Advertisement
ކ. މާލެ
|
31 އޯގަސްޓް 2019 | ހޮނިހިރު 08:08
އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއީލް
އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއީލް
ރާއްޖެ އެމްވީ
މިނިމަމް ވޭޖް
މިނިމަމް ވޭޖް ކަނޑައެޅުމުގެ މަސައްކަތްތައް އަންނަ އަހަރުގެ ކުރީކޮޅު ނިމޭނެ ކަމަށް އުއްމީދު ކުރަން : މިނިސްޓަރ ފައްޔާޒު
ސަރުކާރުން ބަލަން ބޭނުންވާ، އަދި ދިރާސާ ކުރަން ޖެހޭ ގިނަ ކަންތައްތަކެއް އެބަހުރި ކަމަށް ވިދާޅުވި
ދިރާސާ ކުރުމަށް އިންޓަނޭޝަނަލް ލޭބަރ އޯގަނައިޒޭޝަން (އައިއެލްއޯ) އާއި އެކު މަޝްވަރާ ކުރެވެމުން ދާކަމަށް ވިދާޅުވި

އެންމެ ކުޑަ އުޖޫރަ ނުވަތަ "މިނިމަމް ވޭޖް" ކަނޑައެޅުމުގެ މަސައްކަތްތައް އަންނަ އަހަރުގެ ކުރީކޮޅު ނިމޭނެ ކަމަށް އުއްމީދު ކުރައްވާ ކަމަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއީލް ވިދާޅުވެއްޖެއެވެ.

Advertisement

މިނިސްޓަރ މިހެން ވިދާޅުވީ، ހުކުރު ދުވަހުގެ ރޭ އޮތް އެމްޑީޕީގެ ޕްރީ ކޮންގްރެސް ވޯކްޝޮޕްގައި ކުރެވުނު ސުވާލަކަށް ޖަވާބުދެއްވަމުންނެވެ.

އަޅުގަނޑުމެންނަށް ސުވާލު އެބަ އާދޭ ކީއްވެހޭ މާދަމާއިން މާދަމާއަށް ވެސް އެންމެ ކުޑަ އުޖޫރަ ކަނޑަނޭޅެނީ؟ އަޅުގަނޑުމެންނަށް ކަނޑައެޅިދާނެ އެހެން ވެސް އިނގޭތޯ؟ އެހެން ނަމަވެސް އެއީ މުޅި ދިވެހިރާއްޖޭގެ އިގުތިސޯދަށާއި އަދި ހަމަ ވަޒީފާގެ ފުރުސަތުތަކަށް ވެސް އެންމެ ރަނގަޅުގޮތަށް އެކަން ނުކުރެވިއްޖެއްޔާ ވަޒީފާގެ ފުރުސަތުތަކަށް ވެސް ނުބައި އަސަރެއް ވެސް ކޮށްފާނެ ކަމެއް.
އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއީލް

ޕްރީ ކޮންގްރެސް ވޯކްޝޮޕްގައި ކުރިއަށް ގެންދިޔަ ޕެނަލް ޑިސްކަޝަންގައި ވާހަކަދައްކަވަމުން މިނިސްޓަރ ފައްޔާޒް ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުން ބޭނުންވާ ނަމަ މިހާރުވެސް އެންމެ ކުޑަ މުސާރަ ކަނޑައެޅިދާނެ ކަމަށެވެ.

ނަމަވެސް އެންމެ ކުޑަ އުޖޫރަ ކަނޑައެޅުމުގެ ކުރިން، ސަރުކާރުން ބަލަން ބޭނުންވާ، އަދި ދިރާސާ ކުރަން ޖެހޭ ގިނަ ކަންތައްތަކެއް އެބަހުރި ކަމަށްވެސް މިނިސްޓަރ ފާހަގަ ކުރެއްވިއެވެ. އަދި މިކަމާއި ގުޅިގެން ދިރާސާ ކުރުމަށް އިންޓަނޭޝަނަލް ލޭބަރ އޯގަނައިޒޭޝަން (އައިއެލްއޯ) އާއި އެކު މަޝްވަރާ ކުރެވެމުން ދާކަމަށް ވެސް ވިދާޅުވިއެވެ.

އެގޮތުން އެންމެ ކުޑަ އުޖޫރައެއް ކަނޑައަޅަން ރަނގަޅީ މުޅި ރާއްޖެއަށް އެއް "މިނިމަމް ވޭޖްއެއް" ތޯ ނުވަތަ އެކި ދާއިރާތަކަށް ތަފާތު "މިނިމަމް ވޭޖެއް" ތޯ ބަލަމުންދާ ކަމަށް ވެސް މިނިސްޓަރ ވިދާޅުވި އެވެ. މިނިސްޓަރ ވިދާޅުވީ މަޖިލީހުގެ މަޝްވަރާއާއި އެއްކޮށް އެ މަސައްކަތް ނިންމާލެވޭނެ ކަމަށެވެ.

މިނިމަމް ވޭޖް ނުވަތަ އެންމެ ކުޑަ އުޖޫރަ ކަނޑައެޅުމަކީ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގެ ކެމްޕޭނަށް އެމްޑީޕީން ހުށަހެޅި މެނިފެސްޓޯ "އެޖެންޑާ 19" ގައި ހިމެނޭ އެއްވައުދެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ލީވާން އަލީ
- ކޮމެންޓް
31 އޯގަސްޓް 2019 | ހޮނިހިރު 17:38
ބޭބެ
ރައީސުދެންނެވީޑިސެންބަމިމިނިސްޓަރުމިބުނަނީއަންނައަހަރުކުރީކޮޅުމުއްދަތެއްނެއެގިސައުވީސްޗާޖުވެސްނުވިހާާކޮމަޓީބުރައިޖެހިހޭވާާހޭވާގަމިތިބީ މިއީއިބުލީސްކައިވެނިއަށްވީތާ