Advertisement
ކ. މާލެ
|
10 ސެޕްޓެންބަރ 2019 | އަންގާރަ 13:15
ވަގަށް އެތެރެކޮށްފައިވާ ކަމަށް ބެލެވޭ ސައިކަލުތަކެއް - ޓްވިޓަރ
ވަގަށް އެތެރެކޮށްފައިވާ ކަމަށް ބެލެވޭ ސައިކަލުތަކެއް - ޓްވިޓަރ
ޓްވިޓަރ
ކަސްޓަމްސް ސަރވިސް
ވަގަށް ވެހިކަލް އެތެރެކުރި މައްސަލައާ ގުޅިގެން ކަސްޓަމްސްގެ 2 އޮފިސަރުން ސަސްޕެންޑްކޮށްފި
ވެހިކަލްތަކުގެ ޖުމްލަ ސީ.އެންޑް.އެފް އަގު 586،000 ރުފިޔާއަށް އަރާ
އެއްވެސް މައުލޫމާތެއް ސިއްރު ނުކުރައްވާނެ ކަމަށް ނުއުމާން ވިދާޅުވި
ތަހުޤީޤު ނިމެންދެން ދެ އޮފިސަރުން ވަނީ ސަސްޕެންޑް ކުރެވިފައި

ނިމިދިޔަ އޮގަސްޓް މަހުގެ 24 ގައި ރާއްޖެއަށް ލަކުޑި އެތެރެކުރުމުގެ ނަމުގައި ވަގަށް ވެހިކަލްތަކެއް އެތެރެކުރި މައްސަލައާ ގުޅިގެން މޯލްޑިވްސް ކަސްޓަމްސް ސާރވިސްގެ ދެ އޮފިސަރުން ސަސްޕެންޑް ކޮށްފިއެވެ.

އެކަމާ ގުޅޭގޮތުން ކަސްޓަމްސްގެ މީޑިއާ އޮފިޝަލު ވިދާޅުވީ، މައްސަލަ ބަލައި މައްސަލައިގެ ތަހުޤީޤު ނިމެންދެން ދެ އޮފިސަރުން ސަސްޕެންޑް ކޮށްފައިވާ ކަމަށެވެ.

ކަސްޓަމްސްއިން ބުނީ އޮގަސްޓް 24 ގައި ރާއްޖެއަށް ލަކުޑި އެތެރެކުރުމުގެ ނަމުގައި ގެނެވުނު 2 ކޮންޓެއިނަރެއްގައި ކާރާއި ސައިކަލްތަކެއް ވަގަށް އެތެރެކުރަމުންދާކަމުގެ މައުލޫމާތު ލިބުމުން ކަސްޓަމްސްއާ މޯލްޑިވްސް ޕޮލިސް ސަރވިސް ގުޅިގެން ހިންގުނު އޮޕަރޭޝަނުން މިހާތަނަށް 3 ކާރު، 2 ޕިކަޕް، 2 ވޭން އަދި 14 ސައިކަލު ކަސްޓަމްސްގެ ބެލުމުގެ ދަށަށް ގެނެވިފައިވާ ކަމަށެވެ.

Advertisement

އެގޮތުން މިވެހިކަލްތަކުގެ ޖުމްލަ ސީ.އެންޑް.އެފް އަގު 586،000 (ފަސްލައްކަ އަށްޑިހަ ހަހާސް) ރުފިޔާއަށް އަންދާޒާ ކުރެވޭއިރު މިތަކެތީގެ އިމްޕޯޓު ޑިއުޓީގެ ގޮތުގައި ދައުލަތަށް 558،000 (ފަސްލައްކަ ފަންސާސްއަށް) ރުފިޔާ ލިބެންޖެހޭނެ ކަމަށް އަންދާޒާ ކުރެވޭ ކަމަށްވެސް ކަސްޓަމްސްއިން ވަނީ ބުނެފައެވެ.

އެކަމާގުޅޭގޮތުން ކަސްޓަމްސްގެ ކޮމިޝަނަރ ޖެނެރަލް އަހުމަދު ނުއުމާނު ކުރެއްވި ޓްވީޓެއްގައި ވަނީ މިފަދަ މައްސަލަތައް ތަހުޤީޤު ކުރުމުގައި ފަސްޖެހިވަޑައި ނުގަންނަވާނެ ކަމަށާއި، އެއްވެސް މައުލޫމާތެއް ސިއްރު ނުކުރައްވާނެ ކަމަށް ވިދާޅުވެފައެވެ.

އޭގެ އިތުރުން، މިފަދަ މައްސަލަތަކާ ގުޅިގެން ކަސްޓަމްސްއިން ފޯރުކޮށްދެވޭ ޚިދުމަތްތަކާއި މުއައްސަސާގެ ނަޒާހަތްތެރިކަން ގާއިމްކޮށް ނެގެހެއްޓުމަށް އަޅަންޖެހުނު ކޮންމެ ފިޔަވަޅެއް އެއްވެސް ފަސްޖެހުމެއްނެތި އަޅަމުންދާނެކަމަށް ކަސްޓަމްސްއިން ވަނީ ބުނެފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
- ކޮމެންޓް
10 ސެޕްޓެންބަރ 2019 | އަންގާރަ 22:52
ޙި
ކޮންޓެއި ނާ ޕޯޓުން ބޭރައް ގެންދަނީ ނަމަ ވިސްނަވާ