Advertisement
ކ. މާލެ
|
8 ސެޕްޓެންބަރ 2019 | އާދީއްތަ 16:46
މި ބައްދަލުވުމުގެ ބައިވެރިން ވަނީ ކަނޑުމަތީގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް ގާނޫނަށް ގެންނަންޖެހޭ ބަދަލުތަކާއި ބެހޭގޮތުން މަޝްވަރާ ކުރައްވާފަ
މި ބައްދަލުވުމުގެ ބައިވެރިން ވަނީ ކަނޑުމަތީގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް ގާނޫނަށް ގެންނަންޖެހޭ ބަދަލުތަކާއި ބެހޭގޮތުން މަޝްވަރާ ކުރައްވާފަ
ރައީސް އޮފީސް
ނައިބު ރައީސް ފައިސަލް
ކަނޑުމަތީގެ ސަލާމަތާއި ރައްކާތެރިކަމާ ބެހޭގޮތުން ނައިބު ރައީސް މަޝްވަރާކުރައްވައިފި
ބައްދަލުވުން ކުރިއަށް ގެންދިޔައީ ރައީސް އޮފީހުގައި
ބައްދަލުވުމުގައި އެމްއެންޑީއެފް، ކޯސްޓްގާޑް އަދި ޓްރާންސްޕޯރޓް މިނިސްޓްރީގެ ފަރާތްތައް ބައިވެރިވި
މަޝްވަރާ ކުރެވުނު މައިގަނޑު ކަންތައްތަކުގެ ތެރޭގައި ކަނޑުމަތީގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް އެޅޭނެ އިތުރު ފިޔަވަޅުތައް ހިމެނޭ

ކަނޑުމަތީގެ ސަލާމަތާއި ރައްކާތެރިކަމާ ބެހޭގޮތުން ނައިބު ރައީސް ފައިސަލް ނަސީމް، ކަމާބެހޭ ފަރާތްތަކާއެކު މަޝްވަރާ ކުރައްވައިފިއެވެ.

އާދިއްތަ ދުވަހުގެ މެންދުރު ފަހު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ބައްދަލުވުމުގައި ޓްރާންސްޕޯޓް މިނިސްޓްރީ، ކޯސްޓް ގާޑް އަދި މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯރސްގެ އިސް ބޭފުޅުން ބައިވެރިވެ ވަޑައިގެންނެވިއެވެ.

Advertisement

މި މަޝްވަރާ ބައްދަލުވުމުގައި ވާހަކަ ދެއްކެވުނު މައިގަނޑު ކަންތައްތަކަކީ ކަނޑުމަތީގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމަށް އިތުރަށް އެޅޭނެ ފިޔަވަޅުތަކާއި ގާނޫނަށް ގެންނަންޖެހޭ ބަދަލުތަކާ ކަނޑުމަތީގެ ހާދިސާއެއް ހިނގާއިރު ކަމާބެހޭ އިދާރާތަކަށް އެކަން އެނގޭނެ ނިޒާމެއް ގާއިމްކުރުން ފަދަ ކަންކަމެވެ. މި ބައްދަލުވުމުގައި އެ ބޭފުޅުން ވަނީ ކަނޑުމަތީގެ ރައްކާތެރިކަމާބެހޭގޮތުން މީހުން ހޭލުންތެރިކުރުވުމާއި، ކުދި އުޅަނދު ފަހަރު ބޭނުންކުރުމުގައި ސަމާލުކަން ދޭންޖެހޭ ކަންކަމާއި ބެހޭގޮތުންވެސް މަޝްވަރާ ކުރައްވާފައެވެ.

މީގެ އިތުރުން، ކުރިން ހެދިފައިވާ ގާނޫނުތަކާ ގަވައިދުތައް ރަނގަޅަށް ތަންފީޒުކުރެވޭތޯ ބަލައި، މިފަދަ ގަވާއިދުތައް ތަންފީޒުކުރުމުގައި ކައުންސިލްތަށް ބާރުވެރިކުރުވުމުގެ މުހިންމުކަން ފާހަގަކުރައްވާ ބައްދަލުވުމުގެ ބައިވެރިން ވަނީ ނެޝަނަލް ސަރޗް އެންޑް ރެސްކިއު ކޮމިޓީ މެދުވެރިކޮށް މިކަންކަމަށް ހައްލު ހޯދުން މުހިންކަމަށް ވިދާޅުވެފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް