Advertisement
ކ. މާލެ
|
3 ސެޕްޓެންބަރ 2019 | އަންގާރަ 09:16
ނޫސްވެރިޔާ އަހުމަދު ރިލްވާން އަބްދުﷲ
ނޫސްވެރިޔާ އަހުމަދު ރިލްވާން އަބްދުﷲ
ޓްވިޓަރ
ރިލްވާން
ރިލްވާންގެ މައްސަލަ މިއަދުގެ މަޖިލީހުގެ ޖަލްސާގައި
ގެއްލިފައިވަނީ 2014 ވަނަ އަހަރުގެ އޮގަސްޓު މަހުގެ 8 ވަނަ ދުވަހު
ރިލްވާން މަރާލާފައިވާކަން ހާމަކޮށްފައިވަނީ އާދީއްތަ ދުވަހު
ކޮމިޝަނުގެ ރިޕޯޓް މަޖިލީހުގެ ރައީސްއަށް އަރުވާފައިވޭ

މަރާލާފައިވާ ނޫސްވެރިޔާ އަހުމަދު ރިލްވާން އަބްދުﷲ ގެ މައްސަލައިގައި މަރާލާފައިވާ މީހުންނާއި ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ތަހުގީގު ކުރާ ކޮމިޝަނުން އެކުލަވާލި ރިޕޯޓާ ގުޅޭ މައްސަލަ އަންގާރަ ދުވަހުގެ މަޖިލީހުގެ ޖަލްސާގައި އެޖެންޑާކޮށްފިއެވެ.

ރިލްވާން މަރާލާފައިވާކަން ހާމަކޮށްފައިވަނީ އާދީއްތަ ދުވަހު އެ ކޮމިޝަނުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައެވެ.

ނޫސްވެރިޔާ އަހުމަދު ރިލްވާން ގެއްލިފައިވަނީ 2014 ވަނަ އަހަރުގެ އޮގަސްޓު މަހުގެ 8 ވަނަ ދުވަހުއެވެ.

Advertisement

މިހާތަނަށް ލިބުނު ހޯދުންތަކާއި ހެކި ބަހަށް ބަލާއިރު ރިލްވާން އެރުވީ ޑިންގީއަކަށް ކަމަށާއި ރިލްވާން މަރާލީ ކަނޑު އުޅަނދެއްގައި ކަމަށް އެކޮމިޝަނުގެ ރައީސް ހުސްނުއް ސުއޫދު ވަނީ ވިދާޅުވެފައެވެ. އެއީ ކޮން ފަރާތެއްގެ ކަނޑު އުޅަނދެއްކަން އަދި އެ ޑައިރެކްޓް ކުރަމުން އައި އައްޑޫގައި ހުރި ކާކުކަން ވެސް ހޯދާފައިވާކަމަށް ސުއޫދު ވަނީ ވިދާޅުވެފައެވެ.

އެކޮމިޝަނުން އެކުލަވާލި ރިޕޯޓުގައި ވާގޮތުން ރިލްވާން ކިޑްނެޕްކޮށްގެން ގެންގޮސް އެރުވީ ދޯންޏަކަށް ކަމަށް ހެކި ދިން ފަރާތަކުން ބަޔާން ދީފައިވާކަމަށް ވެއެވެ. އަދި ރިލްވާން މަރާލެވުނީ މި ދޯންޏަށް އެރުވުމަށް ފަހު ކަމަށް ކޮމިޝަނުން ބުނެފައިވެއެވެ.

Advertisement

Advertisement
- ކޮމެންޓް
3 ސެޕްޓެންބަރ 2019 | އަންގާރަ 13:46
ނަންނި
މަޖިލިސް ރައީސްއަށް ލިބިވަޑައިގެންނެވި ރިޕޯޓައިމެދު ކަންކުރެވިގޮތަކީ ރަނގަޅުގޮތެއް ނޫން. މަޖިލިސް ރައީސް އިސްތިއުފާ ދެއްވަނަޖެހޭކަމަށް ފެނޭ.