Advertisement
ކ. މާލެ
|
3 ސެޕްޓެންބަރ 2019 | އަންގާރަ 13:59
ލަންކާގެ ބޮޑު ވަޒީރު ރަނިލް ވިކްރަމަސިންހަ
ލަންކާގެ ބޮޑު ވަޒީރު ރަނިލް ވިކްރަމަސިންހަ
މަޖިލިސް
ރަނިލް
ލަންކާގެ ޕްރައިވެޓް ހޮސްޕިޓަލްތަކުން އޯރގަން ޓްރާންސްޕްލާންޓްގެ ޚިދުމަތް ލިބޭނެ: ރަނިލް
ކިޑްނީއާއި ލިވަރ ޓްރާންސްޕްލާންޓް ކުރެވޭނެ

ލަންކާގެ ޕްރައިވެޓް ހޮސްޕިޓަލް ތަކުން އޯރގަން ޓްރާންސްޕްލާންޓްގެ ޚިދުމަތް، ދިވެހިންނަށް ލިބޭނެ ކަމަށް ލަންކާގެ ބޮޑުވަޒީރު ރަނިލް ވިކްރަމަސިންހަ ވިދާޅުވެއްޖެއެވެ.

ރަނިލް މިހެން ވިދާޅުވީ، އަންގާރަ ދުވަހުގެ މަޖިލީހުގެ ޖަލްސާގައި ތަގުރީރު ކުރައްވަމުންނެވެ. އެމަނިކުފާނު ވިދާޅުވީ، ކިޑްނީއާއި ލިވަރ ޓްރާންސްޕްލާންޓްގެ ޚިދުމަތް ދިވެހިންނަށް ލިބޭނެ ކަމަށެވެ.

މީގެ އިތުރުން ރަނިލް ވިދާޅުވީ، އައްޑޫގައި ޑްރަގް ރީހެބިލިޓޭޝަން ސެންޓަރެއް ގާއިމު ކުރުމަށް ދިވެހި ސަރުކާރަށް އެހީތެރިކަން ފޯރުކޮށްދެއްވާނެ ކަމަށެވެ.

Advertisement

ރަނިލް ހޯމަ ދުވަހު ރާއްޖެ ވަޑައިގެންފައިވާއިރު، ވޮކޭޝަނަލް ޓްރެއިނިންގ އެންޑް ޔޫތް ޑިވެލޮޕްމަންޓްއާއި ގުޅޭ އެއްބަސް ވުމެއްގައި ދެ ގައުމުގެ ދެ މެދުގައި ސޮއިކޮށްފަވެއެވެ. މި އެއްބަސްވުމަކީ ޒުވާނުންނަށް އަމާޒުކޮށްގެން މަޢުލޫމާތު ބަދަލުކުރުމާއި، ގުޅިގެން މަސައްކަތްކުރުމާއި، އިސްނެގުމާއި ހިންގުމުގެ ހުނަރު ތަރައްޤީ ކުރުމަށް ފަންނީ އަދި ވޮކޭޝަނަލް ތަމްރީންތައް ހިންގުމަށް ވެވުނު އެއްބަސްވުމެކެވެ.

އަދި ރާއްޖޭގައި ދެ ސްކޫލެއް އިމާރާތް ކުރުމަށް އެހީތެރިކަން ފޯރުކޯށްދެއްވާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އެގޮތުން އެ މަސައްކަތް ކުރުމަށް ހަމަޖެހިފައިވަނީ ދެގައުމުގެ ކަމާބެހޭ ފަރާތްތަކުން ގުޅިގެން ކަމަށް ވެސް ވިދާޅުވިއެވެ.

ބޮޑުވަޒީރު ރަނިލް ވިކްރަމަސިންހަ ހޯމަ ދުވަހު ރާއްޖެ ވަޑައިގެންފައިވާއިރު ދިވެހި ސަރުކާރުގެ ފަރާތުންވަނީ ވަރަށް ހުނު މަރުހަބާއެއް ކިޔާފައެވެ. އެމަނިކުފާނު ވަނީ އަންގާރަ ދުވަހުގެ ރޭ އޮންނަ އިންޑިއަން އޯޝަން ކޮންފަރެންސް 2019 ގައި ބައިވެރުވުމަށް ވެސް ހަމަޖެހިފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް