ކ. މާލެ
|
15 ސެޕްޓެންބަރ 2019 | އާދީއްތަ 08:05
ސްޓްރީގެ ބަތަލާ ޝްރައްދާ ކަޕޫރު
ސްޓްރީގެ ބަތަލާ ޝްރައްދާ ކަޕޫރު
ގޫގުލް
ބޮލީވުޑް
ސްޓްރީގެ ސީކުއެލްއެއް ހަދަނީ
ފިލްމާއި ގުޅޭ ގޮތުން ހިޔާލް ހޯދާ މަޝްވަރާ ކުރަމުންދާކަމަށް ވަނީ ބުނެފައި

ޝްރައްދާ ކަޕޫރާއި ރާޖް ކުމާރު ރާއޯ ލީޑް ރޯލް ކުޅެފައިވާ ސުޕަ ހިޓް ފިލްމް "ސްޓްރީ" ގެ ސީކުއެލް އެއް ހެދުމަށް ނިންމައިފިއެވެ.

ސްޓްރީގެ ދެ ޕްރޮޑިއުސަރުން ކަމަށްވާ ރާޖް ނިދިމޯރު އަދި ކްރިޝްނާ ޑީކޭ ވަނީ ސްޓްރީގެ ދެވަނަ އަދި ތިންވަނަ ބައެއް ވަރަށް އަވަހަށް އުފައްދަން އުޅޭކަން ޔަގީން ކޮށްދީފައެވެ.

އަދި މި ވަގުތު ފިލްމާއި ގުޅޭ ގޮތުން ހިޔާލް ހޯދާ މަޝްވަރާ ކުރަމުންދާކަމަށް ވަނީ ބުނެފައެވެ.

އަމަރު ކައުޝިކް ޑައިރެކްޓް ކޮށްފައިވާ "ސްޓްރީ" ވަނީ އޯޑިއަންސް އަދި ކްރިޓިކުންވެސް ބަލައިގެންފައެވެ.

އަދި މި ފިލްމް ވަނީ ބޮކްސް އޮފީހުގައި 180 ކްރޯޑަށް ވަނީ އަރާފައެވެ.

މިދިޔަ އަހަރު ރިލީޒް ކުރި "ސްޓްރީ" އަކީ ބިރުވެރި އަދި ހެއްވާ މަޖާ ކަންތައްތަކެއް ދައްކުވައިދޭ ފިލްމެކެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 ދުވަަސް ކުރިން
ރިވިއު ކުރީ: ސިމާހާ ނަސީމް
- ކޮމެންޓް