Advertisement
ކ. މާލެ
|
7 ސެޕްޓެންބަރ 2019 | ހޮނިހިރު 12:28
ރައްޔިތުންގެ މަޖިލީހުގެ ރައީސް ރައީސް މުހައްމަދު ނަޝީދު
ރައްޔިތުންގެ މަޖިލީހުގެ ރައީސް ރައީސް މުހައްމަދު ނަޝީދު
ޝުއައިބް މުހައްމަދު އިގްބާލް
ނޫސްވެރިޔާ އަހުމަދު ރިލްވާން
އިތުބާރު ގެއްލޭ ގޮތަށް ފުލުހުންގެ މަދު ބަޔަކު ވާހަކަ ދައްކަވާތީ ރައީސް ނަޝީދު ކަންބޮޑުވުން ފާޅުކުރައްވައިފި
އޮޅުވާލައިގެން ކޯޓު އަމުރު ހޯދުމަކީ ކުށެއް ނޫންތޯ ސުވާލު އުފެއްދެވި
2 ފުލުހުން ހައްޔަރުކުރަންޖެހޭ ގާނޫނީ ސަބަބެއް ނެތްކަމަށް ފުލުހުން ބުނެފައިވޭ
އިންޓެލިޖެންސްއިން ހިންގާފައިވާ އޮޕަރޭޝަންސްތައް ތަހުޤީޤު ކުރާނެ

މޯލްޑިވްސް ޕޮލިސް ސާރވިސްގެ މައްޗަށް އޮންނަ އިތުބާރު ގެއްލޭ ގޮތަށް ފުލުހުންގެ ތެރެއިން މަދު ބަޔަކު ވާހަަކަ ދައްކަވާކަމަށް ވިދާޅުވެ ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ.

ރަހީނުކޮށް މަރާލާފައިވާ ނޫސްވެރިޔާ އަހުމަދު ރިލްވާންގެ މައްސަލާގައި 2 ފުލުހުން ހައްޔަރުކުރަންޖެހޭ ގާނޫނީ ސަބަބެއް ނެތްކަމަށް ކޮމިޝަނާއި ހަވާލާދީ ފުލުހުން ބުނެފައިވާއިރު، ހޮނިހިރު ދުވަހު ރައީސް ނަޝީދު ކުރެއްވި ޓްވީޓެއްގައި ވަނީ ރިލްވާނުގެ ފޯނު އަޑުއެހުމަށާއި، ރިލްވާނަށް ފާރަލުމަށް އޮޅުވާލައިގެން ކޯޓު އަމުރު ހޯދުމަކީ ކުށެއް ނޫންތޯ ސުވާލު އުފައްދާފައެވެ.

Advertisement

އެގޮތުން ރައީސް ނަޝީދު ވިދާޅުވީ، ފުލުހުންގެ މައްޗަށް އޮންނަ އިތުބާރު ގެއްލޭފަދަ ވާހަކަތައް އެ އިދާރާގެ މަދު ބަޔަކު ދައްކަވާތީ ހިތާމަކުރައްވާ ކަމަށެވެ.

ރައީސް ނަޝީދު އެހެން ވިދާޅުވެފައިވާއިރު، ރިލްވާން އަބްދުﷲ މަރާލި މައްސަލާގައި ޝާމިލްވާ 2 ފުލުހުން ހައްޔަރުކުރަންޖެހޭފަދަ ގާނޫނީ ސަބަބެއް އޮތްކަމަށް ނުދެކޭކަމަށް މަރާލަފައިވާ މީހުންނާއި ގެއްލުވާލައިފައިވާ މީހުންގެ މައްސަލަތައް ތަހުގީގުކުރުމަށް އެކުލަވާފައިވާ ރިޔާސީ ކޮމިޝަނުން ބުނެފައިވާ ކަމަށް މޯލްޑިވިސް ޕޮލިސް ސާރވިސްއިން ބުނެފިއެވެ.

1 ސެޕްޓެމްބަރު 2019 ގައި މަރުތައް ތަހުގީގުކުރާ ކޮމިޝަނުން ރިލްވާން މަރާލުމާއި ގުޅޭގޮތުން ހާމަކުރި ކަންކަމާއި ގުޅިގެން ހުކުރު ދުވަހުގެރޭ ފުލުހުން ނެރެފައިވާ ނޫސް ބަޔާނެއްގައި ބުނެފައިވަނީ ތަހުގީގު ރިޕޯޓުން ބައެއް ފުލުހުންގެ އިހުމާލު ފާހަގަކޮށްފައިވާތީ އެ ފަރާތްތަކުގެ މައްސަލަ ބަލައި ތަހްގީގުކޮށް، ފިޔަވަޅު އަޅައިދިނުމަށް އެޓާރނީ ޖެނެރަލްގެ އޮފީހުންވެސް އަންގާފައިވާކަމަށެވެ. އަދި ތަހްގީގުކުރާއިރު މައްސަލާގައި ހިމެނޭ ދެ ފުލުހުން މުޖްތަމައުއަށް ދޫވެފައިތިބުމަކީ މައްސަލައިގެ މިނިވަން ތަހްގީގެއް ހިންގުމަށް ހުރަސް އެޅިދާނެ ކަމެއްކަމަށް ފެންނާތީ އެ ފުލުހުން ހައްޔަރުކުރުމަށް ކްރިމިނަލް ކޯޓުގައި އެދުމަށްވެސް އޭޖީ އެދިފައިވާކަމަށް ފުލުހުން ބުންޏެވެ.

މި މައްސަލަ އާއި ގުޅޭގޮތުން ރިލްވާންގެ ޕާސްޕޯޓު ހޯދުމާއި ގުޅޭގޮތުން އެމްއެންޑީއެފްގެ ކާރނަލް އަބްދުލް ރައޫފް، ކުރީގެ ނައިބު ރައީސު އަދީބާއި މުއާމަލާތްކޮށްފައިވާތީ އޭނާގެ މައްސަލަ ބަލައި ތަހްގީގުކުރުމަށް ލަފާދެއްވާފައިވާކަމަށްވެސް ބަޔާނުގައިވެއެވެ.

މިކަމާއި ގުޅިގެން މައްސަލަތައް އިތުރަށް ތަހުގީގުކުރުމަށްޓަކައި ކޮމިޝަނުން ތައްޔާރުކޮށްފައިވާ ޑްރާފްޓް ރިޕޯޓާއި ހޯދާފައިވާ މައުލޫމާތު ހިއްސާކޮށްދެއްވުމަށް މަރުތަކާއި ބެހޭ ކޮމިޝަނުގައި ދަންނަވާފައިވާނެކަމަށާއި އެޓާރނީ ޖެނެރަލް އެ ދެ ފުލުހުންގެ މައްސަލަ ތަހުގީގުކުރުމަށް އެދުމުގެ ކުރިންވެސް އިދާރީ މައްސަލައެއްގެ ގޮތުގައި ތަހުގީގުކުރަން ފަށާފައިވާކަމަށް ފުލުހުން ވަނީ ބުނެފައިވެއެވެ. އަދި 5 ސެޕްޓެމްބަރުގައި އެ ދެ ފުލުހުން ވަޒީފާގެ މައްސޫލިއްޔަތުތަކުން ދުރުކުރެވި، އިދާރީ މައްސަލަތައް ބަލާ ތަހްގީގުކުރުމަށް ހަމަޖެހިފައިވާ އުސޫލުގެ ދަށުން މައްސަލަ ބަލާ ޑިސިޕްލެނަރީ ބޯޑަށް މައްސަލަ ހުށަހެލުމަށް ދަނީ ތައްޔާރުވަމުންކަމަށް ބަޔާނުގައި ވަނީ ފާހަގަކޮށްފައިވެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
- ކޮމެންޓް