Advertisement
ކ. މާލެ
|
1 ސެޕްޓެންބަރ 2019 | އާދީއްތަ 10:35
ޕާކްކޮށްފައި ހުރި ވެހިކަލް ތަކެއް. ވަގަށް ވެހިކަލް އެތެރެކުރާ މައްސަލަ ތަހުގީގުކުރަމުންދާ ކަމަށް ކަސްޓަމްސް އިން ބުނޭ
ޕާކްކޮށްފައި ހުރި ވެހިކަލް ތަކެއް. ވަގަށް ވެހިކަލް އެތެރެކުރާ މައްސަލަ ތަހުގީގުކުރަމުންދާ ކަމަށް ކަސްޓަމްސް އިން ބުނޭ
ޝުއައިބް މުހައްމަދު އިގްބާލް
މޯލްޑިވްސް ކަސްޓަމްސް ސަރވިސް
ވަގަށް ވެހިކަލް އެތެރެކުރާ މައްސަލަ ތަހުގީގުކުރަނީ
ވަގަށް އެތެރެކުރި 21 އުޅަނދެއް ވަނީ ހިފަހައްޓާފައި

ރާއްޖެއަށް ވަގަށް އެތެރެކޮށްފައިވާ ކަމަށް ތުހުމަތުކުރެވޭ ވެހިކަލްތަކެއް އަތުލައިގަނެ އެ މައްސަލަތައް ކަމާބެހޭ އިދާރާތަކާއި ގުޅިގެން ތަހުގީގު ކުރަމުންދާ ކަމަށް ކަސްޓަމްސްއިން ބުނެފިއެވެ.

Advertisement

ކޮމިޝަނާ ޖެނެރަލް އޮފް ކަސްޓަމްސް އަހުމަދު ނުއުމާން ވިދާޅުވީ އެ މައްސަލައިގެ ތަހުގީގު ކުރިއަށްދާ ކަމަށާއި އެކަމުގެ މައުލޫމާތު ސިއްރު ނުކުރައްވާނެ ކަމަށެވެ.

ކަސްޓަމްސްއާ މޯލްޑިވްސް ޕޮލިސް ސަރވިސް ގުޅިގެން ހިންގުނު އޮޕަރޭޝަނުން މިހާތަނަށް ވަގަށް އެތެރެކުރި 21 އުޅަނދެއް ވަނީ ހިފަހައްޓާފައެވެ. އޭގެ ތެރޭގައި ހިމެނެނީ 3 ކާރު، 2 ޕިކަޕް، 2 ވޭން އަދި 14 ސައިކަލު ކަމަށް ކަސްޓަމްސްއިން ބުނެއެވެ.

މިވެހިކަލްތަކުގެ ޖުމްލަ ސީ.އެންޑް.އެފް އަގު 586،000 (ފަސްލައްކަ އަށްޑިހަ ހަހާސް) ރުފިޔާއަށް އަންދާޒާ ކުރެވޭއިރު މިތަކެތީގެ އިމްޕޯޓު ޑިއުޓީގެ ގޮތުގައި ދައުލަތަށް 558،000 (ފަސްލައްކަ ފަންސާސްއަށް) ރުފިޔާ ލިބެންޖެހޭނެ ކަމަށް އަންދާޒާ ކުރެވޭ ކަމަށް ކަސްޓަމްސްއިން ވަނީ ބުނެފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް