Advertisement
ކ. މާލެ
|
2 ސެޕްޓެންބަރ 2019 | ހޯމަ 22:12
ކުރީގެ ޑެޕިއުޓީ ޕްރޮސެކިއުޓާ ޖެނެރަލް މަރިޔަމް ނިހާޔަތު (ކ)
ކުރީގެ ޑެޕިއުޓީ ޕްރޮސެކިއުޓާ ޖެނެރަލް މަރިޔަމް ނިހާޔަތު (ކ)
ޕީޖީ އޮފީސް
ސުޕްރީމް ކޯޓު
ހުސްވެފައިވާ ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމުގެ މަޤާމަށް ނިހާޔަތު ކުރިމަތިލައްވައިފި
އިއުލާނުގެ މުއްދަތު މިމަހުގެ ފަސްވަނަ ދުވަހުގެ މެންދުރު 12:00 އަށް ވަނީ އިތުރު ކޮށްފައި
ސުޕްރީމް ކޯޓު ފަނޑިޔާރު ކަމަށް ސަމީރު ވެސް ކުރިމަތި ލެއްވި

ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމުން ވަކިކުރެއްވި އަބްދުﷲ ދީދީގެ މަގާމަށް ކުރީގެ ޑެޕިއުޓީ ޕްރޮސެކިއުޓާ ޖެނެރަލް މަރިޔަމް ނިހާޔަތު ކުރިމަތިލައްވައިފި އެވެ.

ޑީޑީ ފަނޑިޔާރުކަމުން ވަކިކުރުމާއި ގުޅިގެން އެމަގާމަށް ފަނޑިޔާރަކު އައްޔަންކުރުމަށް ޖުޑީޝަލް ސަރވިސް ކޮމިޝަން (ޖޭއެސްސީ) އިން ކުރި އިއުލާނުގެ މުއްދަތު މިމަހުގެ ފަސް ވަނަ ދުވަހުގެ މެންދުރު 12:00 އަށް ވަނީ އިތުރު ކޮށްފައެވެ.

މައުލޫމާތު ލިބިފައިވާގޮތުގައި ނިހާޔަތު ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމަށް ކުރިމަތި ލައްވާފައިވަނީ އާދީއްތަ ދުވަހުއެވެ. އޭނާ ވަނީ ސިވިލް ކޯޓުގެ ގާޒީކަން ވެސް ހަ އަހަރު ކުރައްވާފައެވެ. ނިހާޔަތުގެ އިތުރުން އެމަގާމަށް ހައިކޯޓުގެ ފަނޑިޔާރު އަލީ ސަމީރު ވެސް ވަނީ ކުރިމަތި ލައްވާފައެވެ.

Advertisement

ސުޕްރީމް ކޯޓުގެ ބެންޗް 7 އަށް އިތުރުކޮށް ކޯޓުތަކުގެ ގާނޫނަށް ގެނައި އިސްލާހު ރައީސް ތަސްދީގު ކުރެއްވުމާއި ގުޅިގެން ޖޭއެސްސީއިން ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް ޝައުގުވެރިވާ ބޭފުޅުންނަށް މީގެ ކުރިން ފުރުސަތު ހުޅުވާލި އެވެ. އެފުރުސަތުގައި ވެސް ހައިކޯޓުގެ ފަނޑިޔާރު ސަމީރު އެމަގާމަށް ކުރިމަތި ލެއްވިއެވެ.

ސަމީރުގެ އިތުރުން އެމަގާމަށް ކުރިމަތިލެއްވީ ފަނޑިޔާރު މުހައްމަދު ނިޔާޒުގެ އިތުރުން ފަނޑިޔާރު އަބްދުﷲ ހަމީދާއި ފަނޑިޔާރު ޝުއައިބު ހުސައިން ޒަކަރިއްޔާއެވެ. ނަމަވެސް ޖޭއެސްސީއިން ރައީސް ސޯލިހަށް ލަފާ ދެއްވީ އެ ދެމަގާމަށް އެއީ ހައިކޯޓުގެ ކުރީގެ ފަނޑިޔާރު އަޒްމިލަރްޑާ ޒާހިރާއި ސިވިލް ކޯޓުގެ ކުރީގެ ގާޒީ އައިޝާ ސުޖޫން އައްޔަން ކުރުމަށެވެ. އެ ދެ ބޭފުޅުންގެ ނަން ރައްޔިތުންގެ ކޮމިޓީއިން ވަނީ ފާސްކޮށްފައެވެ. އަދި އެކަން އަންގާރަ ދުވަހު އޮންނަ މަޖިލީހުގެ ޖަލްސާގައި ވަނީ އެޖެންޑާ ކޮށްފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
- ކޮމެންޓް