Advertisement
ކ. މާލެ
|
31 އޯގަސްޓް 2019 | ހޮނިހިރު 20:17
މިނިސްޓްރީގައި ކުރިއަށް ދިޔަ ބައްދަލުވުމުގެ ތެރެއިން
މިނިސްޓްރީގައި ކުރިއަށް ދިޔަ ބައްދަލުވުމުގެ ތެރެއިން
މިނިސްޓްރީ އޮފް ޔޫތް، ސްޕޯޓްސް އެންޑް އެމްޕަވަރމެންޓް
މިނިސްޓްރީ އޮފް ޔޫތް، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އ
މަހްލޫފް ރޭސިންގ އެސޯސިއޭޝަނާ ބައްދަލު ކުރައްވައިފި
ޔޫތް މިނިސްޓަރ މަހްލޫފް ވަނީ ރޭސިންގް ކުރިއެރުވުމަށް ކުރެވެން ހުރި ކަންކަން ބަލާނެ ކަމަށް ވިދާޅުވެފައި

ޔޫތް މިނިސްޓަރ މަހްލޫފް ރޭސިންގ އެސޯސިއޭޝަންގެ ޗެއާމަން އާއި ސެކެރެޓަރީ ޖެނެރަލް އާއި ބައްދަލު ކުރައްވައިފިއެވެ.

ޔޫތް މިނިސްޓަރީގައި ހޮނިހރު ދުވަހު އޮތް ބައްދަލުވުމުގައި މިނިސްޓަރ މަހްލޫފް ވަނީ މޯލްޑިވްސް މޮޓޯ ރޭސިންގ އެސޯސިއޭޝަންގެ ޗެއާމަން އާއި ސެކެރެޓަރީ ޖެނެރަލްގެ އިތުރުން ސްރީލަނަކާގައި އޮންނަ މުބާރާތުގައި ވާދަކުރާ ރާއްޖޭގެ ރައިޑަރުންނާއި ބައްދަލުކުރައްވައިފައެވެ.

މިނިސްޓްރީގައި އޮތް މި ބައްދަލުވުމުގައި މިނިސްޓަރ މަހްލޫފް ވަނީ ލަންކާގެ މުބާރާތުގައި ވާދަކުރާ ދިވެހި ރައިޑަރުންނާއި ބައްދަލު ކުރައްވާ މުބާރާތުން ރަނގަޅު ކާމިޔާބީ އެއް ހޯދުމަށް އެދިލައްވައިފައެވެ.

Advertisement

ރޭސިންގ އަކީ ރާއްޖޭގައި ކުރިއަރަމުން އަންނަ ކުޅިވަރެކެވެ. ރާއްޖޭގެ ރައިޑަރުން ވަނީ މިހާތަނަށް ބައިވެރިވި މުބާރާތްތަކުން ރަން، ރިހި އަދި ލޯ މެޑަލް ހާސިލް ކޮށްފައެވެ.

ލަންކާގައި ބޭއްވޭ މުބާރާތުގައި ވާދަކުރާ ދިވެހި ރައިޑަރުގެ އަމަޒަކީ ރާއްޖެއައް ރީތި ނަން ހޯދައި ދިނުން ކަމަށް ރޭސިންގ އެސޯސިއޭޝަނުން ބުނެއެވެ.

ރާއްޖޭގައި މިހާރު 200 އަށްވުރެ ގިނަ ރައިޑަރުން ތިބިއިރު މި ރައިޑަރުންގެ އުންމީދަކީ ރާއްޖެއިން ބޭރުގައި ރާއްޖެ ތަމްސީލުކޮށް ރީތިނަން ހޯދައި ދިނުމެވެ. ރާއްޖޭގައި މިވަގުތު 5 ރޭސިންގ ކްލަބް އޮތް އިރު 13 ރޭސިންގ ޓީމު އޮވެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އަމަން ހަލީމް
- ކޮމެންޓް