Advertisement
ކ. މާލެ
|
5 ސެޕްޓެންބަރ 2019 | ބުރާސްފަތި 14:42
ލިޓަސް އޮޓޯމޯބައިލްސް ޝޯރޫމް
ލިޓަސް އޮޓޯމޯބައިލްސް ޝޯރޫމް
ރާއްޖެއެމްވީ
ލިޓަސް ފިހާރަ
ލިޓަސް ފިހާރައިން ވައްކަންކޮށް ގިނަ އަދަދެއްގެ ފައިސާ އާއި މުހިއްމު ލިޔެކިއުންތަކެއް ވަގަށް ނަގައިފި
ބުދަ ދުވަހުގެ ރޭ ދަންވަރު 03:23 ފުލުހުންނަށް ހުށައެޅި
ފުލުހުން ދަނީ މައްސަލަ ތަހުޤީޤު ކުރަމުން
ތިޖޫރީން 145،000 ރުފިޔާ ވަގަށްނެގި

ޖަނަވަރީމަގުގައި ހުންނަ ލިޓަސްގެ އޮޓޯމޯބައިލްސް ޝޯރޫމް އިން ވައްކަން ކޮށްގެން ގިނަ އަދަދެއްގެ ފައިސާތަކާއި، މުހިއްމު ލިޔެކިއުންތަކެއް ވަގަށް ނަގައިފިއެވެ.

Advertisement

އެކަމާ ގުޅޭގޮތުން ފުލުހުންގެ މީޑިއާ އޮފިޝަލު ވިދާޅުވީ، ލިޓަސްގެ ފިހާރައިން ވައްކަން ކޮށްފައިވާ ކަމުގެ ރިޕޯރޓް ބުދަ ދުވަހުގެ ރޭ ދަންވަރު 03:23 ހާއިރު ފުލުހުންނަށް ލިބިފައިވާ ކަމަށާއި، ފިހާރައިގެ ތިޖޫރީގައި ހުރި ގިނަ އަދަދެއްގެ ފައިސާ ވަގަށް ނަގާފައިވާ ކަމަށެވެ. އެގޮތުން މިހާނަތަށް މި މައްސަލައާ ގުޅިގެން މީހަކު ހައްޔަރުކޮށްފައި ނުވާ ކަމަށް ފުލުހުން ބުނެއެވެ.

ލިޓަސް ފިހާރައިން ވައްކަން ކޮށްގެން ފުލުހުން ހަރަކާތްތެރިވަނީ

އެކަމާ ގުޅޭގޮތުން "ރާއްޖެއެމްވީ" އަށް މައުލޫމާތު ދެއްވަމުން ލިޓަސްގެ ޖެނެރަލް މެނޭޖަރ އަހުމަދު ޒާހިރު ވިދާޅުވީ، ތިޖޫރީން 145،000 ރުފިޔާ ވަގަށް ނަގާފައިވާ ކަމަށާއި، އޭގެ އިތުރުން ފިހާރައިގެ ޕީއޯއެސް މެޝިންއާއި، މުހިއްމު ލިއެކިއުންތަކެއްވެސް ގެންގޮސްފައިވާކަމަށެވެ. އެގޮތުން ވައްކަން ކޮށްފައިވަނީ ދެމީހަކުވެގެން ކަމަށާއި، ހަރުގަނޑެއް ބެހެއްޓުމަށް ފަހު ފުރަތަމަ ބުރިއަށް އަރައި ދޮރު ހަލާކު ކޮށްލައިގެން އެތެރެއަށް ވަންނަ މަންޒަރު ސީސީޓީވީ ފުޓޭޖް އިން ފެންނަ ކަމަށް އޭނާ ވިދާޅުވިއެވެ.

ލިޓަސް ފިހާރައިން ވައްކަން ކުރުން

ޒާހިރު އިތުރަށް ވިދާޅުވީ، ޝޯރޫމްއަށް ވަތް މީހާ ހުރީ މޫނު ނިވާކޮށްގެން ކަމަށާއި، ތިރީގައި މަޑުކޮށްގެން ހުރި މީހާ ހުރީ ހެލްމެޓް އަޅައިގެން ކަމަށެވެ.

މި މައްސަލަ ފުލުހުން ދަނީ ތަހުޤީޤު ކުރަމުންނެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
- ކޮމެންޓް