Advertisement
ކ. މާލެ
|
12 ސެޕްޓެންބަރ 2019 | ބުރާސްފަތި 17:23
ޕްލޭނިންގް މިނިސްޓްރީން ޕްރޮޖެކްޓެއް އެވާރޑް ކުރަނީ - މިނިސްޓްރީން މިއަހަރު ގިނަ ޕްރޮޖެކްޓުތަކެއް އެވާރޑްކޮށްފައިވޭ
ޕްލޭނިންގް މިނިސްޓްރީން ޕްރޮޖެކްޓެއް އެވާރޑް ކުރަނީ - މިނިސްޓްރީން މިއަހަރު ގިނަ ޕްރޮޖެކްޓުތަކެއް އެވާރޑްކޮށްފައިވޭ
މިނިސްޓްރީ އޮފް ޕްލޭނިންގ އެންޑް އިންފްރާސްޓްރަކްޗަރ
ޕްލޭނިންގ މިނިސްޓްރީ
އަހަރުގެ މިހާތަނަށް ހަވާލުކުރެވިފައިހުރި ތަރައްޤީގެ މަޝްރޫއުތަކުގެ އަގު 2.5 ބިލިއަނަށްވުރެ މަތި: މިނިސްޓްރީ
1.8 ބިލިއަން ރުފިޔާގެ މަސައްކަތް ތަފާތު އެކި ކުންފުނިތަކަށް ހަވާލުކުރެވިފައިވޭ
ސަރުކާރުގެ އޮފީސްތަކުން ހުށައަޅާފައިވާ އައު މަޝްރޫއުތަައްވެސް ވިލަރެސްކުރާނެ
ބަނދަރު ހެދުމުގެ މަޝްރޫއުތަކުގެ ޖުމުލަ އަގު 954 މިލިއަން ރުފިޔާއަށްވުރެ ބޮޑު

އަހަރުގެ ދެވަނަ ކުއާޓަރ ނިމޭއިރު އެވާރޑް ކުރެވިފައި ހުރި މަޝްރޫއުތަކުގެ އަގު 2.5 ބިލިއަން ރުފިޔާއަށްވުރެ މަތިވާނެ ކަމަށް މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ އެންޑް އިންފްރާސްޓްރަކްޗަރ އިން ބުނެފިއެވެ.

ސަރުކާރުގެ ވުޒާރާތަކުގެ މައުލޫމާތު ދިނުމަށް "ނުވަގަޑި މީޑިއާ" ނަމުގައި ކުރިއަށްގެންދާ ސިލްސިލާ މައުލޫމާތު ބައްދަލުވުންތަކުގެ ދަށުން ބުރާސްފަތި ދުވަހު މީޑިއާއާ ބައްދަލުކުރައްވައި މިނިސްޓްރީގެ ޕްރޮގްރާމް އެންޑް ޕްރޮޖެކްޓް ޑިޕާޓްމަންޓުގެ ޑެޕިއުޓީ ޑިރެކްޓާ ޖެނެރަލް އަންވަރު އަލީ ވިދާޅުވީ، އަހަރުގެ މިހައި ހިސާބަށް ދެ ކުއާޓަރގެ މައުލޫމާތު އެއްކުރި އިރުގައި 1.8 ބިލިއަން ރުފިޔާގެ މަސައްކަތް ތަފާތު އެކި ކުންފުނިތަކަށް ހަވާލުކުރެވިފައިވާ ކަމަށާއި، ދެވަނަ ކުއާޓަރ ނިމުމަކާއި ހަމައަށް ދާއިރުގައި ޖުމުލަ އެވާރޑް ކުރެވިފައި ހުރި މަޝްރޫއުތަކުގެ އަގު 2.5 ބިލިއަނަށްވުރެ އިތުރު ކަމަށެވެ.

Advertisement

މިހާރު އަޅުގަނޑުމެން ރެކޯރޑްތަކުން ދައްކާގޮތުން އަދި އޭގެ އިތުރުން މިހާރު މި ދެވަނަ ކުއާޓަރ ނިމުމަކާއި ހަމައަށް ދާއިރުގައި ޖުމުލަ އެވާރޑް ކުރެވިފައި ހުރި މަޝްރޫއުތަކުގެ އަގު 2.5 ބިލިއަނަށްވުރެ މައްޗަށް އަރައިގެންދާނެ، އަދި އޭގެ އިތުރުން މިދިޔަ އަހަރުގެ ޕްރޮޖެކްޓް ތަކުގެ ތެރެއިން މިއަހަރަށް ކުރިއަށް ގެންދާގޮތަށް ހުރި ޕްރޮޖެކްޓްތަކަށް މިހާރު ކުރިއަށްދާ އެއްޗެއްސާ އެއްކޮށްލައިގެން މިއަހަރުގެ ޖޫން މަހުގެ ނިޔަލަށް ޕަބްލިކް ސެކެޓާރގެ ޕްރޮގްރާމް ތެރެއިންވެސް 2.2 ބިލިއަން ރުފިޔާ އެކިއެކި ފަރާތްތަކަށް މަޝްރޫއު ހިންގަމުންދާ ފަރާތްތަކަށް މިހާރު ވާނީ ދޫކުރެވިފައި.
ޕްލޭނިންގ މިނިސްޓްރީގެ ޑެޕިއުޓީ ޑިރެކްޓާ ޖެނެރަލް އަންވަރު އަލީ

އަންވަރު އިތުރަށް ވިދާޅުވީ، އުމްރާނީ ތަރައްޤީގެ ދުވެލި ދަށްކަމަށް ޤަބޫލު ނުކުރެވޭ ކަމަށާއި، ކުރިއަށްވެސް ގިނަ މަޝްރޫއުތަކެއް ރޭވިފައިވާ ކަމަށެވެ. އެގޮތުން މި އަހަރުގެ ބަޖެޓުގައި ފައިސާ އެކަށައެޅިފައިވާ ހުރިހާ މަޝްރޫއެއްވެސް މިއަހަރު ނިމުމުގެ ކުރިން ފަށައި އެ މަސައްކަތްތައް ކުރިއަށްގެންދިއުމަށް ތާވަލު ކުރެވިފައިވާ ކަމަށް މިނިސްޓްރީން ބުނެއެވެ.

އޭގެއިތުރުން، 2020 ވަނަ އަހަރުގެ ދައުލަތުގެ ބަޖެޓުގައި ހިމެނުމަށް ސަރުކާރުގެ އޮފީސްތަކުން ހުށައަޅާފައިވާ އައު މަޝްރޫއުތަައްވެސް ވިލަރެސް ކުރުމުގެ މަސައްކަތް ކުރިއަށްދާކަމަށް މިނިސްޓްރީން މައުލޫމާތުދެއެވެ.

މި ސަރުކާރު އައުމަށްފަހު މިހާތަނަށް އުމްރާނީ ތަރައްޤީގެ ގިނަ މަޝްރޫއުތަކެއްގައި ސޮއިކޮށްފައިވާއިރު، ބަނދަރު ހެދުމުގެ މަޝްރޫއުތަކުގެ ޖުމުލަ އަގު 954 މިލިއަން ރުފިޔާއަށްވުރެ ބޮޑެވެ. އޭގެ އިތުރުން ފެނާއި ނަރުދަމާގެ ނިޒާމު ޤާއިމު ކުރުމަށް 513 މިލިއަނަށްވުރެ ގިނަ ރުފިޔާގެ މަޝްރޫއުތަކުގައި ސޮއިކޮށްފައިވާއިރު، މަގު ހެދުމުގެ މަޝްރޫއުތަކުގެ އަގު 203 މިލިއަނަށްވުރެ އިތުރެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
- ކޮމެންޓް