ކ. މާލެ
|
13 ސެޕްޓެންބަރ 2019 | ހުކުރު 16:11
ނަމަލް ރާޖަޕަކްސަ އާއި ލިމިނީ ވީރަސިންހެ
ނަމަލް ރާޖަޕަކްސަ އާއި ލިމިނީ ވީރަސިންހެ
ޓްވިޓަރ
ނަމަލް ރާޖަޕަކްސް
ނަމަލް ކައިވެެނި ބައްލަވައިގެންފި
ކައިވެނި ބައްލަވައިގެންނެވި ބުރާސްފަތި ދުވަހު

ސްރީލަންކާގެ ކުރީގެ ރައީސް މަހިންދަ ރާޖަޕަކްސަގެ ދަރިކަލުން ނަމަލް ރާޖަޕަކްސަ ކައިވެނި ބައްލަވައިގެންފިއެވެ.

އުމުރުން 33 އަހަރުގެ ނަމަލް ކައިވެނި ބައްލަވައިގެންނެވީ ލަންކާގެ ވިޔަފާރިވެރިއެއް ކަމަށްވާ ތިލަކް ވީރަސިންހަގެ އަންހެން ދަރިފުޅު ލިމްނީ ވިރާސިންހާއެވެ.

ބުރާސްފަތި ދުވަހު އެ ދެމީހުން ކައިވެނިކޮށްފައިވަނީ ކޮލަމްބޯ ގައި ހުންނަ ގަންގާރަމަ ފައްޅިގައެވެ. އެ ހަފްލާ އަށް ނަމަލްގެ ބައްޕާފުޅު ރާޖަޕަކްސަ އާއި މަންމަ ޝިރާންތީ ރާޖަޕަކްސަގެ އިތުރުން އާއިލާގެ ގިނަ މެމްބަރުން ވަނީ ބައިވެރިވެ ވަޑައިގެންފައެވެ.

ލަންކާގެ ގާނޫނުހަދާ މަޖިލީހުގެ މެމްބަރުކަންވެސް ކުރައްވާ ނަމަލްގެ ކައިވެންޏަށް ލަންކާގެ އިތުރުން ރާއްޖޭގެ ގިނަ ބަޔަކު ވަނީ މަރުހަބާ ކިޔާފައެވެ. ނަމަލްލިމްނީ ހޭޝްޓެގް ޖެއްސެވުމަށް ފަހު ކުރެއްވި ޓްވީޓެއްގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަނީ ނަމަލްއާއި ލިމިނީ އަށް މަރުހަބާ ދަންނަވާފައެވެ.

ކުރީގެ ރައީސް މުހައްމަދު ނަޝީދު އަދި ހާރިޖީ ވަޒީރު އަބްދުﷲ ޝާހިދު ވެސް ވަނީ އެ ދެމަފިރިންނަށް މަރުހަބާ ދަންނަވާފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 ދުވަަސް ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
- ކޮމެންޓް