ކ. މާލެ
|
2 ސެޕްޓެންބަރ 2019 | ހޯމަ 21:00
އަހުމަދު ރިލްވާން
އަހުމަދު ރިލްވާން
ޓްވިޓަރ
އަހުމަދު ރިލްވާން
ރިލްވާން މައްސަލާގައި ފުލުހުންގެ އިހުމާލެއްވާނަމަ ފިޔަވަޅު އަޅާނަން: ފުލުހުން
އާއިލާގެ ކިބައިން މާފަށް އެދިފައިވޭ
ފުލުހުން ވަނީ ރިޔާސީ ކޮމިޝަނާ ބައްދަލުކޮށްފައި
ޖިނާއި ތަހުގީގު ހިންގާނެ

ރަހީނުކުރުމަށްފަހު މަރާލާފައިވާ މިނިވަން ނޫހުގެ ނޫސްވެރިޔާގެ އަހުމަދު ރިލްވާންގެ މައްސަލަ ތަހުގީގު ކުރުމަށްފަހު އެކަމުގައި އެ އިދާރާގެ އެއްވެސް މުވައްޒަފެއްގެ އިހުމާލެއްނުވަތަ ކުށެއްވާނަމަ އެ ފަރާތަކާއި މެދު ފިޔަވަޅު އަޅާނެ ކަމަށް މޯލްޑިވްސް ޕޮލިސް ސަރވިސް އިން ބުނެފިއެވެ.

ނޫސްވެރިޔާ ރިލްވާނު މަރާލާފައިވަނީ އަލްގައިދާއާ ގުޅުން އޮންނަ ޓެރަރިސްޓު ޖަމާއަތަކުން ކަމަށް މަރާލާފައިވާ މީހުންނާއި ގެއްލުވާލާފައިވާ މީހުންގެ މައްސަލަ ބަލާ ކޮމިޝަނުން ވަނީ އާދިއްތަ ދުވަހު ބުނެފައެވެ.

ހޯމަ ދުވަހު ފުލުހުން ނެރެފައިވާ ބަޔާނެއްގައި ބުނީ، ރިޔާސީ ކޮމިޝަނުން އާންމު ކުރި މައުލޫމާތުގެ ތެރޭގައި ދެ ފުލުހަކާއި ގުޅޭ ގޮތުން ފާހަގަ ކޮށްފައިވާ ކަންކަމުގެ މައްޗަށް ބިނާކޮށް އެ ފަރާތްތަކުގެ މައްސަލަ އެ އިދާރާގެ ޕްރޮފެޝަނަލް ސްޓޭންޑަރޑްސް ކޮމާންޑުން އިތުރަށް ތަހުގީގުކޮށް ނިންމާ އަޅަން ޖެހޭ ފިޔަވަޅުތައް އަޅާނެ ކަމަށެވެ. އަދި ރިޔާސި ކޮމިޝަންގެ ރިޕޯޓް އެ އިދާރާއަށް ލިބުމުން މުވައްޒަފެއްގެ އިހުމާލެއް ނުވަތަ ޖިނާއި ކުށެއް އޮތްކަމަށް ފެނިއްޖެނަމަ އެ ފަރާތަކައި މެދު ގާނޫނީ ގޮތުން އަޅަންޖެހޭ ފިޔަވަޅުތައް އަޅާނެ ކަމުގެ ޔަގީންކަން ފުލުހުން ވަނީ ދީފައެވެ.

ރިޔާސީ ކޮމިޝަނުން ކުރި ތަހުގީގައި ފާހަގަކުރެވުނު ކަންތައްތަކާއި ބެހޭ ގޮތުން ހޯމަ ދުވަހު އެ ކޮމިޝަނާ ބައްދަލުކޮށް އިތުރަށް ތަހުގީގު ކުރަންވި ކަންތައްތަކާއި ގުޅޭ ގޮތުން ވަނީ ފުލުހުން މަޝްވާރާ ކޮށްފައެވެ.

ރިލްވާނުއަށް އިންސާފު ހޯދައިދިނުމަށް އާއިލާއާއި ހެޔޮ އެދޭ ފަރާތްތަކުން އުންމީދުކުރި ހިދުމަތެއް ފޯރުކޮށްދެވިފައިނުވާތީ ފުލުހުން ވަނީ މާފަށް އެދިފައެވެ.

- ކޮމެންޓް
2 ސެޕްޓެންބަރ 2019 | ހޯމަ 22:24
ބައްދަލުކުރައްވައިފި
އަހަރުމެންމީހުންގެ ކަތިލުމުގެ ބަދަލުހި ފުމަކަށް ނުކުވެއްޖެޔާ ވާނީކިހިނެއްބާ؟މިއުޅެނީމީހުން މިކޮށުގަމަދުކަމަކުންނޫން!