ކ. މާލެ
|
15 ސެޕްޓެންބަރ 2019 | އާދީއްތަ 16:42
އަޔުޝްމާން ޙުރާނާ
އަޔުޝްމާން ޙުރާނާ
ގޫގުލް
ޕޫޖާ ހޭޖް
ޑްރީމް ގާލް އަށް ދެ ދުވަހުން 16 ކްރޯޑް
ފިލްމި ރިލީޒް ކޮށްފައިވަނީ މި މަހުގެ 13 ވަނަ ދުވަހު

އަޔުޝްމާން ޙުރާނާ އާއި ނުޝްރަތް ބަރުޗާގެ ''ޑްރީމް ގާލް'' ފިލްމު ދަނީ ރިލީޒް ކުރި ދުވަހުން ފެށިގެން ބޮކްސް އޮފީހުގައި ރަނގަޅު އާމްދަނީ އެއް ހޯދަމުންނެވެ. ހުކުރު ދުވަހު ރިލީޒް ކުރިން އެ ފިލްމު ވަނީ ފުރަތަމަ ދުވަހު 10.05 ކްރޯޑް ހޯދާފައެވެ. ދެވަނަ ދުވަހު ފިލްމު ވަނީ ބޮކްސް އޮފީހުގައި 16 ކްރޯޑް ރުޕީސްގެ އާމްދަނީ އެއް ހޯދާފައެވެ.

މަޝްހޫރު ފިލްމު ކްރިޓިކްސް ތަރަން އަދާރަޝް ބުނެފައިވަނީ، ފިލްމު ރިލީޒް ކުރިތާ ދެވަނަ ދުވަހު ފިލްމަށް 63.38 ޕަސެންޓްގެ ކުރިއެރުމެއްް ލިބިފައިވާ ކަމަށެވެ. އަދި ދެވަނަ ދުވަހަށް ވުރެ ބޮޑު އާމްދަނީ އެއް ތިންވަނަ ދުވަހު ހޯދާނެ ކަމަށް ތަރަން ވަނީ އަންދާޒަ ކޮށްފައެވެ.

ފިލްމާއި ބެހޭ ގޮތުން ވާހަކަ ދައްކަމުން ގައުމީ އެވޯޑްވެސް ހޯދާފައިވާ އަޔުޝްމާން ބުނީ، އޭނާ އަބަދުވެސް ބޭނުންވަނީ ބެލުންތެރިންނާ ހަމައަށް ތަފާތު އެއްޗެއް ގެނެސްދެވޭތޯއެވެ. އެގޮތުން އެ ފިލްމަކީ އެފަދަ ފިލްމެއް ކަމަށް އޭނާ ބުންޏެވެ. ޑްރީމްގެ ގާލްގެ ލަވަތައް ކަމަށްވާ ''ރާދޭ ރާދޭ'' އާއި ''ދަގާލާ ލަގްލީ ކަލް ރިމިކްސް'' އަކީ ބެލުންތެރިންނަށް ވަރަށް ކަމުދާ ލަވަތަކެވެ.

- ކޮމެންޓް