Advertisement
ކ. މާލެ
|
2 ސެޕްޓެންބަރ 2019 | ހޯމަ 09:06
މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު
މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު
މަޖިލިސް
ރައީސް ނަޝީދު
ބަޖެޓު އެކުލެވިގެންދާއިރު ދެމެހެއްޓިނިވި ތަރައްގީގެ ލަނޑުދަނޑިތަކަށް ވާސިލް ވުމަށް ސަރުކާރުގައި އެދޭނެ
ކާމިޔާބު ސިޔާސަތުތަކެއް އެކުލަވާލެވިގެންދަނީ ކޮން ބާވަތެއްގެ ގާނޫނުތަކެެއް ފާސްވެގެން އައުމުން ކަން އެނގިގެންދާނެ ކަމަށް
އެންމެ މުހިއްމު ނަތީޖާއަކީ ދިވެހި ރައްޔިތުންގެ މަޖިލީހަށް ހުށަހެޅޭ ބިލްތަކާއި މައްސަލަތައް ދެމެހެއްޓެނިމި ތަރައްގީގެ އަމާޒުތަކަށް ބިނާވުން މުހިއްމުކަމަށް
ބާރުއެޅިގެންދާނީ ރަނގަޅުގޮތުގައި ވެރިކަން ކުރުމަށް ބޭނުންވާ ގާނޫނު އަސާސީތަކާއި އޮނިގަނޑުތައް ދެނެގަތުމަށް

ބަޖެޓު އެކުލެވިގެންދާއިރު ދެމެހެއްޓެނިވި ތަރައްގީގެ ލަނޑުދަނޑިތަކަށް ވާސިލް ވުމަށް މަޖިލީހުގެ ފަރާތުން ސަރުކާރުގައި އެދޭނެ ކަމަށް މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ރައީސް ނަޝީދު ނޫސްވެރިންނަށް އާދީއްތަ ދުވަހުގެ ރޭ މައުލޫމާތު ދެއްވަމުން ވިދާޅުވީ މި ސަމިޓުގައި ބައިވެރިވާ ގައުމުތަކުގެ މެދުގައި މަޝްވަރާ ކުރެވެމުން ދަނީ ދެމެހެއްޓެނިވި ތަރައްގީގެ ލަޑުދަނޑިތަކާއި ގުޅިގެން ކަމަށެވެ. އަދި އެކި ގައުމުތަކުން ކަންކުރާ ގޮތް އެނގިގެންދާނެ ކަމަށާއި ކާމިޔާބު ސިޔާސަތުތަކެއް އެކުލަވާލެވިގެންދަނީ ކޮން ބާވަތެއްގެ ގާނޫނުތަކެެއް ފާސްވެގެން އައުމުންކަން މި ތަޖުރިބާއިން އެނގިގެންދާނެ ކަމަށް ވެސް ވިދާޅުވިއެވެ.

އަދި އެންމެ ބޮޑަށް މި ސަމިޓުގައި ބާރުއެޅުގެންދާނީ ރަނގަޅުގޮތުގައި ވެރިކަން ކުރުމަށް ބޭނުންވާ ގާނޫނު އަސާސީތަކާއި އޮނިގަނޑުތައް ދެނެގަނެ، އެ އޮނިގަނޑުތައް ފާސްވެގެންދިއުން ކަމުގައި ރައީސް ނަޝީދު ވިދާޅުވިއެވެ.

Advertisement

ސަމިޓްގައި މަޝްވަރާކުރެވެނީ ދެމެހެއްޓެނިވި ތަރައްޤީއަށް ޤައުމުތަކުން ކުރެވިދާނެ މަސައްކަތްތަކާއި ގުޅޭ ގޮތުންނެވެ. އަދި ވަޒީފާގެ މާހައުލުގައި ދެ ޖިންސުގެ ހަމަހަމަކަމުގެ މައްޗަށާއި، ޒުވާނުން ވަޒީފާގެ މާހައުލަށް އަހުލުވެރިކުރުވުމާއި، ފުރާވަރުގެ ކުދިންނަށް ރަނގަޅު ކާނާ ދިނުމާއި، ތިމާވެއްޓަށް ލިބެމުން އަންނަ ގެއްލުންތައް ފަދަ މައްސަލަތައް ހިމެނެއެވެ.

އިންޓަރޕާލަމެންޓްރީ ޔޫނިއަން އިސް ނަގައިގެން ބާއްވަމުން އަންނަ ސައުތު އޭޝިޔަން ސްޕީކާރސް ސަމިޓްގެ ފުރަތަމަ ސަމިޓް ބާއްވާފައިވަނީ 2016 ވަނަ އަހަރު ބަންގްލަދޭޝްގެ ވެރިރަށް ޑާކާގައެވެ. މިދިޔަ އަހަރުގެ ސަމިޓް ބާއްވާފައިވަނީ 2018 ވަނަ ސްރީލަންކާގައެވެ. ސާރކްގައި ހިމެނޭ ޤައުމުތަކަކީ އަފްޣާނިސްތާން، ބޫޓާން، ނޭޕާލް، ބަންގްލަދޭޝް، އިންޑިޔާ، ސްރީލަންކާ، ދިވެހިރާއްޖެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް