ސްޓަރލިންގ ޕައުންޑްގެ އަގު މައްޗަށް ޖެހިލައިފިއެވެ.
ފާއިތުވި ހަތް ހަފްތާގެ ތެރޭގައި ސްޓަރލިންގ ޕައުންޑްގެ އަގު އެންމެ ބޮޑަށް އުފުލިފައި ވަނީ ފާއިތުވި ހުކުރު ދުވަހުގައެވެ. ހުކުރު ދުވަހު ޕައުންޑްގެ އަގު ވަނީ އެއް އިންސައްތަ އަށް ވުރެ ބޮޑުތަން އިތުރުވެފައެވެ. މިހާރު ޕައުންޑަކަށް 1.24 ޑޮލަރު ޖެހެއެވެ.
ޕައުންޑްގެ އަގު ބޮޑުވެފައި މިވަނީ އައަރލެންޑްގެ ސިޔާސީ ޕާޓީ ޑިމޮކްރަޓިކް ޔޫނިއަނިސްޓް ޕާޓީ (ޑީޔޫޕީ) އިން ބްރެކްސިޓަށް ފަހު ޔޫރަޕްގެ ބައެއް ގަވައިދުތަކަށް ތަބާވުމަށް ތައްޔާރަށް ތިބިކަމަށް ޓައިމްސް ނޫހުގައި ބުނެފައި ވަނިކޮށެވެ. އެހެން ނަމަވެސް ޑީޔޫޕީ އިން ވަނީ މި ވާހަކަތައް ދޮގު ކޮށްފައެވެ. ޑީޔޫޕީ އަކީ އައަރލެންޑަކީ އިނގިރޭސިވިލާތުގެ ބައެއް ކަމަށް ސަޕޯޓް ކުރާ ޕާޓީއެކެވެ.
ސްޓަރލިންގ ޕައުންޑް ވަނީ ޔޫރޯގެ އަޅާ ބަލާއިރު 0.7 އިންސައްތަ ކުރިއަރާފައެވެ. ޕައުންޑަކަށް 1.12 ޔޫރޯ ޖެހެއެވެ.
މިކަމާ ގުޅިގެން ޖަޕާން ބޭންކް، އެމްޔޫއެފްޖީ ގެ ކަރަންސީ އިކޮނޮމިސްޓް ލީ ހާރޑްމަން ވަނީ ބްރެކްސިޓްގެ ސުންގަނޑި އިތުރުވުމާ ގުޅިގެން މިކަން ވަނީ ކުޑަ ދުވަސްކޮޅެއްގެ ކަމެއް ކަމުގައެވެ. ހާރޑްމަން އިތުރަށް ބުނެފައި ވަނީ ބޭންކް އޮފް އިންގްލޭންޑުން ކުރިއަށް އޮތްތާގައި އިންޓްރެސްޓް ރޭޓް ދަށް ނުކުރާނެ ކަމަށާއި ލަފާ ކުރެވޭ ގޮތުން އަހަރުގެ ބާކީ އޮތް ތަނުގައި އިންޓެރެސްޓް ރޭޓް ހުންނާނީ އެއް ހަމައެއްގައި ހިއްފޭއްޓިފައި ކަމުގައެވެ.
ޔޫކޭގެ ގަނޫނު ހަދާ މަޖިލީހުން ފާސްކުރި އާ ގަވައިދާ އެކު ފާއިތުވި އަށް ދުވަހުގެ ތެރޭގައި ޕައުންޑްގެ އަގު ވަނީ 4 އިންސަތައިން ކުރިއަށް ޖެހިފައެވެ.