އެމެރިކާގައި ކުރިޔަށްދާ ޔޫއެސް އޯޕަން ޓެނިސް މުބާރާތުގެ ސެމީ ފައިނަލަށް ސްޕެއިންގެ ރަފޭލް ނަދާލް ދަތުރުކޮށްފިއެވެ.
33 އަހަރުގެ ނަދާލް މި މެޗު ކާމިޔާބުކުރީ ސީދާ ތިން ސެޓުންނެވެ.
މެޗުގެ ސެޓުތައް ނަދާލް ގެންދިޔައީ 6-4، 7-5 އަދި 6-2 ގެ ނަތީޖާ އަކުންނެވެ.
ސެމީ ފައިނަލުގައި ނަޑާލް ބައްދަލުކުރާނީ މި މުބާރާތުގެ 24 ވަނަ އަށް ރޭންކް ކުރެވިފައިވާ މަޓޯ ބަރްޓަލީއާއެވެ.
މަޓޯ ބަރްޓަލީ މި މުބާރާތުގެ ސެމީ އިން ޖާގަ ހޯދީ ކުއާޓާ ފައިނަލުގައި މޮންފިލްސް ބަލި ކުރުމަށްފަހުގައެވެ.
ކުއާޓާގެ މެޗަށް ފަހު ވާހަކަ ދައްކަމުން ނަދާލް ބުނީ ފިޒިކަލީ އޭނާ ހުރީ ވަރަށް ފިޓްކޮށް ކަމަށާއި ހޫނު ގަދަ ވުމުގެ ސަބަބުން ދަތިތަކަކާއި ދިމާވާ ކަމަށެވެ. މީގެ އިތުރުން ނަދާލް ބުނީ މި މެޗުން މޮޅުވީ ވަރަށް އުނދަގުލުން ކަމަށާއި އޭނާ އާއި ވާދަކުރި ކުޅުންތެރިޔަކީ ހުރިހާ ގޮތަކުން ވެސް މޮޅު ކުޅުންތެރިޔެއް ކަމަށާއި މުސްތަގުބަލުގައި އޭނާއަށް ކާމިޔާބީއަށް އެދޭކަމަށެވެ.
މި މުބާރާތުގެ ފޭވަރިޓުގެ ގޮތުގައި ބެލެވޭ ނަދާލް މި މުބާރާތް ކާމިޔާބު ކޮށްފި ކަމަށްވާނަމަ އޭނާ، މި މުބާރާތް އެންމެ ގިނަ ފަހަރު ކާމިޔާބު ކޮށްފައިވާ ރޮޖާ ފެޑްރާ އާއި އަރާ ހަމަ ކުރެވޭނެއެވެ. ނަދާލް މި މުބާރާތް 19 ފަހަރު ކާމިޔާބު ކޮށްފައިވާ އިރު ފޭޑްރާ މި މުބާރާތް 20 ފަހަރު ކާމިޔާބު ކޮށްފައިވެއެވެ.