ކ. މާލެ
|
19 ސެޕްޓެންބަރ 2019 | ބުރާސްފަތި 00:29
ސިދާތް މަލޯތްރާ
ސިދާތް މަލޯތްރާ
ބޮލީވުޑް ޓެބްލޮއިޑް
ޝޭޜްޝަހް
''ޝޭރްޝާހް'' ޝޫޓީންގައި ސިދާތް އަށް އަނިޔާވެއްޖެ
އަނިޔާވީ ބައިސްކަލު ދުއްވާފައި ދަނިކޮށް

1999 ވަނަ އަހަރު އިންޑިއާ އާއި ޕާކިސްތާނާއި ދެމެދު ހިނގި "ކާގިލް'' ހަނގުރާމަގައި މަރުވި ކެޕްޓަން ވިކްރަމް ބަޓްރާގެ ބައޮފިކް ''ޝޭރްޝާހް" ފިލްމަށް ކާގިލްގައި ޝޫޓްކުރަމުން ދަނިކޮށް ސިދާތް މަލޯތްރާ އަށް އަނިޔާވެއްޖެއެވެ. އަނިޔާ ލިބުނަސް އުމުުރުން 34 އަހަރުގެ ސިދާތް ދަނީ ފިލްމު ޝޫޓިން އާއިގެން ކުރިއަށެވެ.

ސިދާތް އަށް އަނިޔާވެފައިވަނީ އުސް ސަރަހައްދަކުން ބައިސްކަލުގައި ދުއްވާފައި ދަނިކޮށް ބުދަ ދުވަހުއެވެ. ސިދާތް ބުނީ، ބައިސްލުން ވެއްޓުމުން ފުދޭ ވަރަކަށް އަނިޔާވެފައިވާ ކަމަށެެވެ. ލިބުނު އަނިޔާތައް ރަނގަޅުވާން ހަފްތާއެއްހާ ދުވަސް ރަނަގާނެ ކަމަށް އޭނާ ބުންޏެވެ. އެހެން ނަމަވެސް އަނިޔާތައް ރަނގަޅު ނުވިޔަސް ސިދާތް ބޭނުންވީ ފިލްމުގެ ޝޫޓިންއާއިގެން ކުރިޔަށްދާށެވެ.

އެފަދަ ކަންތައްތަކާއިވެސް ދިމާވާނެ ކަމަށާއި، އެކަމަކު ކުރިޔަށް ދެތިން ދުވަސް ތެރޭގައި ހާލު ރަނގަޅުވާނެ ކަމަށް ސިދާތް ބުންޏެވެ. ސިދާތް ބުނީ، ކާގިލް އަކީ ގިނަ ފިލްމުތަކެއް ޝޫޓްކުރާ ހިސާބަކަށް ނުވާތީވޭ އެ ސަރަހައްދުގައި ފިލްމެއް ޝޫޓްކުރަން ފުރުސަތު ލިބުމަކީ ތަޖުރިބާ ކުރަން ލިބުނު ވަރަށް ބޮޑު ފުރުސަތެއް ކަމަށެވެ. އެގޮތުން ފަރުބަދަ މަތީގައި ފިލްމުގެ ބައެއް މަންޒަރުތައް ނަގާފައިވާކަން އޭނާ ވަނީ ފާހަގަކޮށްފައެވެ.

އޭނާ ބުނީ، ފިލްމުގެ އެކްޝަން މަންޒަރު ނަގަން ކޮންމެވެސް ވަރަކަށް އުދަނގޫ ކަންތައްތަކާއި ދިމާވި ކަމަށާއި، އެހެން ނަމަވެސް ޓީމުން ވަރަށް ރަނގަޅަށް ސަލާމަތީ ކަންކަން ވަރުގަދަ ކޮށްފައިވާ ކަމަށެވެ.

ވިޝްނޫ ބަތްރާ ޑައިރެކްޓް ކޮށްފައިވާ އެ ފިލްމުގައި ކިޔާރާ އަދްވަނީވެސް ހަރަކާތްތެެރިވެއެވެ.

- ކޮމެންޓް