Advertisement
ކ. މާލެ
|
13 ސެޕްޓެންބަރ 2019 | ހުކުރު 14:03
ޑީޕޯޓް ކޮށްފައިވަނީ 49 އަހަރުގެ ބަންގްލަދޭށް ފިރިހެނެއް ކަމަށްވާ އެމްޑީ ޝަފީގުލް އިސްލާމް
ޑީޕޯޓް ކޮށްފައިވަނީ 49 އަހަރުގެ ބަންގްލަދޭށް ފިރިހެނެއް ކަމަށްވާ އެމްޑީ ޝަފީގުލް އިސްލާމް
ޓްވިޓަރ
ގަވައިދާ ހިލާފަށް އުޅޭ ބިދޭސިން
ގަވައިދާ ހިލާފަށް ބިދޭސިން ރިކްރޫޓް ކުރާކަމުގެ ތުހުމަތުގައި ބިދޭސީއަކު ޑީޕޯޓް ކޮށްފި
ޑީޕޯޓް ކުރެވުނު މީހާއަށް ގަވައިދާ ހިލާފަށް ބިދޭސިން ރިކްރޫޓް ކުރާކަމުގެ ތުހުމަތު ކުރެވޭ
މި މީހާ އަކީ ގަވާއިދާ ހިލާފަށް ފުޅާ ދާއިރާއެއްގައި ވިޔަފާރި ކުރާމީހެއް
އިމިގްރޭޝާންގެ މަގަސަދަކީ ގަވައިދާ ހިލާފުމަށް މެދުވެރިވާ ސަބަބުތައް ހޯދާ، އެ ސަބަބުތައް މަދުކުރުން

މޯލްޑިވްސް އިމިގްރޭޝަން އާއި މޯލްޑިވްސް ޕޮލިސް ސަރވިސް ގުޅިގެން ކުރިއަށް ގެންދާ އޮފަރޭޝަނެއްގެ ދަށުން ގަވައިދާ ހިލާފަށް ބިދޭސިން ރިކްރޫޓް ކުރާކަމުގެ ތުހުމަތުގައި ބިދޭސީއަކު ޑީޕޯޓް ކޮށްފި އެވެ.

ބުރާސްފަތި ދުވަހު ކުރިއަށް ގެންދިޔަ މި ޖޮއިންޓް އޮޕަރޭޝަންގެ ދަށުން ޑީޕޯޓް ކޮށްފައިވަނީ 49 އަހަރުގެ ބަންގްލަދޭށް ފިރިހެނެއް ކަމަށްވާ އެމްޑީ ޝަފީގުލް އިސްލާމް އެވެ. މި މީހާ އަކީ ގަވާއިދާ ހިލާފަށް ފުޅާ ދާއިރާއެއްގައި ވިޔަފާރި ކުރާމީހެއް ކަމުގައިވެސް އިމިގްރޭޝަން އިން ބުނެއެވެ.

މިކަމާ ގުޅިގެން ކޮންޓްރޯލަރ ޖެނެރަލް އޮފް އިމިގްރޭޝަން، މުހައްމަދު އަހްމަދު ހުސައިން ވިދާޅުވީ، މި އޮޕަރޭޝަނަކީ ގަވައިދާ ހިލާފަށް ރާއްޖޭގައި އުޅެމުންދާ ބިދޭސީން މަދުކުރުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން ހިންގުނު ހާއްސަ އޮޕަރޭޝަނެއް ކަމުގައެވެ. އަދި އިމިގްރޭޝަންގެ މަގުސަދަކީ ގަވައިދާ ހިލާފުވުމަށް މެދުވެރިވާ ސަބަބުތައް ހޯދާ، އެ ސަބަބުތައް މަދުކޮށް ނަތީޖާއަކަށް ވާސިލްވުން ކަމުގައި މުހައްމަދު ވިދާޅުވިއެވެ.

Advertisement

މުހައްމަދު އިތުރަށް ވިދާޅުވީ، ޑީޕޯޓް ކޮށްލެވުނު މި މީހާ އަކީ ގިނަ އަދަދެއްގެ ބިދޭސީން ތަކެއް ގަވައިދާ ހިލާފުވުމަށް މެދުވެރިވި ސަބަބެއް ކަމުގައެވެ.

މިހާރުވެސް ރާއްޖޭގައި ލައްކަ އަކަށް ވުރެ ގިނަ ބިދޭސީން އުޅޭކަމަށް އިމިގްރޭޝަންގެ ތަފާސް ހިސާބުތަށް ދައްކާއިރު، އޭގެތެރެއިން 63،000 އަށް ވުރެ ގިނަ ބިދޭސީންނަކީ ގަވައިދާ ޚިލާފަށް އުޅޭ ބިދޭސީންނެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: އަމަން ހަލީމް
- ކޮމެންޓް