Advertisement
ކ. މާލެ
|
2 ސެޕްޓެންބަރ 2019 | ހޯމަ 10:45
މީގެ ކުރިން ރ.އަތޮޅުގައި ބޭއްވި ޤުރުއާން މުބާރާތެއްގެ ތެރެއިން
މީގެ ކުރިން ރ.އަތޮޅުގައި ބޭއްވި ޤުރުއާން މުބާރާތެއްގެ ތެރެއިން
ފޭސްބުކް
ރ.އަތޮޅު
ރ.އަތޮޅުގެ ޤުރުއާން މުބާރާތް ނޮވެންބަރު މަހު ބާއްވަން ނިންމައިފި
މުބާރާތް ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރ މަހުގެ 15 ން 20 އަށް
މުބާރާތުގައި ބައިވެރިވުމަށް މިމަހުގެ 19ގެ ކުރިން ފޯމް ހުށަހަޅަންޖެހޭ

ރ.އަތޮޅުގެ ޤުރުއާން މުބާރާތް ނޮވެންބަރު މަހު ބާއްވަން ނިންމައިފިއެވެ.

އުނގޫފާރު ކައުންސިލުން ބުނީ އެރަށުގައި ބޭއްވުމަށް ހަމަޖެހިފައިވާ އަތޮޅު ޤުރުއާން މުބާރާތް ބޭއްވުމަށް ހަމަޖެހިފައިވަނީ މިއަހަރުގެ ނޮވެމްބަރ މަހުގެ 15 ން 20 އަށް ކަމަށެވެ.

ކައުންސިލުން ބުނީ މިމުބާރާތުގައި ބައިވެރިވުމަށް ޝައުގުވެރިވާ ފަރާތްތަކުން 19 ސެޕްޓެމްބަރ 2019 ވަނަ ދުވަހުގެ 14.00 ގެ ކުރިން އަތޮޅު ޤުރުއާން މުބާރާތުގައި ބައިވެރިވުމަށް އެދޭ ފޯމް ފުރުމަށް ފަހު ކައުންސިލް އިދާރާއަށް ހުށަހެޅުމަށް އެދޭ ކަމަށެވެ.

Advertisement

މުބާރާތުގައި ބައިވެރިވުމަށް އެދޭ ފޯމް ދޫކުރުމާއި ބަލައިގަތުމަށް ހަމަޖެހިފައިވަނީ ރަސްމީ ކޮންމެ ދުވަހެއްގެ ހެނދުނު 9:00 ން 13:00 އަށް ކަމަށް ކައުންސިލުން މައުލޫމާތުދެއެވެ.

މީގެ އިތުރުން ކައުންސިލުން ބުނީ މިމުބާރާތުގައި ސްކޫލްތަކުގެ ފޮތުން ކިޔެވުމުގެ ބައިން 5 ބައިވެރިން، ހިތުން ކިޔެވުމުގެ ބައިން 5 ބައިވެރިން، އާއްމު ބައިން ފޮތުން ކިޔެވުމުން 3 ބައިވެރިން، ހިތުން ކިޔެވުމުގެ ބައިން 3 ބައިވެރިން އަދި ޙާފިޘުންގެ ބައިން 1 ބައިވެރިން ބައިވެރި ވެވޭގޮތަށް އަތޮޅު ޤުރުއާން މުބާރާތުގެ ޤަވާއިދަށް ބަދަލުގެނެވިފައިވާ ކަމަށެވެ.

ކައުންސިލުން ބުނީ މިމުބާރާތުގައި ބައިވެރިވުމަށް އެދި ހުށަހަޅާ ފަރާތްތަކުގެ މެދުގައި އޮޑިޝަނެއް ބާއްވާނެ ކަމަށާއި، އެންމެ ރަގަޅު ބައިވެރިން ނަގާ އަތޮޅު މުބާރާތަށް ފޮނުވުމަށް ކައުންސިލުން ނިންމާފައިވާ ކަމަށެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް