Advertisement
ކ. މާލެ
|
2 ސެޕްޓެންބަރ 2019 | ހޯމަ 08:55
ރަނިލް ރާއްޖެ ވަޑައިގަތުން
ރަނިލް ރާއްޖެ ވަޑައިގަތުން
ޕްރެޒިޓެންޑް އިލެކްޓް
ސްރީލަންކާ
ރަނިލް ރާއްޖެ ވަޑައިގެންފި
ރަނިލް ރާއްޖެ ވަޑައިގެންފައިވަނީ މިއަދު
އިންޑިއަން އޯޝަން ކޮންފަރެންސް ގައި ބައިވެރިވެވަޑައިގަންނަވާނެ
މިއީ ރައީސްގެ ދައުވަތަކަށް ކުރައްވާ ދަތުރުފުޅެއް

ސްރީލަންކާގެ ބޮޑުވަޒީރު ރަނިލް ވިކްރަމަސިންހަ ރާއްޖެ ވަޑައިގެންފިއެވެ.

ރަނިލް ރާއްޖެ އަށް ކުރައްވާ ދަތުރުފުޅަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ދައުވަތަކަށް ކުރައްވާ ދަތުރުފުޅެކެވެ. އެމަނިކުފާނުގެ މިދަތުރުފުޅުގައި އަނބިކަނބަލުން ޕްރޮފެސަރ މައިތިރީ ވިކްރަމަސިންހަ އާއި އެ ގައުއުމުގެ މަތީ ފެންވަރުގެ ވަފުދެއް ވަނީ ބައިވެރިވެ ވަޑައިގަންނަވާފައެވެ.

Advertisement

ދަތުރުފުޅުގައި ސްރީލަންކާ އާއި ރާއްޖެއާ ދެމެދު މުހިއްމު އެއްބަސްވުންތަކެއްގައި ސޮއިކުރަައްވާ ގޮތަށް ވަނީ ހަމަޖެހިފައެވެ. އޭގެ ތެރޭގައި ވިސާގެ ލުއިތަކެއް ލިބިދޭ އެމްއޯޔޫ އަކާއި، އިޖްތިމާއި ރައްކާތެރިކަމުގެ އެމްއޯޔޫ އެއްގެ އިތުރުން ޒުވާނުންގެ ތަރައްގީގެ އެމްއޯޔޫ އެއްގައި ސޮއިކުރުމަށް ވަނީ ހަމަޖެހިފައެވެ.

ރަނިލް ހޯމަ ދުވަހު ރާއްޖެ ވަޑައިގެންފައިވާއިރު މަޖިލީހުގައި ތަގުރީރު ކުރެއްވުމަށް ހަމަޖެހިފައިވަނީ ސެޕްޓެމްބަރު މަހުގެ ތިން ވަނަ ދުވަހުގެ ހެނދުނު 9:30 ގައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް