Advertisement
ކ. މާލެ
|
7 ސެޕްޓެންބަރ 2019 | ހޮނިހިރު 22:35
ވައިޓް އެލަރޓް ނެރެފައިވަނީ ހޮނިހިރު ދުވަހުގެ ރޭ 18:15 އިން ފެށިގެން 23:15 އަށް
ވައިޓް އެލަރޓް ނެރެފައިވަނީ ހޮނިހިރު ދުވަހުގެ ރޭ 18:15 އިން ފެށިގެން 23:15 އަށް
ޓްވިޓަރ
މޫސުން
ބ. އަތޮޅުން މ. އަތޮޅަށް ވައިޓް އެލަރޓް ނެރެފި
މިސަރަހައްދަށް ބޯކޮށް ވާރޭ ވެހުމާއެކު ގުގުރާނެ
ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 40 މޭލަށް ވައި ގަދަވާނެ
ކުރިއަށް އޮތް 12 ގަޑި އިރު ތެރޭގައި ކަނޑުތައް އާދައިގެ ވަރަކަށް މަޑުވެފައި ވިލާގަނޑުގައި އާދައިގެ ވަރަކަށް ގަދަވާނެ

ބ. އަތޮޅުން ފެށިގެން މ. އަތޮޅަށް ވައިޓް އެލަރޓް ނެރެފިއެވެ.

މޫސުމާބެހޭ އިދާރާ އިން މި ސަރަހައްދަށް ވައިޓް އެލަރޓް ނެރެފައިވަނީ ހޮނިހިރު ދުވަހުގެ ރޭ 18:15 އިން ފެށިގެން 23:15 އަށެވެ.

މިސަރަހައްދުގެ މޫސުން ލަފާކުރާ ގޮތުގައި ބޯކޮށް ވާރޭ ވެހުމާއެކު ގުގުރާނެ ކަމަށް މޫސުމާބެހޭ އިދާރާއިން މައުލޫމާތުދެއެވެ. އަދި ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 40 މޭލަށް ވައި ގަދަވާނެ ކަމަށް ވެސް އެ އިދާރާއިން މައުލޫމާތު ދެއެވެ.

Advertisement

ހޮނިހިރު ދުވަހުގެ ރޭ 8:00 އިން އާދިއްތަ ދުވަހުގެ ރޭ 8:00 އަށް، މެދުތެރެއާއި ދެކުނުގެ އެކިހިސާބަށް ގުގުރުމާއެކު ވިއްސާރަކުރާނެ ކަމަށާއި މީގެތެރެއިން ބައެއް ރަށްތަކަށް ބޯކޮށް ވާރެވެހޭނެ ކަމަށް ލަފާކުރެވޭ ކަމަށް މޫސުމާބެހޭ އިދާރާއިން ބުނެއެވެ. އުތުރުގެ އެކިހިސާބަށް ގުގުރުމާއެކު ކެރީގެ އަސަރު ފޯރުން އެކަށީގެންވާ ކަމަށް ވެސް އެ އިދާރާއިން ބުނެއެވެ.

ދެކުނުގެ އަތޮޅުތަކަށް އިރުދެކުނާއި ދެކުނުން، އެހެން ހިސާބުތަކަށް ދެކުނާއި ހުޅަނގުދެކުނުން ގަޑިއަކު 05 މޭލާއި 15 މޭލާ ދެމެދުގެ ބާރު މިނުގައި ވައި ޖެހޭނެ ކަމަށާ ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 35 މޭލު ބާރުމިނަށް ވައިގަދަވުން އެކަށީގެންވާ ކަމަށް ވެސް އެ އިދާރާއިން ބުނެއެވެ.

ކުރިއަށް އޮތް 12 ގަޑިއިރު ތެރޭގައި ކަނޑުތައް އާދައިގެ ވަރަކަށް މަޑުވެފައި ވިލާގަނޑުގައި އާދައިގެ ވަރަކަށް ގަދަވާނެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް