Advertisement
ކ. މާލެ
|
2 ސެޕްޓެންބަރ 2019 | ހޯމަ 13:21
ރައީސް ނަޝީދު، ރިލްވާންގެ އާއިލާއާ ބައްދަލުކުރައްވަނީ
ރައީސް ނަޝީދު، ރިލްވާންގެ އާއިލާއާ ބައްދަލުކުރައްވަނީ
ޝުއައިބް މުހައްމަދު އިގްބާލް
ނޫސްވެރިޔާ ރިލްވާން
ރިލްވާންއަށް އިންސާފު ހޯދައިދިނުމަށް ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރާނަން: ރައީސް ނަޝީދު
ރިލްވާން މަރާލުމުގައި އުޅުނު އެންމެނަށް ހައްގު އަދަބު ދޭނަން
މިބައްދަލުވުމުގައި ބައިވެރިވީ ރިލްވާންގެ އެއްނބަޑު އެއްބަފާ ދައްތަ ޝެހެނާޒް

އަނިޔާވެރި ގޮތަކަށް މަރާލާފައިވާ މިނިވަންނޫހުގެ ނޫސްވެރިޔާ އަހުމަދު ރިލްވާންއަށް އިންސާފު ހޯދައިދިނުމަށް ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރައްވާނެ ކަމަށް ކުރީގެ ރައީސް އަދި ރައްޔިތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ރިލްވާންގެ މަރާ ގުޅިގެން ރައްޔިތުންގެ މަޖިލީގުގައި އޭނާގެ އާއިލާއާ ބައްދަލުކުރައްވައި ރައީސް ނަޝީދު ވިދާޅުވީ ރިލްވާން މަރާލުމުގައި އުޅުނު މީހުންނާއި، އެހީތެރިވެ ބާރުއެޅި މީހުން ހޯދާ ހައްގު އަދަބު ދޭނެ ކަމަށެވެ.

ރައީސް ނަޝީދު ވިދާޅުވީ ރިލްވާން އަދި ރިލްވާންގެ އާއިލާއަށް އިންސާފު ހޯދައިދިނުމަށް ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރާނެ ކަމަށާއި، ރައްޔިތުންގެ މަޖިލިސް އެކީ އޮތީ އެއާއިލާއެކު ކަމަށެވެ.

Advertisement

ރިލްވާންގެ އާއިލާގެ ފަރާތުން މިބައްދަލުވުމުގައި ބައިވެރިވީ ރިލްވާންގެ އެއްބަޑު އެއްބަފާ ދައްތަ ޝެހެނާޒް އާދަމްއެވެ.

ރިލްވާންގެ އާއިލާއާ ރައީސް ނަޝީދު ހޯމަ ދުވަހު ބައްދަލުކުރައްވާފައިވާއިރު މިމައްސަލައިގައި ޝާމިލްވާ މީހުންގެ މައްޗަށް ދައުވާ ކުރުން އަވަސްކޮށް ދިނުމަށް އެމަނިކުފާނުވަނީ ގޮވާލައްވާފައެވެ.

ނޫސްވެރިޔާ އަހުމަދު ރިލްވާން ގެއްލިފައިވަނީ 2014 ވަނަ އަހަރުގެ އޮގަސްޓު މަހުގެ 8 ވަނަ ދުވަހުގައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް