Advertisement
ކ. މާލެ
|
10 ސެޕްޓެންބަރ 2019 | އަންގާރަ 22:58
ސްރީލަންކާއިން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ރައީސްގެ އަރިހަށް ވަދާޢީ ޒިޔާރަތް ކުރައްވަނީ
ސްރީލަންކާއިން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ރައީސްގެ އަރިހަށް ވަދާޢީ ޒިޔާރަތް ކުރައްވަނީ
ރައީސް އޮފީސް
ރައީސް
ސްރީލަންކާއިން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ރައީސްގެ އަރިހަށް ވަދާޢީ ޒިޔާރަތް ކުރައްވައިފި
މި ބައްދަލުކުރެއްވުން އޮތީ، އަންގާރަ ދުވަހުގެ މެންދުރުފަހު

ސްރީލަންކާއިން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު މޭޖަރ ޖެނެރަލް ރިޓަޔަޑް ބީ. އާރ. ޑަބްލިޔު. އާރ. އޭ. ބީ. ތޮރަޑެނިޔަ، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙްގެ އަރިހަށް ވަދާއީ ޒިޔާރަތެއް ކުރައްވައިފިއެވެ.

މި ބައްދަލުކުރެއްވުން އޮތީ، އަންގާރަ ދުވަހުގެ މެންދުރު ފަހު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ.

މި ބައްދަލުކޮށްލެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ސްރީލަންކާގެ ސަފީރުގެ، ސަފީރުކަމުގެ ދައުރުގައި އެކިއެކި ދާއިރާއިން ރާއްޖެއާ ސްރީލަންކާއާ ގުޅުން ބަދަހިކުރެއްވުމަށް ކުރެއްވި މަސައްކަތްޕުޅު ފާހަގަކުރައްވައި އެކަމަށްޓަކައި ޝުކުރު އަދާކުރައްވާފައެވެ. އަދި، ރާއްޖެ އާއި ސްރީލަންކާއާ ދެ ޤައުމުގެ މެދުގައި އޮތް ގާތް އެކުވެރި ގުޅުން ކުރިޔަށް އޮތް އަހަރުތަކުގައި އިތުރަށް ބަދަހިވެގެންދާނެ ކަމަށް އުންމީދު ކުރައްވާ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

Advertisement

މި ބައްދަލުކުރެއްވުމުގައި ސްރީލަންކާގެ ސަފީރު ދެއްކެވި ވާހަކަފުޅުގައި ލަންކާ ސަރުކާރުގެ ސަފީރެއްގެ ހައިޞިއްޔަތުން ރާއްޖޭގައި ޚިދުމަތްކުރެއްވުމުގެ ފުރުޞަތު ލިބިވަޑައިގެންނެވީތީ އުފާކުރައްވާ ކަމުގައި ވިދާޅުވިއެވެ.

މި ބައްދަލުކުރެއްވުން ނިންމަވާލައްވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ ލަންކާގެ ސަފީރަށް ކުރިމަގުގައި ކާމިޔާބީއަށް އެދިވަޑައިގަންނަވައިފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް