.

އިސްލާމް ދީނަކީ މީސްތަކުން އެކުވެރިކުރުވާ އެންމެ މަތިވެރި އެއް އަސާސް، ދުނިޔޭގެ ކަންކޮޅުތަކަށް ނަޒަރު ހިންގާލާއިރު ފެންނަމުންދާ ހަމަނުޖެހުންތަކާއި ލޭ އޮހޮރުވުން ތަކުގެ ސަބަބަކަށް ގިނަ ފަހަރު ވެފައި އޮންނަނީ ޒަމާނުއްސުރެ އެބައެއްގެ މެދުގައި އުފެދިފައި އޮންނަ ދީނީ އަދި ނަސްލީ ދެކޮޅުވެރިކަން ކަން ތާރީޚުން ހެކިދޭ، އަވައްޓެރި ޤައުމުތަކުންނާއި ދުރު ޤައުމުތަކުންވެސް އަޅުގަނޑުމެންނަށް މިކަން ފެނޭ،
ހުކުރު ޚުތުބާ

ދިވެހިންގެ ތެރޭގައި ދީނީ ތަފާތު ފިކުރު ތަކުގެ ބަޔަކު އުޅެމުންދާ ކަމުގެ ވާހަކަތައް ގިނަވެފައިވަނިކޮށް ޚުތުބާގައި އިތުރަށް ބުނީ، ދިވެހިންގެ ތެރޭގައި ދީނީ ގޮތުން ބައިބައިވުމެއް ނެތުމަކީ ބައެއް ފަރާތްތަކުން އެކަމާ ހަސަދަވެރި ވެދާނެ ކަމެއް ކަމަށާއި، އެކަން ކޮންމެ ބަޔަކުވެސް ހަނދާނުގައި ބަހައްޓަންޖެހޭނެ ކަމަށެވެ.

އޭގެ އިތުރުން، އިސްލާމީ މުޅި އުއްމަތުގެ ކާމިޔާބު ބިނާވެފައިވަނީ އިސްލާމީ ޤައުމުތަކުގެ މެދުގައި އޮންނަ އެއްބައިވަންތަކަމުގެ މައްޗަށް ކަމަށާއި، އެކަން ގެއްލިގެން ދިޔަ ކޮންމެ ދަނޑިވަޅެއްގައި މުސްލިމުން ބަލިވެ ނިކަމެތިވެގެން ދިޔަ ކަމަށްވެސް ޚުތުބާގައި ބުނެފައިވެއެވެ. އެގޮތުން ޚުތުބާގައި ބުނީ، އިސްލާމީ އުޚުއްވަތްތެރިކަމުގެ ގުޅުން ދެމެހެއްޓުމާއި އެ ގުޅުންތައް މާތް ﷲ އަށްޓަކައި ޚާލިސް ކުރުމަކީ އޭގެ ސަބަބުން މުސްލިމުންގެ ކުދި ފާފަތައް ފުހެވިގެންދާފަދަ ހެއު އަމަލެއް ކަމަށެވެ.

ދީނީ މިިނިވަންކަން ދެމެހެއްޓުމަށް ޚުތުބާގައި ގޮވާލާފައިވާއިރު، ދީނީ އެއްބައިވަންތަކަން ހިމާޔަތް ކުރުމުގެ ގާނޫނަށް އިސްލާހުތަކެއް ގެނައިސް، އިސްލާމްދީނަށް އިހާނެތިކޮށްހިތުމާއި، ދީނުގެ ނަމުގައި ހައްދުފަހަނަ އެޅުން ހުއްޓުވުމާ ގުޅޭގޮތުން ސަރުކާރުންވެސް ދަނީ ބޮޑެތި މަސައްކަތްތަކެއް ކުރަމުންނެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: އަމަން ހަލީމް
0%
0%
0%
0%
0%
0%
ކޮމެންޓް