ކ. މާލެ
|
19 ސެޕްޓެންބަރ 2019 | ބުރާސްފަތި 00:32
ކިއާރާ އަދްވަނީ
ކިއާރާ އަދްވަނީ
ވޯގް އިންޑިއާ
ބޫލް ބުލައްޔާ 2
ބޫލް ބުލައްޔާ 2 ގައި ކިއާރާ އަދްވާނީ
ފިލްމު ޝޫޓިން ފަށަނީ އޮކްޓޫބަރު މަހު

ކަބީރް ސިންގް ފިލްމުން ބެލުންތެރިންގެ ކާމިޔާބު ހޯދާފައިވާ ކިއާރާ އަދްވަނީ އަށް ބޫލް ބުލައްޔާ 2 އަކުން ފުރުސަރު ލިބިއްޖެއެވެ.

އަނީސް ބާޒްމީ ޑައިރެކްޓް ކުރާ އެ ފިލްމުގެ އަންހެން ބަތަލާއަކަށް ކިއާރާ ހަމަޖެހިފައިމިވަނީ މީގެ ހަފްތާއެއް ކުރިން އޭގެ ފިރިހެން ބަތަލަކަށް ކާތިކް އަރްޔަން ހަމަޖައްސާފައިވަނި ކޮށެވެ. ކާތިކް ފެނިގެންދާނީ ބޫލް ބުލައްޔާގެ ފުރަތަމަ ފިލްމުގައި އަކްޝޭ ކުމާރް ކުޅެފައިވާ ސައިކެޓްރިސްޓުގެ ރޯލުންނެވެ.

މުމްބާއީ މިރާއިން ރިޕޯޓްކޮށްފައިވާ ގޮތުން ފިލްމުގެ ޝޫޓިން ފަށަން ހަމަޖެހިފައިވަނީ އޮކްޓޫބަރު މަހުއެވެ. ބޫލު ބުލައްޔާ 2 ގެ އިތުރުން ތިން ފިލްމަކުން ކިއާރާ ފެނިގެންދާނެއެވެ. އޭގެ ތެރޭގައި ލަކްސްމީ ބޮމްބް، ގުޑް ނިއުސް އަދި ޝޭރް ޝާހް ހިމެނޭއެވެ،

އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 ދުވަަސް ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
- ކޮމެންޓް