Advertisement
ކ. މާލެ
|
3 ސެޕްޓެންބަރ 2019 | އަންގާރަ 13:45
ސްރީލަންކާގެ ބޮޑުވަޒީރު ރަނިލްވިކްރަމަސިންހަ
ސްރީލަންކާގެ ބޮޑުވަޒީރު ރަނިލްވިކްރަމަސިންހަ
މަޖިލިސް
ސްރީލަންކާ
ލަންކާގައި ތިބި ދިވެހި ކިޔަވާ ކުދިންގެ މާމަ އާއި ކާފައަށް ވިސާ ދެނީ
ކިޔަވާކުދިންގެ މާމަ އަދި ކާފަ އަށް ވިސާ ލިބިގެންދަނީ ޚާއްސަ އިންތިޒާމެއްގެ ދަށުން
ސްރީލަންކާއަށް ދަތުރުކުރާ ދިވެހިންނަށް 90 ދުވަހުގެ އޮންއެރައިވަލް ވިސާ ހިލޭ ހަމަޖެހިގެންދޭ
ރައީސް ސޯޯލިހުގެ ސަރުކާރުން މާމަ އަދި ކާފަ ގެ ވިސާ ހަމަޖައްސައިދިނުމަށް ގިނަ މަސައްކަތްތަކެއް ކޮށްފައިވޭ

ސްރީލަންކާގައި ތިބި ދިވެހި ކިޔަވާކުދިންގެ މާމަ އާއި ކާފައަށް ލަންކާއިން ވިސާ ހަމަޖެހިގެންދާނެ ކަމަށް ލަންކާގެ ބޮޑުވަޒީރު ރަނިލް ވިކްރަމަސިންހަ ވިދާޅުވެއްޖެއެވެ.

ބޮޑުވަޒީރު މިހެން ވިދާޅުވެފައިވަނީ ރައްޔިތުންގެ މަޖިލީހުގައި ތަގްރީރް ކުރައްވަމުންނެވެ.

އަންގާރަދުވަހު ރައްޔިތުންގެ މަޖިލީހުގައި ތަގްރީރް ކުރައްވަމުން ބޮޑުވަޒީރު ރަނިލް ވިކްރަމަސިންހަ ވިދާޅުވީ ޚާއްސަ އިންތިޒާމެއްގެ ދަށުން ސްރީލަންކާގައި ތައުލީމް ހާސިލްކުރަމުންދާ ދިވެހި ދަރިވަރުންގެ މާމައާއި ކާފައަށް ވިސާ ހަމަޖައްސައިދެވޭނެ ކަމަށެވެ. އޭގެ ސަބަބުން ސްރީލަންކާގައި ތައުލީމް ހާސިލްކުރަމުންދާ ދިވެހި ދަރިވަރުންނަށް، އެކުދިންގެ މާމަ އަދި ކާފަ ދަރިންނާއެކު ވަގުތު ހޭދަކުރުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށް ބޮޑުވަޒީރު ވިދާޅުވިއެވެ. ދެ ޤައުމުގެ ދެމެދުގައި ސޮއި ކުރެވުނު ވިސާ އެމްއޯޔޫ އާއި ގުޅޭ އިތުރު ތަފްސީލް ދެއްވަމުން ބޮޑުވަޒީރު ވިދާޅުވީ ސްރީލަންކާގައި ތައުލީމް ހާސިލްކުރަމުންދާ 18 އަހަރުންމަތީގެ ދަރިވަރުންގެ، 18 އަހަރުނުވާ ދަރިންނަށް ވެސް ވިސާ ލިބިގެންދާނެ ކަމަށެވެ.

Advertisement

ސްރީލަންކާގެ ބޮޑުވަޒީރު ރާއްޖެއަށް ކުރެއްވަމުން ގެންދަވާ ދަތުރުފުޅުގައި ހޯމަދުވަހު ފަސް އެމްއޯޔޫއެއްގައި ވަނީ ސޮއިކުރައްވާފައެވެ. އޭގެ ތެރޭގައި ”އެގްރީމަންޓް އޮން ފެސިލިޓޭޝަން އޮފް ވިސާ އެރޭންޖްމެންޓްސް" ގެ ނަމުގައި ސޮއިކުރެވުނު އެމްއޯޔޫގެ ދަށުން، އެ ގައުމުގައި ދިރިއުޅެމުން އަންނަ ދިވެހިންނަށް ވިސާގެ ލުއި ގޮތްތަކެއް ލިބިގެންދެއެވެ. އެ އެއްބަސްވުމުގެ ދަށުން ސްރީލަންކާއަށް ދަތުރުކުރާ ދިވެހިންނަށް 90 ދުވަހުގެ އޮންއެރައިވަލް ވިސާ ހިލޭ ހަމަޖެހިގެންދެއެވެ. މީގެ އިތުރުން ދެޤައުމުގައި ވިޔަފާރިކުރަން ބޭނުންވާ ފަރާތްތަކަށް މަލްޓިޕްލް އެންޓްރީ ބިޒްނަސް ވިސާ މި އެއްބަސްވުމުގެ ދަށުން ހަމަޖެހިގެންދާނެއެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވެރިކަމަށް ވަޑައިގެންނެވުމަށް ފަހު ސްރީލަންކާގައި ތައުލީމް ހާސިލް ކުރަމުންދާ ދިވެހި ކުދިންގެ މާމަ އަދި ކާފަ އަށް ވިސާ ހަމަޖައްސައިދިނުމަށްޓަކާ، ފޮރިން މިނިސްޓްރީން ވަނީ ގިނަ މަސައްކަތްތަކެއް ކޮށްފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް