ކ. މާލެ
|
19 ސެޕްޓެންބަރ 2019 | ބުރާސްފަތި 15:02
މަރާލާފައިވާ ނޫސްވެރިޔާ އަހުމަދު ރިލްވާން
މަރާލާފައިވާ ނޫސްވެރިޔާ އަހުމަދު ރިލްވާން
ޓްވިޓަރ
ނޫސްވެރިޔާ ރިލްވާނުގެ މަރު
ރިލްވާނު މައްސަލައިގައި ފުލުހުންގެ އިހުމާލެއް އޮތްކަން އެނގެން ނެތް: އެންއައިސީ
 
ރިލްވާނުގެ އާއިލާއިން ވަނީ އެކަމާއި ކަންބޮޑުވުން ފާޅުކޮށްފަ
 
މީގެ 5 އަހަރު ކުރިން އެންއައިސީއަށް އާއިލާއިން ސިޓީ ހުށައެޅި
 
އިހުމާލެއް ވެފައިވާކަން އެނގޭނެ އެއްވެސް ހެއްކެއް ނެތް ކަމަށް ބުނި

ރަހީނުކޮށް މަރާލާފައިވާ ނޫސްވެރިޔާ އަހުމަދު ރިލްވާނުގެ މައްސަލަ ބަލައި ތަހުޤީޤު ކުރުމުގައި ފުލުހުންގެ އިހުމާލެއް ނެތް ކަމަށް ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަން (އެންއައިސީ) އިން ބުނެފިއެވެ.

ރިލްވާނުގެ އާއިލާއިން 2014 ވަނަ އަހަރުގެ އޮކްޓޯބަރ މަހުގެ 29 ވަނަ ދުވަހު އެންއައިސީއަށް ހުށައެޅި މި މައްސަލައިގެ ޖަވާބު ދެމުން އެންއައިސީން ބުނެފައިވަނީ އެ މައްސަލަ ބަލައި ތަހުޤީޤު ކުރުމުގައި ފުލުހުންގެ ފަރާތުން އެއްވެސް އިހުމާލެއް ވެފައިވާކަން އެނގޭނެ އެއްވެސް ހެއްކެއް އަދި ޤަރީނާއެއް ކޮމިޝަނުގެ ތަހުޤީޤަށް މިހާތަނަށް އެނގިފައި ނުވާ ކަމަށެވެ.

އެގޮތުން ފުލުހުން އެ މައްސަލައިގައި އިހުމާލުވެފައިވާކަން ކޮމިޝަނުގެ ތަހުޤީޤަށް އެނގެން ނެތް ކަމަށް މީގެ 5 އަހަރު ކުރިން އެންއައިސީއަށް ހުށައަޅާފައިވާ މި މައްސަލައިގެ ޖަވާބުގައި އެ ކޮމިޝަނުން ވަނީ ބުނެފައެވެ. އަދި މި މައްސަލައިގެ ޖަވާބެއް އެހައި ދުވަސް ފަހުން ލިބިފައިވާތީ ރިލްވާނުގެ އާއިލާއިން ވަނީ އެކަމާއި ކަންބޮޑުވުން ފާޅުކޮށްފައެވެ.

ރިލްވާނުގެ އާއިލާއިން އެހެން ބުނެފައިވާއިރު، ރިލްވާންގެ މައްސަލަ ތަހުގީގު ކުރުމަށްފަހު އެކަމުގައި އެ އިދާރާގެ އެއްވެސް މުވައްޒަފެއްގެ އިހުމާލެއް ނުވަތަ ކުށެއްވާނަމަ އެ ފަރާތަކާއި މެދު ފިޔަވަޅު އަޅާނެ ކަމަށް މޯލްޑިވްސް ޕޮލިސް ސަރވިސް އިން ވަނީ ބުނެފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: އަމަން ހަލީމް
50%
0%
0%
50%
0%
0%
ކޮމެންޓް