Advertisement
ކ. މާލެ
|
4 ސެޕްޓެންބަރ 2019 | ބުދަ 16:14
ގެސްޓްހައުސް އެސޯސިއޭޝަންގެ އޮފިޝަލް އިންޝިއުރެންސް ޕާރޓްނަރަކަށް އެލައިޑް ހަމަޖެއްސެވުން
ގެސްޓްހައުސް އެސޯސިއޭޝަންގެ އޮފިޝަލް އިންޝިއުރެންސް ޕާރޓްނަރަކަށް އެލައިޑް ހަމަޖެއްސެވުން
ރާއްޖެއެމްވީ
އެލައިޑް އިންޝުއަރެންސް
ގެސްޓްހައުސް އެސޯސިއޭޝަންގެ އޮފިޝަލް އިންޝިއުރެންސް ޕާރޓްނަރަކަށް އެލައިޑް
އެއްބަސްވުން އެކުލަވާލީ 1 އަހަރު ދުވަހުގެ މުއްދަތަކަށް
އެލައިޑްގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިންގ ޑިރެކްޓަރ
ވިޔަފާރީގެ ރައްކާތެރިކަން ފޯރުކޮށްދިނުމަކީ އެލައިޑްގެ އަމާޒެއް

ގެސްޓްހައުސް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ޖީއޭއެމް) ގެ އޮފިޝަލް އިންޝިއުރެންސް ޕާރޓްނަރަކަށް އެލައިޑް އިންޝިއުރެންސް ހަމަޖައްސަވައިފިއެވެ.

ބުދަ ދުވަހު އެލައިޑް އޮފީހުގައި ބޭއްވި ރަސްމިއްޔާތެއްގައި އެކަމާގުޅޭ އެމްއޯޔޫއެއްގައި ދެފަރާތުން ސޮއިކޮށްފައިވާއިރު، އެލައިޑް ކުންފުނީގެ ފަރާތުން އެމްއޯޔޫގައި ސޮއިކުރައްވާފައިވަނީ އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ މުހައްމަދު ޝަފާޒްއެވެ. އަދި ގެސްޓްހައުސް އެސޯސިއޭޝަންގެ ފަރާތުން ސޮއިކުރެއްވީ ވައިސް ޕްރެޒިޑެންޓް މޫސާ ނާސިހުއެވެ.

މި އެއްބަސްވުން 1 އަހަރު ދުވަހުގެ މުއްދަތަކަށް އެކުލަވާލާފައިވާއިރު، މި މުއްދަތުގެ ތެރޭގައި އަތޮޅު ތެރޭގައި ޤާއިމުކޮށްފައިވާ ގެސްޓްހައުސްތަކަށް ދެފަރާތުން ޒިޔާރަތްކޮށް، އިންޝުއަރެންސް ނެގުމުގެ މުހިއްމުކަން ކިޔާދިނުމަށް ވަނީ ހަމަޖެހިފައެވެ. އެގޮތުން އެލައިޑްގެ މެނޭޖިންގ ޑިރެކްޓަރ ޝަފާޒް ވިދާޅުވީ، އިންޝުއަރެންސްއާބެހޭ އެންމެ ފުރިހަމަ މައުލޫމާތުތައް އާންމުންނަށް ފޯރުކޮށްދިނުމަކީ މުހިއްމު ކަމެއް ކަމަށާއި، ގެސްޓް ހައުސް ވިޔަފާރިއަކީ ރާއްޖޭގެ ލޯކަލް ޓޫރިޒަމް ފުޅާކޮށް އިޤްތިސާދު ކުރިއެރުވުމަށް ލިބޭ ފުރުސަތެއް ކަމަށެވެ.

Advertisement

އޭގެ އިތުރުން، ގެސްޓް ހައުސް ވިޔަފާރި ކުރާ ފަރާތްތަކަށް އެފަރާތްތަކުގެ ވިޔަފާރީގެ ރައްކާތެރިކަން ފޯރުކޮށްދިނުމަކީ އެލައިޑްގެ އަމާޒެއް ކަމަށާއި، ހާދިސާއެއް ކުރިމަތިވެ ވިޔަފާރިއަށް ބުރޫއަރާ ހާލަތެއްގައި އަނބުރާ އާންމު ހާލަތަށް ރުޖޫއަވުމަށް އެލައިޑްގެ ފުރިހަމަ އެހީތެރިކަން ދެއްވާނެ ކަމަށްވެސް ޝަފާޒް ވިދާޅުވިއެވެ.

މި ރަސްމިއްޔާތުގައި ގެސްޓް ހައުސް އެސޯސިއޭޝަންގެ ވައިސް ޕްރެސިޑެންޓް މޫސާ ނާސިހު ދެއްކެވި ވާހަކައިގައި ވަނީ އެލައިޑްގެ ފަރާތުން ލިބޭ އެއްބާރުލުމަށް ޝުކުރު އަދާ ކުރައްވާފައެވެ. އެގޮތުން ނާސިހު ވިދާޅުވީ، އެލައިޑާއެކު ވެވުނު އެއްބަސްވުމުގެ ދަށުން އެސޯސިއޭޝަނާއި، އެސޯސިއޭޝަންގެ މެމްބަރުންނަށް ވަރަށް ބޮޑަށް ފައިދާވެގެންދާނެ ކަމަށެވެ.

އެލައިޑް އިންޝުއަރެންސް އަކީ 140 މިލިއަން ޑޮލަރުގެ ކެޕޭސިޓީއަކާއެކު މަސައްކަތް ކުރާ ކުންފުންޏެކެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
- ކޮމެންޓް