ކ. މާލެ
|
19 ސެޕްޓެންބަރ 2019 | ބުރާސްފަތި 00:34
މޯޓީ ބަގްގެ ޕޯސްޓަރު
މޯޓީ ބަގްގެ ޕޯސްޓަރު
އިންޑިޔާ ޓުޑޭ
އޮސްކާ 2020
އުއްތަރާކަންދްގެ ދަނޑުވެރިއެއްގެ ހަޔާތުގެ މައްޗަށް ހެދި ފިލްމު އޮސްކާއަށް
އޮސްކާއަށް ނޮމިނޭޓްވިކަން އިއުލާން ކުރީ އުއްތަރާކަންދުގެ ސީއެމް

އިންޑިއާގެ އުއްތަރާކަންދުގެ ދަނޑުވެރިއެއްގެ ހަޔާތުގެ މައްޗަށް ހަދާފައިވާ ޑޮކިއުމެންޓްރީ ފިލްމު ''މޯޓީ ބަގް'' 2020 ވަނަ އަހަރުގެ އޮސްކާއަށް ނޮމިނޭޓްވެއްޖެއެެވެ.

އެ ފިލްމު އޮސްކާއަށް ނޮމިނޭޓް ވެފައިވާކަން އިއުލާން ކުރީ އުއްތަރާކަންދުގެ ޗީފް މިނިސްޓަރު ތްރިވެންދްރަ ސިންގް ރަވަތް އެވެ. ތްރިވެންދްރަ ވިދާޅުވީ، އެ ފިލްމު އޮސްކާއަށް ނޮމިނޭޓް ވެފައިވާތީ އެކަމާއި މެދު ފަހުރުވެރިވާ ކަމަށާއި، އެ ފިލްމަކީ ޒުވާނުންނަށް ''އިންސްޕަޔާ'' ވާނެ ފިލްމެއް ކަމަށެވެ.

ފިލްމުގައި ފެނިގެންދަނީ ސިޓީ ގައި ސަރުކާރުގެ ވަޒީފާ އަދާކުރަމުން ދިޔަ ވިދްޔާދަތް އެ ވަޒީފާ ދޫކޮށްލުމަށް ފަހު އޭނާގެ ކާބަފައިންގެ އަވަށުގައި އޮންނަ ބިމެއްގައި ދަނޑުވެރިކަން ކުރުމަށް ކުރާ މަސައްކަތެވެ. ބޮޑެތި ބިންތައް އޮންނަ އެތައް ބަޔަކު އަވަށުގެ ދިރިއުޅުން ދޫކޮށްލާފައި ސިޓީ އަށް ހިޖުރާކުރާ ވާހަކަ އެފިލްމުން ކިޔައިދޭއެވެ.

ޕްރަސަރް ބާރްތީ ޕްރޮޑިއުސްކޮށްފައިވާ ''މޯޓީ ބަގް'' އަކީ އޮސްކާ އަށް ނޮމިނޭޓްވި އުއްތަރާކަންދުގެ ފުރަތަމަ ފިލްމެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 ދުވަަސް ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
- ކޮމެންޓް