Advertisement
ކ. މާލެ
|
1 ސެޕްޓެންބަރ 2019 | އާދީއްތަ 12:05
ސުޕްރީމް ކޯޓު
ސުޕްރީމް ކޯޓު
ސުޕްރީމް ކޯޓު
ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް ހުޅުވާލި މުއްދަތު މިމަހުގެ ފަހަކަށް އިތުރުކޮށްފި
އެމަގާމަށް ފުރުސަތު ހުޅުވާލީ އާދީއްތަ ދުވަހުގެ 12:00އަށް

ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަބްދުﷲ ދީދީ ފަނޑިޔާރުކަމުން ވަކިކުރުމާއި ގުޅިގެން އެމަގާމަށް ފަނޑިޔާރަކު ހޮވުމަށް ޖުޑީޝަލް ސަރވިސް ކޮމިޝަން(ޖޭއެސްސީ)އިން ކުރި އިއުލާނުގެ މުއްދަތު މިމަހުގެ ފަހަކަށް އިތުރު ކޮށްފިއެވެ.

ޖޭއެސްސީގެ އިއުލާނުގައި ބުނެފައިވަނީ ބުރާސްފަތި ދުވަހުން ފެށިގެން ބުރާސްފަތި ދުވަހުގެ 12:00އަށް ފަނޑިޔާރު ކަމުގެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ. ކުރިން އެމަގާމަށް ފުރުސަތު ހުޅުވާލީ އާދީއްތަ ދުވަހުގެ 12:00އަށެވެ.

Advertisement

ޤާނޫނު އަސާސީގެ 148 ވަަނަ މާއްދާގެ (ހ) ގެ ބުނެފައިވާ ގޮތުން ސުޕްރީމް ކޯޓުގެ އެންމެހާ ފަނޑިޔާރުން އައްޔަންކުރާނީ ދައުލަތުގެ އެންމެ އިސްވެރިޔާގެ ހައިސިއްޔަތުން ރައީސުލްޖުމްހޫރިއްޔާ ކަމަށެވެ. މިގޮތުން ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމުގެ މަގާމަށް އައްޔަންކުރާ މީހުން ކަނޑައަޅާނީ ޖުޑީޝަލް ސަރވިސް ކޮމިޝަންގެ މަޝްވަރާގެ މަތިން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމަށް ފަހު، ޖަލްސާއަށް ހާޒިރުވެ ވޯޓުގައި ބައިވެރިވި މެންބަރުންގެ އަގުލަބިއްޔަތުން އެ ނަންތަކެއް ފާސްވުމުން ކަމަށް ބުނެފައިވެއެވެ. އަދި މަޖިލީހުގެ ރުހުން ހޯދުމަށް ފޮނުވާ ބޭފުޅުންނަށް މަޖިލީހުން ރުހުން ދިނުމުން އެބޭފުޅުން ހަތް ދުވަހުގެ ތެރޭގައި ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް އައްޔަންކުރަން ޖެހެ އެވެ.

އެ އިއުލާނުގައި ބުނެފައިވަނީ ސުޕްރީމް ކޯޓުގައި ހުސްވެފައިވާ މަގާމަށް ރައީސަށް ލަފާދެއްވަން އެދިވަޑައިގެންފައިވާތީ ފަނޑިޔާރުކަމުގެ މަގާމަށް ކުރިމަތިލެއްވުމަށް އެދޭ ފަރާތްތަކަށް އެ ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް