Advertisement
ކ. މާލެ
|
6 ސެޕްޓެންބަރ 2019 | ހުކުރު 09:55
ފޮރިންގ މިނިސްޓަރ ޗައިނާގެ އޮފިޝަލުންތަކަކާއެކު
ފޮރިންގ މިނިސްޓަރ ޗައިނާގެ އޮފިޝަލުންތަކަކާއެކު
ފޮރިން މިނިސްޓްރީ
ރާއްޖެ އާއި ޗައިނާ
ފޮރިންގ މިނިސްޓަރ ޝާހިދު މިމަހުގެ ތެރޭގައި ޗައިނާއަށް ވަޑައިގަންނަވަނީ
މަޤާމާ ހަވާލުވެވަޑައިގަތް ފަހުން ޗައިނާއަށް ކުރައްވާ ފުރަތަމަ ދަތުރުފުޅު
ދެ ޤައުމުގެ ޚާރިޖީ ގުޅުންތައް އިތުރަށް ވަރުގަދަވެގެންދާނެ

މި މަހުގެ ތެރޭގައި ޗައިނާއަށް ވަޑައިގަންނަވާނެ ކަމަށް މިނިސްޓަރ އޮފް ފޮރިންގ އެފެއާޒް އަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.

Advertisement

ބުރާސްފަތި ދުވަހު މިނިސްޓަރ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ފޮރިން މިނިސްޓްރީގެ އިމާރާތުގެ މަސައްކަތްތައް ޗައިނާގެ އެހީއާއެކު ކުރެވޭއިރު، މި ހިނގާ ސެޕްޓެމްބަރު މަހުގެ ތެރޭގައި ޗައިނާއަށް ވަޑައިގެންނެވުމަށް ހަމަޖެހިފައިވާ ކަމަށެވެ. އަދި މިއީ މިނިސްޓަރުކަމާ ހާވާލުވެވަޑައިގަތް ފަހުން ޗައިނާއަށް ދަތުރުކުރައްވާ ފުރަތަމަ ފަހަރު ކަމަށް މިނިސްޓަރ ވިދާޅުވި އެވެ.

މިނިސްޓަރ އިތުރަށް ވިދާޅުވީ، މި ދަތުރުފުޅަކީ ދެ ޤައުމުގެ ދެމެދުގައި އޮންނަ ގުޅުން ވަރުގަދަކޮށް ޚާރިޖީ ގުޅުންތައް އިތުރަށް ވަރުގަދަވެގެންދާނެ ކަމެއް ކަމަށެވެ.

މިނިސްޓަރ އެހެން ވިދާޅުވެފައިވާއިރު، ބުރާސްފަތި ދުވަހު މިނިސްޓަރ ވަނީ ޗައިނާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ޖަންގް ލިޖޮންގްއާ ބައްދަލުކުރައްވާފައެވެ. އެގޮތުން މި ބައްދަލުކުރެއްވުމުގައި މިނިސްޓަރ ޝާހިދު ޗައިނާއަށް ކުރެއްވުމަށް ހަމަޖެހިފައިވާ ރަސްމީ ދަތުރުފުޅުގެ ތައްޔާރީތަކާއި، މަޝްވަރާކުރައްވާނެ ކަންތައްތަކާއި ބެހޭ ގޮތުން ވާހަކަ ދައްކަވާފައިވާއިރު، ދެޤައުމު ގުޅިގެން ކުރިއަށްދާ އެކި ޕްރޮޖެކްޓްތަކުގެ އެންމެ ފަހުގެ މައުލޫމާތުތައްވެސް ވަނީ ހިއްސާކުރައްވާފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
- ކޮމެންޓް