Advertisement
ކ. މާލެ
|
1 ސެޕްޓެންބަރ 2019 | އާދީއްތަ 18:01
މަޖިލީހުގެ މާލި ކޮމިޓީގައި އަލީ ހާޝިމް
މަޖިލީހުގެ މާލި ކޮމިޓީގައި އަލީ ހާޝިމް
ރައްޔިތުންގެ މަޖިލިސް
މާލިއްޔަތު ކޮމިޓީ
ހާޝިމް ގަވަރުނަރު ކަމަށް އައްޔަން ކުރުމަށް ކޮމިޓީން ރުހުން ދީފި
ނަން ފޮނުއްވާފައިވަނީ ރައީސް ސޯލިހު
ފާސްކޮށްފައިވަނީ އެންމެންގެ އިއްތިފާގުން
ފިނޭންސް މިނިސްޓަރު ކަމުގެ މަގާމު އަދާކުރެއްވި

ހުސްވެފައިވާ ދިވެހިރާއްޖޭގެ މަރުކަޒީ ބޭންކް (އެމްއެމްއޭ) ގެ ގަވަރުނަރު ކަމަށް އަލީ ހާޝީމް އައްޔަން ކުރުމަށް ފެންނަ ކަމަށް ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމީޓީން ފާސްކޮށްފިއެވެ.

އާދިއްތަ ދުވަހު ބޭއްވި މާލިއްޔަތު ކޮމިޓީ އަށް ހާޝިމް ވަނީ ހާޒިރު ކޮށްފައެވެ. އޭނާއާ ސުވާލު ކުރެއްވުމަށް ފަހު ގަވަރުނަރުކަމުގެ މަގާމަށް އައްޔަން ކުރުމަށް ކޮމިޓީގެ ހުރިހާ މެމްބަރުންގެ އިއްތިފާގުން ފާސްކޮށް ތަޅުމަށް ރިޕޯޓް ހުށައެޅުމަށް ވަނީ ނިންމާފައެވެ.

ހާޝިމްގެ ނަން ދިރާސާ ކުރުމަށް، ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު މާލިއްޔަތު ކޮމިޓީއަށް ފޮނުއްވާފައިވަނީ ނިމިގެންދިޔަ ހަފްތާގައެެވެ.

Advertisement

އޭނާ އަކީ މީގެ ކުރިން ރައީސް ނަޝީދުގެ ވެރިކަމުގައި ފިނޭންސް މިނިސްޓަރު ކަމުގެ މަގާމު ފުރުއްވާފައިވާ ބޭފުޅެކެވެ. އެމްއެމްއޭއަށް ގަވަރުނަރު ކަމުގެ މަގާމު ހުސްކޮށް އޮންނަތާ މަހަކަށް ވުރެ ގިނަ ދުވަސް ވެއްޖެއެވެ.

އައު ގަވަރުނަރަލު އައްޔަން ކުރުމަށް ނަން ފޮނުވާފައިވަނީ ކުރިން އެ މަގާމުގައި ހުންނެވި އަލީ ނަސީރު ޖުލައި މަހު އިސްތިއުފާ ދެއްވުމާއި ގުޅިގެންނެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އަމަން ހަލީމް
- ކޮމެންޓް