Advertisement
ކ. މާލެ
|
2 ސެޕްޓެންބަރ 2019 | ހޯމަ 19:34
ކުރީގެ ރައީސް އަބްދުﷲ ޔާމީން ޝަރީއަތުގެ މަޖިލީހުގައި ވާހަކަ ދައްކަވަނީ
ކުރީގެ ރައީސް އަބްދުﷲ ޔާމީން ޝަރީއަތުގެ މަޖިލީހުގައި ވާހަކަ ދައްކަވަނީ
ކުރީގެ ރައީސް އަބްދުﷲ ޔާމީން
ޔާމީނާ ދެކޮޅަށް ހެކިބަސް ނެގުމުގެ ތިން ވަނަ ޝަރީއަތް މާދަމާ
ހެކިބަސް ނެގުން އަންގާރަ ދުވަހުގެ ހެނދުނު 10:30 އަށް ވަނީ ތާވަލް ކޮށްފައި
އެމަނިކުފާނާއި ދެކޮޅަށް ތިން ހެކިބަސް ވަނީ ނަގާފައި
ދިފާއީ ހެކީންގެ ހެކިބަސް ނަގާނީ ދައުލަތުން ހުށައެޅި ހެކި ނެގުމަށް ފަހު

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް އުފުލާފައިވާ މަނީ ލޯންޑަރިންގެ މައްސަލައިގައި ދައުލަތުން އެމަނިކުފާނާއި ދެކޮޅަށް ހުށައެޅި ހެކިބަސް ނެގުން އަންގާރަ ދުވަހުގެ ހެނދުނު 10:30 އަށް ތާވަލް ކޮށްފިއެވެ.

ދައުލަތުގެ ފަރާތުން ރައީސް ޔާމީނާއި ދެކޮޅަށް ހުށައެޅި ހެކީގެ ގޮތުގައި އޭސީސީގެ ރައީސް މުއައްވިޒު ރަޝީދާއި ކުރީގެ ނައިބު ރައީސް އަހުމަދު އަދީބާއި، އޭސީސީގެ ކުރީގެ ރައީސް ހަސަން ލުތުފީއާއި، އެމްއެމްޕީއާރުސީގެ ކުރީގެ މެނޭޖިން ޑިރެކްޓަރ އަބްދުﷲ ޒިޔާތާއި، މުހައްމަދު ވަސީމާއި، ކުރީގެ ޓުއަރިޒަމް މިނިސްޓަރ މޫސާ ޒަމީރާއި، ބީއެމްއެލްގެ ބޯޑް މެމްބަރުން ކަމަށްވާ މުހައްމަދު ލުވެއިޒް އާއި މުހައްމަދު ޝަރީފު ވަނީ ހެކިންގެ ގޮތުގައި ދައުލަތުން ހުށައަޅާފައެވެ.

އެންމެ ފަހުން ބޭއްވި ޝަރީއަތުގައި ވަނީ މުއައްވިޒާއި އަދީބާއި ޒިޔަތުގެ ހެކިބަސް ނަގާފައެވެ. ދެން ބާކީ ތިބޭނީ ޒަމީރާއި، ވަސީމާއި، ލުވެއިޒާއި ޝަރީފްގެ އިތުރުން ލުތުފީގެ ހެކިބަސް ނެގުމެވެ. ނަމަވެސް ލުތުފީ ވަނީ އޭނާ ހެކިބަސް ދެއްވުމުގައި މަޖުބޫރުކަމާއި ބިރުވެރިކަން ހުރި ކަމަށް ބުނެ ކްރިމިނަލް ކޯޓަށް ސިޓީއެއް ފޮނުއްވާފައެވެ. ލުތުފީ މިވަގުތު ހުންނެވީ މެލޭޝިއާގައެވެ.

Advertisement

ރައީސް ޔާމީންގެ ފަރާތްޕުޅުން ދިފާއީ ހެކީންގެ ހެކިބަސް ނަގާނީ ދައުލަތުން ހުށައެޅި ހެކި ނެގުމަށް ފަހުއެވެ.

ރައީސް ޔާމީންގެ އެކައުންޓަށް އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ ފައިސާ ދައުރުކުރި އެސްއޯއެފް އެކައުންޓުން ދެފަހަރެއްގެ މަތިން އެއްމިލިއަން ޑޮލަރު ޖަމާކޮށްފައި ވާކަމަށް ދައުލަތުން ބުނެފައި ވެއެވެ.ރައީސް ޔާމީން ވިދާޅުވީ އެ ފައިސާ އަކީ އެމަނިކުފާނުގެ ކެންޕެއިނަށް އަދީބު ދެއްވި ފައިސާ ކަމަށެވެ. ނަމަވެސް އެސްއޯއެފުން އިސްލާމިކް ބޭންކުގައި ރައީސް ޔާމީން ހުޅުވާފައިވާ ޑޮލަރު އެކައުންޓަށް ފައިސާ ޖަމާކޮށްފައިވަނީ ރައީސް ޔާމީންގެ އޯޑަރަށް ކަމަށާއި އެއީ އެމަނިކުފާނަށް އެނގިލައްވައިގެން ކުރެއްވި ކަމެއްކަމަށް އެންމެ ފަހުން ބޭއްވި ޝަރީއަތުގައި އަދީބު ވަނީ ވިދާޅުވެފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
- ކޮމެންޓް