Advertisement
ކ. މާލެ
|
3 ސެޕްޓެންބަރ 2019 | އަންގާރަ 10:48
ޢައްސާން މައުމޫން
ޢައްސާން މައުމޫން
ރާއްޖެ އެމްވީ
ޢައްސާން މައުމޫން
އާއިލާގެ އެންމެން ގުޅިގެން ކުރިޔަށް ދިޔުމަކީ އަޅުގަނޑުގެ ވަރަށް ބޮޑު އެދުމެއް : ޢައްސާން މައުމޫން
އެންމެން ގުޅިގެން މައްސަލަތައް ހައްލުކުރަންޖެހޭ

އާއިލާގެ އެންމެން ގުޅިގެން ކުރިޔަށް ދިޔުމަކީ ވަރަށް ބޮޑު އެދުމެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ތ. ގުރައިދޫ ދާއިރާގެ މެމްބަރު މުހައްމަދު ޢައްސާން މައުމޫން ވިދާޅުވެއްޖެއެވެ.

ޕީޕީއެމްގެ އެތެރޭގައި ކޯޅުންގަނޑު ބޮޑުވެ ޕާޓީގެ ތެރޭގައި ދެ ފެކްޝަނެއް އުފެދި ޕާޓީގެ އިސް ސަފުގައި ތިއްބެވި ހުރިހާ ބޭފުޅުން ވަނީ ދެ ބަޔަށް ބެހިފައެވެ.

Advertisement

ޕީޕީއެމްގެ އެތެރޭގައި ޖެހުނު މައްސަލަގަނޑުގެ ތެރޭގައާއި އަދި މިހާރު ވެސް ރައީސް މައުމޫން އަބްދުލް ގައްޔޫމްގެ ހަގު ދަރިކަލުން ގައްސާން މައުމޫން، ހުންނަވަނީ ކުރީގެ ރައީސް ޔާމީނާއި އެކުއެވެ. މިކަމާއި ގުޅިގެން ރައީސް މައުމޫނާއި މެމްބަރު ޢައްސާންއާއި އޮތް ގުޅުން ހީނަރު ވެފައިވާ ކަމަށް ބައެއް ފަރާތްތަކުން ބުނެފައިވެއެވެ.

އެގޮތުން ޔާމީންގެ ސަރުކާރުގައި ރައީސް މައުމޫން ހައްޔަރުކޮށް ޖަލަށްލީ އިރު ވެސް ޢައްސާން ހުންނެވީ ރައީސް ޔާމީންގެ ސަރުކާރުގެ މަގާމުގައެވެ. އަދި ޔާމީންގެ ދިފާއުގައިވެސް ވާހަކަ ދައްކާފައިވެއެވެ.

އޭޕްރީލް މަހުގައި ބޭއްވުނު ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ޕީޕީއެމްގެ ޓިކެޓުގައި ޢައްސާން ވާދަކޮށް ކާމިޔާބުކުރެއްވި އިރު ރައީސް މައުމޫންގެ ތާއީދާއެކު ހަމަ އެ ދާއިރާއަށް ވަނީ ބޭފުޅަކު ކުރިމަތިލައްވާފައެވެ.

ޢައްސާން އަންގާރަ ދުވަހު ކޮށްފައިވާ ޓުވީޓެއްގައި ވިދާޅުވީ މައްސަލަތައް ހައްލުކޮށް އާއިލާގެ އެންމެން އެކުގައި ގުޅިގެން ދިޔުމަކީ އޭނާގެ ވަރަށް ބޮޑު އެދުމެއް ކަމަށެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް