މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ ޒުވާނުންގެ ހިތްވަރުގެ ފަރާތުން އެޕާޓީގެ ޤައުމީ މަޖިލީހަށް ހުށަހަޅާނެ ޤަރާރެއް ފާސްކޮށްފިއެވެ.
އެމްޑީޕީގެ ފުރަތަމަ ޔޫތް ކޮންގްރެސް ނިންމާލުމަށް ފަހު ކޮންގްރެސްއާއި ގުޅޭގޮތުން ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ޕާޓީގެ ޒުވާނުންގެ ހިތްވަރުގެ ރައީސް މީކާއިލް ނަސީމް ވިދާޅުވީ އެ ޤަރާރުގައި ބަޔާންކުރާގޮތުން ޕާޓީގެ އެތެރޭގެ އިންތިޚާބު ތަކުގައި ވާދަ ކުރުމުގެ ފުރުސަތު އޮންނަންވާނީ އެއިންތިޚާބެއް އޮންނަ ތާރީޚެއް ފެށެން މަދުވެގެން ހަމަސް ދުވަސް ކުރިން ޕާޓީގެ ދަފްތަރުގައި އޮންނަ މީހަކަށް އެކަނި ކަމަށެވެ.
ބަހުސްމަރުހަލާގައި ގިނަ އަދަދެއްގެ ކޮންގްރެސްމަނުން ފާހަގަ ކުރެއްވި އެހެން ޕާޓިތަކުގައި ތިއްބަވާފައި ފަހު މިނެޓްގައި ޕާޓީއާއި ގުޅިވަޑައިގެން ބައެއް ބޭފުޅުން ޕާޓީގެ ޓިކެޓް ކާމިޔާބު ކުރައްވަން މަސައްކަތް ކުރައްވާ ކަން. އެކަމާއި ގުޅިގެން ޕާޓީގެ ތެރޭގައި އުފެދިގެން އަންނަ އެކިއެކި މައްސަލަތައްޒުވާނުންގެ ހިތްވަރުގެ ރައީސް މީކާއިލް ނަސީމް
އަދި މިގަރާރު ފާސްވެފައިވަނީ ގަރާރަށް ވޯޓަށް އެހުމުން ތިބި ހުރިހާ މެމްބަރުންގެ އަޣުލަބިއްޔަތުން ކަންވެސް މީކާއިލް ފާހަގަ ކުރެއްވިއެވެ.
މީކާއިލް ވިދާޅުވީ ކޮންގެރެސްގައި މައިގަނޑު އެޖެންޑާ އައިޓަމެއްގެ ގޮތުން ކުރެވުނު ކަމަކީ ޕާޓީގެ ޒުވާނުންގެ ހިތްވަރުގެ ހިންގާ ޤަވާއިދު ފާސްކުރުން ކަމަށެވެ.
ހިންގާ ޤަވާއިދަށް ދިހައަކަށް ވުރެ ގިނަ އިސްލާހު ހުށަހެޅިފައިވާއިރު، އިސްލާހުތައް ބަލައިގެންއިރު އިސްލާހުތަކާއި ގުޅިގެން ތަފާތު ޚިޔާލު ތަފާތުވުންތަކެއް އުފެދުނު ކަމަށް މިކާއިލް ވިދާޅުވިއެވެ.
ނަމަވެސް ކޮންގްރެސް ނިންމާލިއިރު ހުރިހާ ކޮންގްރެސް މަނުން ވެސް ހަމަ ވަރަށް ހިނިތުންވެ ވަރަށް އެކަހެރިމާހައުލެއްގައި ކޮންގްރެސްގެ ހުރިހާ ކަމެއް ވެސް ނިންމާލައިގެންދިޔަކަން އޭނާ ވަނީ ފާހަގަ ކުރައްވާފައެވެ.
މި ކޮންކްރެސް އަކީ ވަރަށް ކާމިޔާބު ވަރަށް އުފާވެރި ވަރަށް ތާރީޚީ ކޮންގްރެސް އެއް ކަމަށް މީކާއިލް ވިދާޅުވިއެވެ.