Advertisement
ކ. މާލެ
|
31 އޯގަސްޓް 2019 | ހޮނިހިރު 18:02
ވެމްކޯގެ މުއައްޒަފަކު ކުނި އުކާލުމުގައި ހަރަކާތްތެރިވަނީ
ވެމްކޯގެ މުއައްޒަފަކު ކުނި އުކާލުމުގައި ހަރަކާތްތެރިވަނީ
އަޝްވާ ފަހީމް
އަނިޔާކުރުން
ވެމްކޯގެ މުވައްޒަފަކަށް އަނިޔާކުރާ ވީޑިއޯއެއް އާންމުވެއްޖެ
އަނިޔާ ކުރަނީ ހޮޅިދަނޑިއަކުން
އަނިޔާ ރައްދުވާ ފަރާތަކީ މެދު އުމުރުގެ ފިރިހެން މުވައްޒިފެއް

މާލޭ ސިޓީ މަގުމަތީގައި ވެމްކޯގެ މުވައްޒަފަކަށް އަނިޔާކުރާ ވީޑިއޯއެއް އާންމުވެއްޖެއެވެ.

ޓްވިޓާގައި މީހަކު އާންމުކޮށްފައިވާ ޓްވީޓެއްގައިވާ ވީޑިއޯއަކުން ފެންނަ ގޮތުގައި އާންމު ރައްޔިތަކު، ޕީވީސީ ހޮޅިއަކުން ވެމްކޯގެ މުވައްޒިފެއްގެ ގައިގައި ތަޅާ އަނިޔާކުރެއެވެ.

Advertisement

އަނިޔާ ރައްދުވާ ފަރާތަކީ މެދު އުމުރުގެ ފިރިހެން މުވައްޒިފެކެވެ. އަދި އޭނާ ދިފާއުވުމުގެ ގޮތުން، ހަމަލާދޭ ޒުވާން ފިރިހެނާއާ ދިމާލަށް ދާ މަންޒަރު ފެނެއެވެ. ނަމަވެސް އަނެއްކާވެސް ވެމްކޯގެ މީހާގެ ބޮލުގަޔާއި ގައިގައި ތަޅާ އަނިޔާކުރާ މަންޒަރު ވެސް ވީޑިއޯއިން ފެނެއެވެ.

މި ވީޑިއޯގައި ހަމަލާދޭ މީހާގެ އެއްވެސް މައުލޫމާތެއް ލިބިއްޖެނަމަ ފުލުހުންނަށް ރިޕޯޓުކުރުމަށް ޓްވީޓް ކުރި ފަރާތުން އެދިފައިވެއެވެ.

ވެމްކޯގެ މުވައްޒަފުންނަށް ފުރައްސާރަކުރުމަކީ ރާއްޖޭގައި ވަރަށް އާންމުވެފައިވާ ކަމެއްކަން ފާހަގަކޮށްލެވެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އަމަން ހަލީމް
- ކޮމެންޓް