ސްޕެނިޝް ލަލީގާގައި ލުއިސް ސުއަރޭޒްގެ ދެ ލަނޑުން ވެލެންސިއާގެ މައްޗަށް ބާސެލޯނާ ކުރި ހޯދައިފިއެވެ.
ހޮނިހިރު ދުވަހުގެ ރޭ ކުޅުނު މެޗުން ވެލެންސިއާ އަތުން ބާސާާ މޮޅުވީ 2-5 ގެ ނަތީޖާއަކުންނެވެ.
ބާސާ ދަނޑުގައި ކުޅުނު މި މެޗު ފެށިގެން ދެވަނަ މިނެޓުގައި އެޓީމުން ވަނީ ލީޑު ނަގާފައެވެ. މި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ޑިޔޮންގްގެ އެހީތެރިކަމާއެކު އުސްމާނޭ ފަޓީއެވެ.
މި ލަނޑަށްފަހުވެސް ރަނގަޅަށް ކުޅެމުންދިޔައީ ބާސާއިންނެވެ. އެގޮތުން ހަތްވަނަ މިނެޓުގައި އެޓީމުން ވަނީ ލީޑު ފުޅާކޮށްފައެވެ. މި ލަނޑު ފަޓީގެ އެހީތެރިކަމާއެކު ކާމިޔާބުކުރީ ޑިޔޮންގްއެވެ.
މި ލަނޑުތަކާއެކު ބާސާއިން ރަނގަޅަށް ކުޅެމުން ދަނިކޮށް 27 ވަނަ މިނެޓުގައި ވެލެންސިއާއިން ވަނީ ނަތިޖާގެ ފަރަގު ކުޑަކޮށްފައެވެ. މި ލަނޑު ރޮޑްރިގޯގެ އެހީތެރިކަމާއކެު ކާޟިޔާބުކުރީ ގަމޭރޯއެވެ.
ދެވަނަ ހާފް ފެށިގެން ބާސާއިން އެޓީމުގެ އެޓޭކްތައް ވަރުގަދަކޮށްފައިވާއިރު، 53 ވަނަ މިނެޓުގައި އެޓީމުން ވަނީ ތިންވަނަ ލަނޑު ޖަހާފައެވެ. މި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ޖެރާޑް ޕީކޭއެވެ.
ބާސާއިން ހަތަރުވަނަ ލަނޑު ކާމިޔާބުކުރީ 61 ވަނަ މިނެޓުގައެވެ. މި ލަނޑު އާތާގެ އެހީތެރިކަމާއެކު ކާމިޔާބުކުރީ ސުއަރޭޒްއެވެ. މެޗުގެ 84 ވަނަ މިނެޓުގައި އެންޓޯނިއޯ ގްރިޒްމަންގެ އެހީތެރިކަމާއެކު ގްރިޒްމަން ވަނީ އިތުރު ލަނޑެއް ކާމިޔާބުކޮށްފައެވެ.
މި ނަތީޖާއާއެކު ބާސާ އޮތީ ކުޅުނު ހަތަރު މެޗުން ލިބުނު ހަތް ޕޮއިންޓާއެކު ޕޮއިންޓް ތާވަލުގެ ހަތަރުވަނައިގައެވެ. މެޗުން ބަލިވި ވެލެންސިއާ އޮތީ ކުޅުނު ހަތަރު މެޗުން ލިބުނު ހަތަރު ޕޮއިންޓާއެކު ޕޮއިންޓް ތާވަލުގެ 14 ވަނައިގައެވެ.